ކެނެރީގޭގައި " އިންޑިއާ އައުޓް" ލިޔުނު މީހާ ޖަލަށް ލާން ހުކުމް ކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭ ބޭރު ފާރުގައި ”އިންޑިއާ އައުޓް“ ލިޔުނު މީހާ ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ކެނެރީގޭ ފާރުގައި އިނގިރޭސި އަކުރުން “އިންޑިއާ އައުޓް“ ޖެހީ މިދިޔަ މެއިމަހުގެ 31 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ މައްސަލައިއާއ ގުޅިގެން މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އުފުލައި ހުކުމް ކޮށްފައިވަނީ ނ.މިލަދޫ/ނޫއަލި އަބްދުއް ޔަޝްފައު އަށެވެ.

އޭނާ އަށް ކުރި ދައުވާއަށް ކޯޓުގައި އިއުތިރާފްވެފައިވާއިރު މި ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމުކެވެ. ނަމަވެސް ކުށަށް އޭނާ އިއުތިރާފް ވުމާއި ގުޅިގެން އޭނާގެ އަދަބު ލުއިކޮށް އެއްމަހާއި 24 ދުވަހުގެ ޖަލު ހުކުމެއްއިއްވީއެވެ.

އިންޑިއާސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުންފަށާފައިވާ “ އިންޑިއާ އައުޓް“ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.
އެގޮތުން އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާއާމެދު ނަފްރަތު އުފައްދަން ހިންގާ ހަރަކާތެއްކަމަށާ އެ ކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެ ރައީސް ރައީސް ސާލިހު ވަނީ މި ހަރަކާތާ ދެކޮޅަށް ރިޔާސީ ގަރާރެއްވެސް  ނެރުއްވާފައެވެ.





Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް