އެއްޖިންސްން ގުޅުން ހިންގި ކަމަށް ފުލުސް މީހާ އެއްބަސްވެއްޖެ

Loading

Facebook
Twitter
WhatsApp

އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއު ކޯޓުގައި އެއްބަސްވެއްޖެ އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރަމުން ދިޔަ އަބްދުއް ރަހުމާން ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބެލެވޭ ވީޑިއޯއެއް ލީކުވުމާއެކު އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.


އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ މިއަދު އިއްވުމާ އެކު އޭނާ ދައުވާއަށް އެއްބަސްވެފައިވާ ކަމަށެވެ.

އެހެންވެ މައްސަލަ ބައްލަވާ ގާޒީ ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހު އަބްދުއްރަހްމާނަށް ހުކުމް ކުރުމަށް ނިންމަވާފަ އެވެ.

ދައުލަތުން އަބްދުއްރަހްމާންގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން އަބްދުއްރަހްމާންގެ މައްޗަށް ސާބިތުވާ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފްވުމާ ގުޅިގެން އަދަބު ލުއިވާނެ އެވެ.

އަލަމްގީރްގެ މައްޗަށް ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އޭނާއާ އެކު ގުޅުން ހިންގި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދު ކުރުމަށް ކޯޓުން ކުރިން ނިންމާފައިވެ އެވެ. ނާޒިމް ވެސް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް