ޗައިނާއިން މާލެ ސިޓީ ކައުންސިލަށް ގިނަ އަދަދެއްގެ މަގު ބައްތި ހަދިޔާ ކޮށްފި

Loading

Facebook
Twitter
WhatsApp

ޗައިނާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ގިނަ އަދަދެއްގެ މަގު ބައްތި ހަދިޔާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގު ބައްތިތަކާ ރާއްޖޭގެ ފަރާތުން ހަވާލުވީ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ލައިޓްތައް ހަދިޔާކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލީ ޖިން އެވެ.

ސިޓީ ކައުންސިލުން ބުނީ ޗައިނާ ސަރުކާރުން 3000 މަގުބައްތި ހަދިޔާ ކޮށްފައިވާ ކަމަށާ މި ބައްތިތައް ވެގެންދާނީ  މާލޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ މަސައްކަތަށް ވަރަށް މުހިއްމު ތަކެތި ކަމަށެވެ.

މާލޭ މޭޔަރު ވިދާޅުވީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ބަދަލުނުކުރެވި ހުރި މަގުބައްތި ތައް އެބަހުރިކަމަށާ އެ ފަދަ ތަންތާގައި މި ލިބުނު މަގުބައްތިތައް ހަރުކުރެވޭނެކަމަށެވެ.


”މާލޭގައި ޒަމާންތަކެއް ވަންދެން ބަދަލުނުކުރެވި ހުރި މަގު ބައްތިތަކެއް އެބަހުރި. މިއަދު މިލިބުނު ލައިޓްތަކާ އެކު ޒަމާނަށް ފެތޭ އަލި ހެޔޮވަރު ލެޑު ލައިޓްތަކަކަށް ލައިޓްތައް ބަދަލުކުރެވޭނެ،“ މުއިއްޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މޭޔަރުވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދޭ އެހީތަށް ފާހަކޮށް އެކަމަށް ޗައިނާ އަށް ޝުކުރުއަދާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް