ރަޝިޔާއިން ފަލަސްތީނުގެ ސެކިއުރިޓީގެ ބާރުތަކާ ގުޅުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް އެ ގައުމުން ހާމަކޮށްފި

މޮސްކޯގެ ޑިފެންސް މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ވަނީ ފަލަސްތީނުގެ ސެކިއުރިޓީ ބާރުތަކާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ އަސްކަރީ އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމާމެދު މަޝްވަރާކޮށްފައެވެ. މިކަމާ ގުޅިގެއް އިތުރު ތަފްސީލެއް އެ ގައުމުން އަދި ހިއްސާކޮށްފައެއް ނުވެއެވެ. ރަޝިޔާއާއި ޔޫކްރޭނާއި ދެމެދު ކުރެވެމުންދާ ހަނގުރާމައާ ގުޅިގެން ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ރަސްމީ ދަތުރުފުޅެއްގައި ޔޫކްރޭނަށް މާދަމާ ޒިޔާރަތް ކުރައްވަން ވަނީ ތާވަލްކުރައްވާފައެވެ. […]
ރޫމީގެ ދެމަފިރިންނަށް މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާ، ޝަރީއަތް މާދަމާ ފަށަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ޝަރުތުތަކާއެކު ދޫކޮށްލި ޓިކްޓޮކްގެ ތަރި މަރިޔަމް ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމްގެ ޝަރީއަތް މާދަމާ ފަށާ ގޮތަށް ހަމަޖައްސައިފިއެވެ. ރޫމާގެ ދެމަފިރިންނަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ 1:30 ގައި ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ. ރޫމާ، 45، އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް 49، ހައްޔަރުކުރީ، މާލޭގައި އެ ދެ މީހުން ދިރިއުޅުނު ގެ، […]
ޝައިހް ނިޝާން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ބަލައިނުގަންނަން ހައިކޯޓުން ނިންމައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ. ޝައިހް ނިޝާން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ނިޝާން ބަންދުން ދޫކޮށްލީ، މިމަހުގެ ހަވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކުގައެވެ. ޝައިހް ނިޝާން ބަންދުން ދޫކޮށްލުމުން އެ އަމުރު އިސްތިއުނާފުކުރުމަށް […]
ބްރޯޑްކާސްޓް އެވޯޑުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބާއްވާ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ. އުރީދޫން ބުނި ގޮތުގައި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އެވޯޑުގެ ޑިޖިޓަލް ޕާޓުނަރަކަށް ވުމަކީ އެކުންފުންޏަށް ލިބުނު އުފަލެކެވެ. އުރީދޫން ބުނީ އެކުންފުނިން ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރުވާ، ފަންނީ ހުނަރުވެރިންނަށް ހިތްވަރު ދިނުމަށް ކަމަށެވެ. ބްރޯޑްކާސްޓިން އެވޯޑަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތައް އިތުރަށް ތަރައްގީކުރުމަށް ހިތްވަރު […]
މާބަނޑު ދުވަސްވަރު ނޭފަތުން ލޭއާދޭތަ؟ މިއޮތީ ހައްލު!

މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ ތަކުލީފު ބޮޑު ދުވަސްވަރެވެ. އެކިއެކި އުނދަގޫތައް އެ ދުވަސްވަރު ކުރިމަތިވެއެވެ. އެގޮތުން ނޭފަތުން ލޭއައުމަކީ ވަރަށް އާއްމުކޮށް ކުރިމަތިވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބަލިވެއިންނަ ކޮންމެ ފަސް އަންހެނުންގެ ތެރެއިން އެކަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. އާއްމު ގޮތެއްގައި ނޭފަތުން ލޭ އަންނަނީ ބަނޑަށް ހަަަތަރު މަހުގައެވެ. މާބަނޑު ދުވަސްވަރު ބަނޑުން ލޭ އައުމަކީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. އެއްވެސް ފަރުވާއަކާ ނުލައިވެސް އެކަން […]
ނަޝީދުގެ ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވަން ރައީސް އެދިލައްވައިފި

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ ގަރާރާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވައިފިއެވެ. ބަރުލަމާނީ ނިޒާމެއް ގެންނަން ގާނޫނުއަސާސީ އިސްލާހު ކުރުމަށާއި އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނަޝީދު ވަނީ ހުށަހަޅުއްވައިފައެވެ. އެކަމާ ގުޅޭ ގޮތުން ”ރާއްޖެ ޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ މިއީ ބަރުލަމާނީ ނިޒާމް ގެންނަން އެންމެ ރަނގަޅު […]
ތިލަމާލެ ބުރިޖުގެ ޕްލެޓްފޯމް ފަރަށް އަރައި ތިން މީހަކަށް އަނިޔާވެއްޖެ

މާލެ، ވިލިމާލެ، ތިލަފަޅު އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމެއް ފަރަށް އަރައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިއަދު ބުނީ ބްރިޖުގެ ޕްލެޓުފޯމެއް ފަރަށް އަރައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 14:35 ހާއިރު ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރި އެމީހުންނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ […]
ޗައިނާގެ ޖާސޫސީ ބޯޓު ސްރީލަންކާގައި ބަނދަރުކޮށްފި

އިންޑިއާއިން ހިތްހަމަ ނުޖެހުން ފާޅުކޮށް ހަފްތާއެއްހާދުވަހު ލަންކާގެ ކަނޑުގެ ސަރަޙައްދުގައި މަޑުކޮށްގެން ރަޙުމަތްތެރިކަމުގެ ޙައްލެއްހޯދުމަށް މަސައްކަތްކޮށް ލަންކާއިން ހުއްދަދިނުން ލަސްކުރަމުން ދިޔަ ޗައިނާގެ ރިސާރޗް ޝިޕް ޔުއާންގް ވާންގް 5 ސްރީލަންކާގެ ހަމްބަންޓޮޓާގައި ބަނދަރު ކޮށްފިއެވެ. އަދި ޗައިނާއިން ބިލްޓްކޮށް ހިންގާ އެބަނދަރުގައި މި އޯގަސްޓްމަހުގެ 22 ވަނަދުވަހާ ހަމަޔަށް އެ ބޯޓު އޮތުމުގެ ހުއްދަ ދީފައިވާ ކަމަށް މިއަދު ސްރީލަންކާގެ ޚާރިޖިއްޔާއިން ބުނެފިއެވެ. އެހެންނަމަވެސް އެއީ ސްރީލަންކާގެ ސަރަހައްދުގައި އޮވެގެން އެއްވެސް ބާވަތެއްގެ ރިސާޗެއް ނުކުރުން ޝަރުތު ކޮށްފައި ކަމަށްވެސް ސްރީލަންކާގެ ރަސްމީ ފަރާތުން މައުލޫމާތު ދީފައިވެއެވެ. އެއީ ޖާސޫސި ބޯޓެއް ކަމަށާއިޖާސޫސީ ހަރަކާތްތައް ހިންގާނެ ކަމަށް ބެލެވޭކަމުގައި މީގެ […]
އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ސީރިޔާގެ ތިން ސިފައިން މަރުވެއްޖެ

ސީރިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ދިން މިސައިލް ހަމަލާއެއްގައި އެ ގައުމުގެ ތިން ސިފައިން މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެއްޖެއެވެ. އެސްއޭއެންއޭ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މިސައިލް ހަމަލާތައް ދީފައިވަނީ ރޭގެ 8:50 ހާއިރުއެވެ. މި ހަމަލާ ދިފައިވަނީ ސީރިޔާގެ ވެރިރަށް ދަމާސްކަސްއަށާއި ޓާޓޮސްގެ ސަހަރަކަށެވެ. ސީރިޔާ ސިފައިން ވަނީ އިޒްރޭލުގެ މިސައިލް ހަމަލާތަކާއި ކުރިމަތިލާފައެވެ. މަރުވި ސިފައިން މަރުވެފައިވަނީ މި ކުރިމަތިލުންތަކުގެ ތެރެއިންނެވެ. މި ހަމަލާގައި ސިރިޔާގެ ބައެއް ސިފައިން […]
ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުގެ މަގުބޫލުކަން ގެއްލުނީ ކީއްވެ؟

ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުގެ މަގުބޫލުކަން ގެއްލުނީ ހެޔޮއެދޭ މީހުން ދުރަށްޖެއްސުމުން ކަމައިމެދު އެއްވެސް ޝައްކެއްނެތެވެ. ރާއްޖޭގެ ރައްޔިތުން ހިތްތަކުގައި ހިތާހިތުގެ ގުޅުން ރޫހީގޮތުން އުފެދިގެން ދިޔަ ސިޔާސީ ބަތަލަކީ ރައީސް މުޙައްމަދު ނަޝީދޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނަސް މިއަދު އެބަތަލް އެވަނީ ސިޔާސީ ގޮތުން ރާއްޖޭގެ އެންމެ ބަލިކަށި މީހުންގެ ލިސްޓަށް އަރާފައެވެ. ސަބަބަކީ ކޮބައިތޯ ވިސްނާލަން ޖެހޭނެއެވެ. އެގޮތުން އަޅުގަނޑަށް ގަބޫލުކުރެވުނީ ނަޝީދަށް ހެޔޮއެދޭމީހުނާ ވެރިކަމަށް ނުފޫޒުފޯރުވަން ބޭނުންވި އަމިއްލަ އެދުންބޮދު ޢާދާވާތްތެރިން ނޭނގުމުގެ ހިތި ނަތީޖާއެވެ. ސެލްފް ކޮންފިޑެންސޭ މިޔާ އެތީގައިވެސް މިންގަނޑު ފަހަނާ […]