ތިލަމާލެ ބުރިޖުގެ ޕްލެޓްފޯމް ފަރަށް އަރައި ތިން މީހަކަށް އަނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp
ބްރިޖު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރާފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު

މާލެ، ވިލިމާލެ، ތިލަފަޅު އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމެއް ފަރަށް އަރައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ބްރިޖުގެ ޕްލެޓުފޯމެއް ފަރަށް އަރައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 14:35 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރި އެމީހުންނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް މިމަހުގެ ދެވަނަ ދުވަހު ފެށިއިރު، ބްރިޖުގެ މަސައްކަތަށް މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް