ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުގެ މަގުބޫލުކަން ގެއްލުނީ ކީއްވެ؟

Loading

Facebook
Twitter
WhatsApp


ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުގެ މަގުބޫލުކަން ގެއްލުނީ ހެޔޮއެދޭ މީހުން ދުރަށްޖެއްސުމުން ކަމައިމެދު އެއްވެސް ޝައްކެއްނެތެވެ.

ރާއްޖޭގެ ރައްޔިތުން ހިތްތަކުގައި ހިތާހިތުގެ ގުޅުން ރޫހީގޮތުން އުފެދިގެން ދިޔަ ސިޔާސީ ބަތަލަކީ ރައީސް މުޙައްމަދު ނަޝީދޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނަސް މިއަދު އެބަތަލް އެވަނީ ސިޔާސީ ގޮތުން ރާއްޖޭގެ އެންމެ ބަލިކަށި މީހުންގެ ލިސްޓަށް އަރާފައެވެ. ސަބަބަކީ ކޮބައިތޯ ވިސްނާލަން ޖެހޭނެއެވެ. އެގޮތުން އަޅުގަނޑަށް ގަބޫލުކުރެވުނީ ނަޝީދަށް ހެޔޮއެދޭމީހުނާ ވެރިކަމަށް ނުފޫޒުފޯރުވަން ބޭނުންވި އަމިއްލަ އެދުންބޮދު ޢާދާވާތްތެރިން ނޭނގުމުގެ ހިތި ނަތީޖާއެވެ. ސެލްފް ކޮންފިޑެންސޭ މިޔާ އެތީގައިވެސް މިންގަނޑު ފަހަނާ އަޅާ ދެވިއްޖެނަމަ ނަތީޖާ ނުވަތައް ދައްކާނެކަން މިހާރު ގަބޫލުކުރަން ޖެހެއެވެ. 

 ރައްޔިތުންގެ މަޖީލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަބަރު ހުސައިން ޝަހީމް (އަދުން ހުސެއިން) އަކީ އިކޮނަމިކު މިނިސްޓަރ ފައްޔާޒުގެ ސިޔާސީ ބައިވެރިއެކެވެ. ފައްޔާޒް އާއި މާރިޔާ އަތްޕުޅުން ބޮޑެތި ފައިދާތަކެއް ކުއްލިއަކަށް ލިބެމުން ދިޔަ މީހެކެވެ. ނަޝީދު އޭނާގެ އަތުގައި ހިފައިގެން މަޖިލިސް މެމްބަރަކަށް އިސްކުރަންވެގެން މަސައްކަތް ކުރެއްވިއިރު އަދުން ޙުސެއިނަކީ ސިޔާސީ އެއްވެސް އުރަތްޕެއް ނެތް މީހެކެވެ. ނަމަވެސް  ނަޝީދުއަށް ގިނަބައެއްގެ ހިތުގައި ދެވިފައިވާ ލޯތްބާއި އަދި އެމްޑީޕީގެ ތިލަފަތަށް ވޯޓް ދޭންޖެހޭ ވޯޓް ލިބުމުން މަޖިލިސްގެ އިއްޒަތްތެރި މެމެބަރަކަށް ވެވުނީއެވެ. މިގޮތައް ދެއްކޭނެ މިކަހަލަ އެތަކެއް މިސާލެކެވެ.


އެމް.ޑީ.ޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވިގެން ދިޔަ އިންތިޚާބުގައި ނަޝީދާ ދެކޮޅަށް ފައްޔާޒު އިސްމާޢީލު އެމަގާމަށް ގެނައުމަށްޓަކާ ޖާނާމާލުން ގުރުބާންވި އެކަކީ އަދުން ހުސެއިން އެވެ. ކަން މިހެން ހުރި އިރު ފައްޔާޒާއި ނަޝީދާއި ދެމެދަށް ވަދެ އެދެބޭފުޅުންގެ ދެމެދުގައި ފިތުނައިގެ ދަންމަރު ރޯކުރުމުގެ ސިޔާސީ މަންފާތަކެއް ހުސައިން އަށްއޮންނާނެކަން ހިނގާދިޔަ ކަންކަމުން އެނގިގެން ނުދޭތޯއެވެ. ފައްޔާޒުގެ ސިޔާސީ ބައިވެރިޔަކު ރައީސްނަޝީދުއާ ބައްދަލުކޮށް ފައްޔާޒުގެ ގޯސްވާހަކަ ދައްކަވާ އެދެބޭފުޅުން ދެމެދުގައި ފިތުނަ އެފެއްދުމުގެ ސިޔާސީ ބޭނުމެއް ނު އޮވެދާނެ ކަމަށް ގަބޫލުކުރާނީ ކާކުތޯއެވެ. 

     ފައްޔާޒު އިސްމާޢީލަކީ މިހާރު އެމް.ޑީ.ޕީގެ ބާރުގަދަ ޗެއަރޕާސަން އެވެ. ރައީސް ނަޝީދަކީ އެމް.ޑީޕީގެ ރައީސެވެ. އެދެބޭފުޅުންގެ ދެމަދުގައި ފިތުނައިގެ ހުޅު ރޯކުރުމުން ޕާޓީ ބައިބައިވެ ޕާޓީއާއި މެދު ރައްޔިތުން މެދުގައި އުފެދިފައިވާ ލޯތްބަށް ފަނޑުކަންއައިސް އަދި ޕާޓީ ދެފެކްޝަނަކަށް ބެގެންދިޔަ ދިއުން އަތިވެސް ދެފަރާތުގެ މެމްބަރުނަށް ހަޖަމެއް ނުކުރެވެއެވެ.

     ފައްޔާޒުގެ އިސްތަށި ފުޅުގައި އެ އިންތިޚާބުގައި އެމް.ޑީ.ޕީގެ ތެރޭގައި އުފެދުނު ދެފެކްޝަނުގެ ތެރެއިން ރައީސް ނަޝީދަށް ސަޕޯޓު ކުރި ފެކްޝަނުން އެޅުވި އިލްޒާމުތަކާ ގުޅިގެން އެއްވެސް ޝައްކެއް ނެތި ޕާޓީގެ ތެރޭގައި ވަނީ ކޯޅުންތައް އުފެދި ބައިބައި ވެފައެވެ. ބައެއް މެންބަރުން އެދަނޑިވުގައި އެހެން ޕާޓީތަކާ ގުޅުނުކަމީ އޭގެ ހެއްކެކެވެ.

     އެއިންތިޚާބުގެ ތެރޭގައި ފައްޔާޒު އިސްމާޢީލު ދެއްކެވީ ވަރަށް ރީތި ނަމޫނާއެކެވެ.އެވަރު ވެގެން ދިޔައިރުވެސް އެމަނިކުފާނު ރައީސްނަޝީދުގެ އަގުވެއްޓޭފަދަ އެއްވެސް ވާހަކަ ފުޅެއް ނުދައްކަވައެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށް ވީތީ މުސްތަގްބަލްގައި ޕާޓީ ކުރިއަރައި ދާނީ ދެބޭފުޅުންގެ ދެމެދުގައި ބަޔަކު އެ އުފެއްދި ފިތުނަ ފަސާދަ ސާފު ކުރެވިގެންކަން ޗެއަރޕާސަން ފައްޔާޒު އިސްމާއީލަށް އޭރުވެސް އެނގި ވަޑައިގަންނަވާތީ އެމަނިކުފާނު ދެއްކެވީ ވަރަށް ރީތި ނަމޫނާ އެކެވެ. 

އެހެނަސް ރައީސް ނަޝީދުގެ ސިކުނޑިއަށް އިބްލީސް ސަވާރުވެ ރޯވެގެން ދިޔަ ފިތުނައިގެ ހުޅުގަނޑުގެ ސަބަބުން ޕާޓީއަށް ލިބިގެން ދިޔައީ އިޢާދަ ނުކުރެވޭވަރުގެ ގެއްލުމެއް ކަން މިހާރު އެވަނީ ވިސްނިފައި ތޯއްޗެކެވެ!

     އެމް.ޑީ.ޕީ.ގެ ދެރައީސުން ވެސް ގަބޫލު ކުރައްވަން ޖެހޭ ޙަގީގަތަކީ ސިޔާސީ ބާރަކީ ފައިސާއިންގަނެ ދެމެހެއްޓޭނެ ބާރެއް ނޫންކަމެވެ.  ޒަމާން ބަދަލުވެ ބައެއް އިންސާނުންގެ ވިސްނުން ވެސް އެވަނީ ޖާހިލީ ޒަމާނުގައި ކަންހިނގަމުން ދިޔަ ގޮތަށްވުރެވެސް ނުބައިކޮށް ބަދަލުވެފައެވެ. ރައީސަކު ހޮވުމަށްޓަކާ އެބޭފުޅެއްގެ ފަހަތަށް ބާރުގަދަ ތާއީދު ބޮޑު ސިޔާސީ މީހުން އަރަނީ މީހާގެ މޮޅުކަމާ މީހާގެ ރީތިކަމަށް ބަލައިގެނެއް ނޫނެވެ. މަގާމާއި ފައިސާގެ ބޭނުމުގައެވެ. 

އެހެން ކަމުން ރައީސްނަޝީދުގެ ފޮޓޯޖެހިޓީޝާރޓް ތުރުކުރައްވައިގެން އެމަނިކުފާނުގެ ރުހުމާތާއީދު އޮތް މީހެއްކަން ރައްޔިތުންނަށް ދައްކާ އެމަނިކުފާނުގެ ކޮނޑުމަތިން ރައްޔިތުންގެ މަޖިލިސްގެ މެންބަރު ކަން ލިބުނު އެމްޑީޕީގެ ގިނަ މެންބަރުން ރައީސް ނަޝީދާ ދެކޮޅަށް ތެދުވުމުންވެސް އެމަނިކުފާނަށް ސިޔާސީ މީހުންގެ ގޮތާއިފޮތް އެނގިވަޑައެއް ނުގަތެވެ. 

     ކޮންމެއަކަސް ރައީސް ނަޝީދު ބާކީ ވާން ޖެހުނީ އެމަނިކުފާނުގެ މޮޔަފުޅު ކަމުންނާއި ސިޔާސީ ވެރިކަމުގެ ތަޖުރިބާ ނެތުމުންކަމަށް ބުނާ މީހުން ދަނީ ގިނަވަމުންނެވެ.

އިންސާނާ ކިތަންމެ ވަރަކަށް ބުނަން ބޭނުން ވިޔަސް ނުބުނެވޭވޭނެ ބައެއް ވާހަކަތައް ހުންނާނެކަން އެގެން ޖެހެއެވެ. ރައީސް ނަޝީދަކީ މިގައުމުގެ ރައީސް ކަން ކުރައްވާ ރައްޔިތުންގެ ރުހުމާ ލޯބި ލިބިވަޑައިގެންނެވި ބޭފުޅެއް ކަމާއިމެދު ޝައްކެއްނެތެވެ. އަދި މިހާރުވެސް މިވެރިކަމުގެ އެއްބާރުގެ ވެރިޔާވެސް މެއެވެ. އެހެން ކަމުން މަގާމުގެ ހައިސިއްޔަތާ ލިބިވަޑައިގެންފައިވާ ރައްޔިތުންގެ މަގުބޫލުކަން ގެއްލޭ ބާވަތުގެ ބޭކާރު ވާހަކަ ތައް އެއްވެސް ހިފެހެއްޓުމެއް ނެތި ވިދާޅުވަމުން ދިއުމަކީ ގިނަބައެއްގެ ކުރިމަތީގައި އެމަނިކުފާނުގެ ސަޕޯޓް ގެއްލި ފަޟީހަތްވަމުންދާ ބޮޑު ސަބަބުކަމުގައި ވެއްޖެއެވެ.

     ކުރިން ރައީސް ޞާލިހަކީ ރައްޔުތުން ދަންނަ ބޭފުޅަކަށް ނުވިނަމަވެސް މިއަދުއެމަނުކުފާނަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއެވެ. ފައިސާގެ ތަނަވަސް ކަން ހުރި ފަރާތްތަކުން ވެސް ބޭނުންވާނީ ރައީސްގެ ރުހުމާ އަދި އެފަރާތްތަކުން ބޭނުންވާ ކަން އެހުންނަވާ ވެރިއެއް ރުހުން ލިބި ސަރުކާރުގެ ތެރެއިން އަމިއްލަ މަންފާތަކެއް ޙާސިލް ވުމަށެވެ. އެހެން ކަމުން ރައީސަށް އިތުބާރު ކުރެވޭފަރާތްތައް ކެބިނެޓުގައި ހިމަނުއްވައިގެން ވިޔަސް މަހުޖަނުން އެދޭކަން ކަން ފަހިކޮށް ދެއްވޭނީ ރައީސުލް ޖުމްހޫރިއްޔާ އަށް ކަން އެންމެނަށްވެސް އެނގޭނެއެވެ. މިއީ އަބަދުވެސް މިކަން ހިނގަމުންދާގޮތެވެ.

      އަރިހު ބޭފުޅުންނަކީ އަބަދުވެސް އަރިހުގައި ތިއްބަވައިގެން ރައީސް ގެ މޮޅުވާހަކަ އާއި މިހެންގޮސް ރައީސް ހަނދަށް އަރުވައިގެން އަމިއްލަ މަންފާ ހޯދާ ބައެއްކަން ޚޮދު ނަޝީދުއަށްވެސް އެގިވަޑައި ގަންނަވާނެއެވެ. 

އެހެން ކަމުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހެއްގެ މަސް ރައީސައް ކާން ދޭވޭ މީހާއަކީ އެންމެ ޑިގްރީމަތި މީހާކަމުގައި ވެދެއެވެ.    އެއާދަ ކާދައިގެ ތެރެއިން ކޮންމެދުވަހަކުވެސް ކޮންމެވެސް ވާހަކައެއް ވިހެއުމަކީ އަރިހު ބޭކަލުންގެ ހޮބީއެކެވެ. އަދި ރައީސްމީހާއަށްވެސް ލިބޭ ހިތްހަމަޖެހުމަކާއި އުފަލެކެވެ.

ބުނާތީ އަޑުއެހީމެވެ! އަރިހު ބޭކަލަކަށް އެއްރެއަކު ވެރިމަނިކުފާނުގެ އަރިހުގައި ދައްކާނެ ވާހަކައެއް ނުވިސްނިގެން ރައީސްމީހާގެ އަރިހުގައި ދެންނެވިއެވެ. މަނިކުފާނުގެ ބަކަރި ކޮށިގައި އޮންނަ ހުދު އެ ލޯބި ގިތެޔޮ ރޭގައި ދެ ގިތެޔޮ ވިހައިފިއެވެ. ރައީސް މީހާ ވިދާޅުވިކަމަށްވީ އެހެންތަ؟ އެހެންވިއްޔާ ކޮށީގެ އާބާދީ ވަރަށް އަވަހަށް ބޮޑުވެގެން ދާނެތާއެވެ! ގިތެލާ ބަކަރި ވިހަން ފެށީމާ އިތުރުވާ މިންވަރު މާބޮޑުތަނުންވެސް އަވަސްވާނެ ތާއެވެ! މި އުޞޫލުގެ މަތިން ވެރިން ރުއްސުމަށްޓަކާ ދައްކާ ކޮންމެ ވާހަކައެއް ވެރިމީ ގަބޫލު ކުރަން ވެއްޖެނަމަ ވެއްޓޭނީ ސިޔާސީ ނަޖިސް ވަޅުގަޑަކަށް ނޫން ދެން އެހެން ކޮންތާކަށް ތޯއެވެ؟

     ކޮންމެއަކަސް އެމް.ޑީ.ޕީ. ކޯލިޝަން އަށް 2023 ބޭނުންނަމަ ރައީސް ޞާލިހާއި ރައީސް ނަޝީދު އެއްގަލަށް އަރުވަން މަޖުބޫރެވެ. ފައްޔާޒަކީ އެމް.ޑީ.ޕީ.ގެ ޗެއަރޕާސަނެވެ. އެއްގަލަކަށް މަތިއޮމާންކޮށް މަތިމަތިން އެރިއަރިޔަކަސް ނަތީޖާއެއް ނުނެރެވޭނެއެވެ. އެގެންޖެހޭ ޙަގީގަތަކީ 2018 ގައި ވެރިކަމަށް އައުމަށް ވެފައިވާ ގިނަގުނަ ވަޢުދުތަށް ކޮންމެވެސް ސަބަބަކާހެދި ނަމަވެސް ވަނީ ނުފުއްދިފައެވެ. އަދި ޕާޓީގެ އެތެރޭގައި ފިތުނައިން ރޯވެފައިވާ ހުޅުގަނޑުގެ ފައިދާ އިދިކޮޅުން ނަގަމުން ގެންދާކަމީވެސް ފެންނަންއޮތް ޙަގީގަތެކެވެ.

ނަޝީދަށް އެނގިވަޑައި ގަންނަވަންޖެހޭ ޙަގީގަތަކީ ރާއްޖެ ޑިމޮކްރެސީއަށް ކުރިދަރުގައި ޖާނާއި މާލުން ގުރުބާންވީ ގިނަބަޔަކު މިހާރުވަނީ ނަޝީދާއި ފެއަށްޖެހިފައެވެ. މިހާރުގިނައީ އަމިއްލަ އަވަސް ފައިދާއެއް ހޯދުމަށް ސިޔަސީވެގެން ދެފުށް ދެގޮތް ހެދިގެން  ހޫރޭ ބަޔަކު ސިޔޭސީ ބައިވެރީންކަމުގައި ދެއްކި އެމްޑީޕީގެ ތޮފީގައި ނަށާ  ކީހުންނެވެ. ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުގެ މަގުބޫލުކަން ގެއްލުނީ ހެޔޮއެދޭ މީހުން ދުރަށްޖެއްސުމުންކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ.

Loading

4 Responses

  1. ސައީދު މި ވިދާޅުވަނީ ކީކޭބާވައެވެ.. ! “ އެމް.ޑީ.ޕީ.ގެ ދެރައީސުން ވެސް ގަބޫލު ކުރައްވަން ޖެހޭ ޙަގީގަތަކީ ސިޔާސީ ބާރަކީ ފައިސާއިންގަނެ ދެމެހެއްޓޭނެ ބާރެއް ނޫންކަމެވެ. “ “ ރައީސަކު ހޮވުމަށްޓަކާ އެބޭފުޅެއްގެ ފަހަތަށް ބާރުގަދަ ތާއީދު ބޮޑު ސިޔާސީ މީހުން އަރަނީ މީހާގެ މޮޅުކަމާ މީހާގެ ރީތިކަމަށް ބަލައިގެނެއް ނޫނެވެ. މަގާމާއި ފައިސާގެ ބޭނުމުގައެވެ. “ “ ފައިސާގެ ތަނަވަސް ކަން ހުރި ފަރާތްތަކުން ވެސް ބޭނުންވާނީ ރައީސްގެ ރުހުމާ އަދި އެފަރާތްތަކުން ބޭނުންވާ ކަން އެހުންނަވާ ވެރިއެއް ރުހުން ލިބި ސަރުކާރުގެ ތެރެއިން އަމިއްލަ މަންފާތަކެއް ޙާސިލް ވުމަށެވެ. އެހެން ކަމުން ރައީސަށް އިތުބާރު ކުރެވޭފަރާތްތައް ކެބިނެޓުގައި ހިމަނުއްވައިގެން ވިޔަސް މަހުޖަނުން އެދޭކަން ކަން ފަހިކޮށް ދެއްވޭނީ ރައީސުލް ޖުމްހޫރިއްޔާ އަށް ކަން އެންމެނަށްވެސް އެނގޭނެއެވެ. މިއީ އަބަދުވެސް މިކަން ހިނގަމުންދާގޮތެވެ ”.

    1. yes, abadhuve ekan higaa goiy. adhi dheenee party inves balanee hama kithah wazeefaa e meehunge bodunnah libdeyne thoa aai baaraai faisaa kolhu. same same Bro

  2. ނަޝީދުގެ ފެއިލިއަރ އަކީ ހަމައެކަނި ތިއެއްވެސް ނޫނެވެ. އޭނާ ހިތައްއެރި އެއްޗެއް ހިތަށްއެރި ވަގުތެއްގައި ދިމާކޮށްލަން ނޫނީ އޮފް ކަނޑުވާލަން (އޭނާގެ ބަހުންނަމަ) ދުލައް އައި ބަހުރުވައަކުން ވީއްލާލުމެވެ. ރައީސްއެއްގެ ފެންވަރާއި އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތުމާއި ތަޅާކުދިން ކޮޅަކާއި އޭނާގެ ގުނަވަން ތެދުވަންފެށީމާ މާރީއާއި ގުޅުމާއި މޫސަމެން ލައްވާ މީހުނަށް ބޯންދިނުމާއި މާލޭ ބޮޑު ހުޅުޖެހުމާއި ދެން މިހެންގޮސް ބައިވަރު ބައިވަރު ސަކަރާތް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް