ދުނިޔެ ޓެކްނޯލޮޖީގެ ނުރައްކާތެރި ވިލާގަނޑެއްގެ ދަށުގައި: އެމެރިކާ އާއި ނޭޓޯ ފަހަތުފަޔަށް ބުރަވަނީި ސަބަބެއް ނެތިއެއް ނޫނެވެ.
ސައެންސާއި ޓެކްނޯލޮޖީ ކުރިއަރާފައިމިވަނީ އިންސާނުން ހީވެސް ނުކުރާފަދަ ބާރު ދުވެއްޔެއްގައެވެ. އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ މުވާސަލާތާއި ދަތުރުފަތުރު ކުރުމަށް ކަމުގައި އެއްވެސްމީހަކު ދެބަސް ނުވާނެއެވެ. މީގެ ފަންސާހަކަށް އަހަރުދުވަހުގެ ކުރިއަށް ހަމައެކަނި މިބުނި ދެދާއިރާއިން ބަލާލާއިރުވެސް މިއަދު މިފެންނަނީ އަޖައިބުވެ އަންތަރީސް ވެދާފަދަ ކުރިއެރުމެކެވެ. ފޯނުގެ ލޯވަޅުތަކުން އިނގިލި ނުނެގިގެން އުޅުނީ ދާދި މިދާކަށް ދުވަހުއެވެ. މިއަދު މާކަނޑު މެދުގައި ހުރެގެންވެސް އަނބިދަރިންނާއެކު ވާހަކަ ދައްކާލަނީ ހަތަރު ފަސް އިންޗި ހުންނަ ކުޑަކުޑަ އެއްޗަކުންނެވެ. ދަމާކޫއްތާފާ […]
މާޗު މަހުގެ ތެރޭގައި އިޒުރޭލުން ފަލަސްތީނުގެ 539 ރައްޔިތުން ބަންދުކޮށްފައިވޭ
ފަލަސްތީނުގެ ޕްރިޒަނާރސް އެޑްވޮކަސީ ޖަމިއްޔާތަކުން ހާމަކޮށްފައިވާ ގޮތުގައި މާޗް މަހު އެކަނި އިޒުރޭލުން ވަނީ ފަލަސްތީނުގެ 539 ރައްޔިތުން ހައްޔަރުކޮށްފައެވެ. އޭޕްރީލް މަހުގެ 12ވަނަ ދުވަހު ނެރުނު ރިޕޯޓްގައި ވާ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 62 ކުޑަކުދިންގެ އިތުރުން 19 އަންހެނުން ހިމެނެއެވެ. ފަލަސްތީނުގެ ޕްރިޒަނާރސް ސޮސައިޓީ އާއި އަޑަމީރް ޕްރިޒަނާ ސަޕޯޓް އެންޑް ހިއުމަން ރައިޓްސް އެސޯސިއޭޝަން އަދި ވާދީ ހިލްވެހް ޖަމިއްޔާގެ އިތުރުން ބައެއް ޖަމްއިއްޔާތައް ނެރުނު މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި […]
އިންސާނުންގެ ލަދު ހަޔާތަށް މިވަނީ ކީއްތަ؟ އިންޑިއާގެ ޙަލަތައް ރާއްޖެވެސް؟
ލަދު ޙަޔާތަކީ އިންސާނައަށް ލިބިފައިވާ އަގުބޮޑު ނިއުމަތެކެވެ. އެ ނިއުމަތަށް ކުފުރުވެރިވުމަކީ އިންސާނުންނާއި ޖަނަވާރުން ވަކިކުރަން އޮތް އިންފާރުވައްޓާލުމެވެ. މިހާރަކަށް އައިސް ރާއްޖޭގައިވެސް ގެވެށި އަނިޔާއާއި ކުޑަކުދިންގެ އިއްފަތާ ބެހުން ވަރަށް ގިނަވެއްޖެކަމަށް ޚަބަރުތަކުން އެނގެއެވެ. މިއީވެސް ބޭރުން ގެނެވޭ ސަގާފަތެއްބާވައޭ ހިތަށް އަރައެވެ. މިހެންބުނަންޖެހެނީ އަވަށްޓެރި ބައެއް ގައުމުތަކުގައިވެސް މިހާރަކަށް އައިސް ގެވެށި އަނިޔާއާއި ކުޑަކުދިންގެ އިއްފަތާ ބެހުން އާދަޔާޚިލާފަށް ގިނައިން ރިޕޯރޓްކުރެވެމުން ދާކަމުގެ ޚަބަރުތައް ލިބޭތީއެވެ. މި ސީޣާއިން މިއަދު ލިބޭ ޚަބަރުތަކަށް ބަލާއިރު […]
މިބިމުގެ މިލްކުވެރިކަމަކީ އަބަދުވެސް ގަދަބާރުން ފޭރިގަންނަ އެއްޗެއް
ދުނިޔޭގެ ތާރީޚުން ލިބިދޭ ފިލާވަޅުތަކަށް ބަލާއިރު މި ދުނިޔޭގެ ބިމަކީ އަބަދުވެސް ގަދަބާރުން ގަދަމީހާ ފޭރެމުން ގެންދާ އެއްޗެކެވެ. ތަނުގެ އަހުލުވެރިންނަށް ބަހެއް ބުނެލާނެ ފުރުސަތެއްވެސް ލިބެނީ މަދު ފަހަރެއްގައެވެ. ވެރިންނޭ މިކިޔާ ބައަކު ހިތުހުރިގޮތަކަށް ކުޅެން ލިބިފާއޮތް ފުޓުބޯޅައެއް ކަހަލައެވެ. އަޅުގަނޑުމެންގެ ރާއްޖެއިންވެސް ފެންނަނީ ހަމަ މިކަހަލަ މަންޒަރުތަކެވެ. އެއްޒަމާނެއްގައި ވަކި ރަށެއް ތަންކޮޅެއް ދުރުގައިއޮތީމާ އަވަށްޓެރި ގައުމަކަށް ރަސްގެފާނު ދެއްވި ވާހަކައެއްވެސް ދައްކާތީ އަޑުއަހަމެވެ. ފަހެ އެއީ އެ ރަސްގެފާނުގެ ވާރުތަ މުދަލެއް ހެއްޔެވެ؟ […]
އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި ހިނގާ ހަމަނުޖެހުންތައް އިތުރުވަނީ
ހިންދޫންގެ ދީނީ މުނާސަބަތެއް ކަމަށްވާ ”ރާމް ނާވްމި“ގައި މުސްލިމުންގެ މުދާތަކަށް ގެއްލުންދީ ބަދު ބަސް ގޮވުމުގެ ސަބަބުން އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި އޮންނަ ހަމަނުޖެހުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެންމެ ގިނަ ހަމަނުޖެހުންތަކެއް ހިނގައިފާ ވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވަނީ މަދްޔަ ޕްރެދޭޝްއާއި، ގުޖުރާތު އަދި ޖާރުކަންޑްގެ އިތުރުން ހުޅަނގު ބެންގާލްގައެވެ. ހިންދޫ ފިކުރުގެ ހައްދު ފަހަނައަޅާފައިވާ މީހުން އަންނަނީ މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކަށް ގޮސް ގެތަކަށާއި މުދަލާއި މުސްލިމުންގެ ވިޔަފާރިތަކަށް ގެއްލުންދިނުމުގެ އިތުރުން މިސްކިތްތަކަށްވެސް ގެއްލުންދެމުންނެވެ. […]
ޔޫކްރޭންގެ ވައިގެ ދިފާއީ އައްޑަނަ ރަޝިއާއިން ހަލާކުކޮށްލައިފި
ދާދިފަހުން ޔޫކްރޭނަށް ލިބުނު މިސައިލުން ރައްކާތެރިވުމުގެ އައްޑަނައިގެ ނިޒާމު ހަލާކުކޮށްލައިފިކަމަށް ރަޝިއާއިން ބުނެފިއެވެ. ރަޝިއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އީގޯރް ކޮނާޝެންކޯފް ވިދާޅުވިގޮތުގައި ސޮލެވާކިޔާއިން ޔޫކްރޭނަށް ދާދިފަހުން ދިން އެއާ ޑިފެންސް މިސައިލް ސިސްޓަމް އެސް 300 ހަލާކުކޮށްލީ ކަނޑުމަގުން ދިން ހަމަލާއެއްގައެވެ. އެ ހަމަލާ ދިނުމަށް ރަޝިއާއިން ބޭނުންކޮށްފައި ވަނީ އަމާޒަށް ހަމަލާ ދިނުމުގައި ވަރަށް ކާމިޔާބު ”ކެލިބަރ“ މިސައިލު ބޭނުންކޮށްގެންނެވެ. ފެބުރުއަރީ 24 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ރަޝިއާ-ޔޫކްރޭންގެ ހަނގުރާމައާ […]
ސްރީލަންކަގެ ހާލަތު ވަރަށް ސީރިއަސް: ގިނަ އަދަދެއްގެ ބަޔަކު މަރުވެދާނެ ކަމުގެ ބިރު
ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މުސީބާތުގެ ސަބަބުން ކަރަންޓާއި އަސާސީ ބޭސްތަކަށް އެގައުމުގެ ހޮސްޕިޓަލްތައް ޖެހި ގިނަ އަދަދެއްގެ ބަޔަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބި މަރުވެދާނެކަމަށް އެ ގައުމުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ބުނެފިއެވެ. ހިތުގެ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭސްތަކާއި ތުއްތު ކުދިން ނޭވާލުމަށް އެހީވެދިނުމަށް ބޭނުންކުރާ ހޮޅިފަދަ ތަކެއްޗަށް ލަންކާގެ ހުރިހާ ހޮސްޕިލަކުންވެސް ވަނީ ބޭނުން ޖެހިފައެވެ. މީގެ އިތުރުން ކަރަންޓުގެ ޚިދުމަތް ގިނަ ހިސާބު ތަކަކުން ކެނޑުމާ ގުޅިގެން އެކި ޒަހަމްތަކަށް ފަރުވާދޭން […]
އީރާނުގެ ގަބުރުސްތާނެއްގައި ނެށި 3 އަންހެނުން ހައްޔަރުކޮށްފި
އީރާނުގެ ޚަރާސާންގެ ގަބުރުސްތާނެއްގައި ނެށި 3 އަންހެނުން ހައްޔަރުކޮށްފިއެވެ. އީރާނުގެ މީޑިއާއިން ހާމަކުރިގޮތުގައި ޝަހީދުން ވަޅުލާ ގަބުރުސްތާނެއްގައި އަންހެނުންތަކެއް ނެށިކަން އެނގުނީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯ ފެނުމުން ވަރަށް ގިނަބަޔަކު ރުޅިގަދަވެ ނެށުމުގައި ބައިވެރިވި މީހުންނާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވަންފެށިއެވެ. އެހާ ހިސާބުން ފުލުހުން ނިކުމެ އެއީ ކޮންބައެއްތޯ ބަލައި އެމީހުން ހައްޔަރުކުރިއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތުން ހާމަކުރިގޮތުގައި އެ ނެށުމުގައި ބައިވެރިވި މީހުން ހައްޔަރުކުރި […]
އިންޑިއާގެ 4 ސްޓޭޓެއްގައި މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ހަމަނުޖެހުން ތަކުގައި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
އިންޑިއާގެ މަދިޔަ ޕްރަދޭޝް، ގުޖުރާތު، ޖާޅްކަންޑު އަދި ހުޅަނގު ބެންގާލުގައި ހިންދޫން ބޭއްވި ދީނީ ހިނގާލުންތަކެއްގައި މުސްލިމުންގެ ފިހާރަތަކާއި ގޭގެއަށް ހަމަލާދީ ލޫޓުވައި ހުޅުޖަހައި ރޯކޮށް ހަދައިފިއެވެ. ހައްދުފަހަނަޅާފައިވާ ހިންދޫން ކުރީން ދެންނެވި ސްޓޭޓުތަކުގައި ރަހުމުކުޑަ އަނިޔާވެރިއަމަލުހިންގި އިރު ފުލުހުން އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއްނުކޮށް އެ އަމަލު ހިންގި މީހުންނާ ބައިވެރިވެފައިވާކަމަށް ވެސް ޚަބަރު ފެތުރިފައި ވެއެވެ. އެ ހާދިސާތަކުގައި އެކަކު މަރުވެ އެތައްބަޔަކު ޒަޚަމްވެފައިވެއެވެ. މަދިޔަ ޕްރަދޭޝްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގައި […]
ރައީސްކަން ކުރި ބޭފުޅުންނަށް ދައުލަތުން ފައިސާގެ ޢިނާޔަތު ދެމުންއަންނަނީ ގާނޫނު އަސާސީގެ މަފުޙޫމާ ޚިލާފަށް
ޢަމަލު ކުރެވެމުންދާ ގާނޫނު އަސާސީގައި ބުނަނީ މިގާނޫނު އަސާސީގެ ދަށުން ކުށްވެރި ނުވެ ރައީސުލް ޖުމއހޫރިއްޔާކަމުގެ ދައުރު ފުރިހަމަ ކުރާ ކޮންމެ ރައީސަކަށް ދައުލަތުން ފައިސާގެ ޢިނާޔަތާ ރައްކާ ތެރިކަން ދޭންވާނެއެވެ. ކަން އޮތީމިހެން ކަމުގައިވިއަސް ރައްޔިތުން ލޯބޯފިއްސައިގެން އަތްވާ ވިއްސާރައިގައި ކުރާ ބުރަމަސައްކަތުން ހޯދާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސް ފައިސާ ގާނޫނު އަސާސީގެ މަފުޙޫމާ ޚިލާފަށް ބައެއް ރައީސުންނަށް ދައުލަތުންގެ ޚަޒާނާއި ދެއްވުމަކީ ރައްޔިތުންގެ ޙައްގު ތަކަށް އަރައިގަނެވި ހިންގަމުން ގެންދާ ބޮޑު ޚިޔާނާތެއް […]