ޔޫކްރޭންގެ ވައިގެ ދިފާއީ އައްޑަނަ ރަޝިއާއިން ހަލާކުކޮށްލައިފި

Facebook
Twitter
WhatsApp
Cover Foto - Copy

ދާދިފަހުން ޔޫކްރޭނަށް ލިބުނު މިސައިލުން ރައްކާތެރިވުމުގެ އައްޑަނައިގެ ނިޒާމު ހަލާކުކޮށްލައިފިކަމަށް ރަޝިއާއިން ބުނެފިއެވެ. ރަޝިއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އީގޯރް ކޮނާޝެންކޯފް ވިދާޅުވިގޮތުގައި ސޮލެވާކިޔާއިން ޔޫކްރޭނަށް ދާދިފަހުން ދިން އެއާ ޑިފެންސް މިސައިލް ސިސްޓަމް އެސް 300 ހަލާކުކޮށްލީ ކަނޑުމަގުން ދިން ހަމަލާއެއްގައެވެ. އެ ހަމަލާ ދިނުމަށް ރަޝިއާއިން ބޭނުންކޮށްފައި ވަނީ އަމާޒަށް ހަމަލާ ދިނުމުގައި ވަރަށް ކާމިޔާބު “ކެލިބަރ” މިސައިލު ބޭނުންކޮށްގެންނެވެ.

ރަޝިއާގެ މިސައިލު ހަމަލާ: ވައިގެ ހަމަލާތަކުން ދިފާއުވާ އައްޑަނަ ހަލާކުވެފައި

ފެބުރުއަރީ 24 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ރަޝިއާ-ޔޫކްރޭންގެ ހަނގުރާމައާ ގުޅޭ ބައެއް މައުލޫމާތު މޭޖަ ޖެނެރަލް އީގޯރް މީޑިއާއަށް ދެއްވަމުން އެންމެ ފަހުގެ ޒަމާނީ ހަތިޔާރުގެ ބޭނުންކޮށްގެން ޔޫކްރޭނުގެ ދިފާއީ ނިޒާމުތަކަށް ބޮޑެތި ގެއްލުން ތަކެއް ދީފައިވާކަމަށް ވިދާޅުވިއެވެ. އަދި ޔޫކްރޭންގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކެއް ވައްޓާލިކަމަށާއި ޔޫކްރޭންގެ ސިފައިންގެ 78 ތަނަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާކަމަށް ވެސް ވިދާޅުވިއެވެ. ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވިގޮތުގައި ރަޝިއާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތައް ހުއްޓާލާނީ ރަޝިއާއިން ބޭނުންވާ މަގުސަދުތައް ހާސިލު ކުރެވުމުންނެވެ.

One Response

  1. މިހާރު ދެން އެމެރިކާ އާއި ނޭޓޯ ގެ ހުރި ބާރުވެރިކަމެއްވެސް ފަޅާ އަރާނެއެވެ. ޗައިނާ އާއި ރަޝިޔާގެ ޑިފެންސްގެ ކާމިޔާބު ކަމާއިމެދު ޝައްކު އުފެއްދޭކަށް ނެތެވެ. ޖައްވަށް ބެލިނަމަވެސް އެމެރިކާއިން ޖައްވުގައި އިންދާފައިވާ ކޮންމެ އެއްޗަކަށް ޙަމަލަދިނުމުގެ ބާރު ރަޝިއާ އަށް ލިބިގެން ވެއެވެ. އަދި ޗައިނާއިން ނުސީދާކޮށް ރަޝިޔާއަށް ވާގިދިނުމުން އިކޮނޮމިކް ގޮތުންވެސް އެމެރިކާއަށް ރަޝިޔާ އިނދަ ޖައްސާލެވޭގޮތެއް ނުވިއެވެ. ދެން އަބަދު ގެންގުޅެ ފޭރޭ އުކުޅު ބޭނުންކޮށްގެން ނޫނެކޭ ބުނާ ގައުމެއްގެ މިލްކިއްޔާތު ފޭރިގަންނެގެން ބިރުދައްކަނީއެވެ. ހަމަ ސިދާ ޖަންގަލީގެ އުސޫލެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް