އިންޑިއާގެ މަދިޔަ ޕްރަދޭޝް، ގުޖުރާތު، ޖާޅްކަންޑު އަދި ހުޅަނގު ބެންގާލުގައި ހިންދޫން ބޭއްވި ދީނީ ހިނގާލުންތަކެއްގައި މުސްލިމުންގެ ފިހާރަތަކާއި ގޭގެއަށް ހަމަލާދީ ލޫޓުވައި ހުޅުޖަހައި ރޯކޮށް ހަދައިފިއެވެ.
ހައްދުފަހަނަޅާފައިވާ ހިންދޫން ކުރީން ދެންނެވި ސްޓޭޓުތަކުގައި ރަހުމުކުޑަ އަނިޔާވެރިއަމަލުހިންގި އިރު ފުލުހުން އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއްނުކޮށް އެ އަމަލު ހިންގި މީހުންނާ ބައިވެރިވެފައިވާކަމަށް ވެސް ޚަބަރު ފެތުރިފައި ވެއެވެ. އެ ހާދިސާތަކުގައި އެކަކު މަރުވެ އެތައްބަޔަކު ޒަޚަމްވެފައިވެއެވެ.
މަދިޔަ ޕްރަދޭޝްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކުރެވުނަސް ގުޖުރާތުގައި މުސްލިމުންގެ ގޭގެއަށާއި މުދަލަށް ގެއްލުން ދިނުން އެތައް އިރަކަށް ދިގުދެމިގެން ދިޔައެވެ.
ޚަބަރުލިބިފައިވާގޮތުގައި ފުލުހުން ހަމަނުޖެހުން ހުއްޓުވުމުގެ ބަދަލުގައި އެ ސަރަހައްދުން ފެނުނު މުސްލިމުންނަށް އަނިޔާކޮށް މުސްލިމުން ބަންދުކޮށްފައިވެއެވެ.
ދިއްލީގެ ޖަވާހަރު ލާލު ނެހެރޫ ޔުނިވަސިޓީގެ މުސްލިމް ކިޔަވާ ކުދީންނަށް މަހުން ހަދާ ކާއެއްޗެތި ކެއުން މަނާކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އިޙްތިޖާޖު ކުރި ކުދީންނަށް ފުލުހުން ކުރި އަނިޔާގައި 16 ދަރިވަރުން ޒަޚަމްވެފައިވެއެވެ. އަދި އެތައް ދަރިވަރުން ބަންދުކޮށްފައިވެއެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި އުޅެމުންދާ ބައިމަދު މުސްލިމުންނަށް ބޮޑުވަޒީރު މޯދީގެ ވެރިކަމުގައި ހައްދުފަހަނަޅާފައިވާ ހިންދޫން ގެންދަނީ ވަރަށް ބޮޑަށް ދުއްތުރާކޮށް އަނިޔާކުރަމުންނެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
2 Responses
އަންނި. ވިކާޝް ޝާހިދު. އިބޫ. މާރިޔާ. އިމްރާނު، ގާސިމު. މައުމޫނުގެ ދޯސްތް ބީޖޭޕީ ނުލަފާ މޯޑީގެ ބަލާވެރިކަން ތިފެންނަނީއެވެ. ފުރަތަމަ ފެށީ ބާބަރީ މިސްކިތް ތަޅާލުމުންނެވެ. ދެން ތިއޮތީ ފެށިފައެވެ. މުސްލިމުން ސެލްފްޑިފެންސް އަށްވެސް ޢމަލެއް ހިންގައިފިނަމަ ޓެރެރިސްޓަކަށް ވާނެއެވެ. މަރު ޙައްގުވީއެވެ. މި ބީޖޭޕީ ޓެރަރ ގްރޫޕުން ކޮންމެ ޢަމަލެއް ހިންގިޔަސް މޯޑީ އާއި މިތަނުގައި މިތިބި މޯދީ ހޯދަދިން ސަރުކާރުގެ ޚާދިމުންތަކަށް ނުފެންނާނެއެވެ. ކިޔަނީ އިންނަމަލް މުއުމިނޫނަ އިޚުވަތުންނެވެ. އަސް އަޚުންނަކީ ބީޖޭޕީ އާއި ރޯ އެވެ. ވަރަށް ދަށުޖަރައިގެ ޙަލަތަކަށް މި އުންމަތް ގެނުވާފިއެވެ. ދެރަކަމުގެ ކޮޅެއްނެތެވެ.
Yahoodheen India ah faave, vote in vakkan kuruvai modi lavvaa hingaa jareemaa ge therey ga Maldives ah aiy gadha kurun himenijje! Ya Allah mi nubai kaafarun nikamethi kuravvai jihaadhu kurun muslimunnah thaufeeg dhevvaashi aameen