އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ވިއްކައިގެން ލިބުނު ފައިސާގެ ބައެއް ރާއްޖެއަށް ދީފި

ރާއްޖޭގެ ކަންޑުގެ ސަރަހައްދު ހައިޑްރޮފީ ދާއިރާއިން ސަރވޭ އެއްކޮށް އެކުލަވާލި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާ ރާޖެއަށް ދީފިއެވެ. ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ. އިންޑިއާގެ ފަރާތުން ޗެކް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގައި […]

ރައީސުލްޖުމްހޫރިއްޔާގެ ނައިބު  ނަބީހު އާއި ބައްދަލުކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް،ޔޫއޭއީގައި ކުރިޔަށް ދިޔަ 2022 ވަނަ އަހަރުގެ ދުބާއީ އިންޓަރނޭޝަނަލް ގުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރި އަލްހާފިޡް އަހްމަދު ނަބީހް އަބްދުލްގާދިރާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަހްމަދު ޒާހިރާއި، ނަބީހްގެ މަންމަ އާމިނަތު މުހައްމަދާއި، ބައްޕަ އަބްދުލްގާދިރު ގާސިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނަބީހަކީ ނަމޫނާ ކުއްޖެއްކަމުގައި […]

ކުޅިވަރު ބަލަން ދާ މީހުން މަދުވުމުން ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ކުޅިވަރު މުބާރާތްތައް ބަލަން ދާ މީހުން މަދުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ ރ. މާކުރަތުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދުގެ ޖަލްސާ އަށް މަހުލޫފް ވަޑައިގެން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. މިއަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތް […]

ޕާކިސްތާނުން ދިން ހަމަލާގައި އަފްޣާނިސްތާނުގެ 47 މީހުން މަރުވެއްޖެ

ޕާކިސްތާނުން އަފްޣާނިސްތާނުގެ ހޯސްތު އަދި ކުނާ ސަރަހައްދުގައި ކުރިޔަށް ގެންދާ ހަމަލާ ތަކުގައި 47 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ހޯސްތުގެ ޑައިރެކްޓާ އޮފް އިންފޯމޭޝަން އެންޑް ކަލްޗާ، ޝާބިރް އަޙްމަދް އުސްމާނީ ބުނި ގޮތުގައި ޕާކިސްތާނުން ކުރިޔަށް ގެންދިޔަ ހަމަލާތަކުގައި އާންމުންގެ 41 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 22 މީހަކަށްވަނީ އެކިވަރުގެ ޒަހަމުތައް ލިބިފައެވެ. އޭނާ ބުނި ގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންނާއި […]

ހިޔާ ފްލެޓްތަކުން އުކާލާ ކުންޏަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކަންޖެހޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުން އުކާލާ ކުންޏަށް އަންނަމަހުން ފެށިގެން ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެމްކޯއިން ބުނެފިއެވެ. ކުނި އުކާލުމުގެ ހިދުމަތް ފޯރުކޯށްދޭ ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން ހިޔާ ފްލެޓްތަކުން އުކާލާ ކުނި ނެގުމަށް ބިލްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކުނި އުކާލުމުގެ ހިދުމަތަށް 150 ރ. ރޭޓުން ބިލް ކުރާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ […]

އެމެރިކާގައި ދުވާލެއްގެ މައްޗަށް 40 ހާހަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހެން ފަށައިފި

އެމެރިކާގައި އަނެއްކާ ވެސް ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވާންފަށައިފިއެވެ. ކަމާ ބެހޭ މާހިރުން ބުނާގޮތުގައި ގައުމުގެ ގިނަ ބަޔަކަށް ޖެހެމުން ދަނީ ކޮރޯނާ ވައިރަހުގެ އައު ވައްތަރެކެވެ. ދެމަހެއްހާ ދުވަސް ވާނދެން އެމެރިކާގެ އެތައް ސްޓޭޓެއްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު މަދުވަމުން ދިއުމަށްފަހު ވައިރަސް ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމުން ސިއްހީ މާހިރުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަޖުރިބާކާރު ޑޮކްޓަރ އެސް […]

ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި.

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މަރާލައިފިއެވެ. މައލޫމާތު ލިބިފައިވާގޮތުގައި ހުޅުމާލޭ ފުރަމަ ފިޔަވަހީގައި ހުންނަ ހާންޖީ ރެސްޓޯރަންޓްގައި މިއަދު ހަވީރު މާރާމާރީ އެއް ހިނގާފައިވަނީ ޕާކިސްތާނު މީހަކާއި ބަންގްލަދޭޝް މީހަކާ ދެމެދު އެވެ. މިހާދިސާގައި މަރުވީ އެ ރެސްޓޯރެންޓްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭސް މީހާއެވެ. ފުލުހުން ބުނީ މި މާރާމާރީ އާއި ގުޅިގެން ޒަހަމްވި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ޒަހަމް ތަކަކާއެކު މިއަދު ހަވީރު […]

މަސް ކިރުންލިމިޓްކޮށް ދޯންޏަކަށް ހަތް ޓަނު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްކިރާ މިންވަރު ލިމިޓް ކޮށް ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމައިފިއެވެ. މިފްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ކެޕޭސިޓީ އާއި އެއްވަރަށް މެނޭޖް ކޮށްގެން މަސްކިރުން ކުރިއަށް ގެންދިއުމަށް މާދަމާއިން ފެށިގެން ދޯންޏަކުން ހަތްޓަނުގެ މަސްކިރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. މިފްކޯއިން ބުނީ މަސްކިރުން ލިމިޓް ކޮށްފައި މިވަނީ ދެކުނުގެ މަސްވެރިން ބޭނި ގިނަ އަދަދެއްގެ މަސްތައް ކިރުމަށް އެކުންފުނިން މިދިޔަ […]

ތިލަމާލެ ބްރިޖް މަސައްކަތަށް ވިލިމާލޭގެ ދެކުނުން އުޅަނދު ފަހަރު ނަގަން އަންގައިފި

”މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތްތައް ކުރުމަށް ވިލިމާލޭގެ ދެކުނު ފަރާތު ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނަގާ އެ ސަރަހައްދު ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ. ބްރިޖް ގޮސް ވިލިމާލެއާއި ގުޅޭ ސަރަހައްދުން އުޅަދު ހުސްކުރުމަށް އަންގައި މާލޭ ސިޓީ ކައުސިލުން އާއްމުކުރި އިއުލާނުގައި ބުނީ ތިލަމާލެ ބުރިޖުގެ މަސައްކަތަށް ވިލިމާލޭގެ ފަޅުތެރެއާއި އެއްގަމުން ހާއްސަކޮށްފައިވާ ސަރަހައްދު ވަކިކުރުމަށް […]

ޕާކިސްތާނުގެ ވެރިކަން ބަދަލުކޮށްލުން

ޕާކިސްތާނުގެ ވެރިކަން ބަދަލުކޮށް ލުމަކީ މީގެ ސާޅީސް އަހަރުކުރިން އެމެރިކާގައި ރާވާފައި އޮތް ސިއްރު އެޖެންޑާއެއްގެ ދަށުން ތަންފީޒު ކުރެވިގެން ދިޔަ ނުބައި ރޭވުމެއްގެ އަމަލެކެވެ. އެއީ އޭޝިއާގައި ތިބެގެން ވީހާ ގާތުން ޗައިނާއަށް ފާރަލާއި ޗައިނާގެ ކުރިއެރުންތައް ހުއްޓުވޭނެ ހުރިހާ ގޮތެއް ހެދުމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަޅަކަށް ހެދީ ޕާކިސްތާނަކީ އެމީހުންގެ އެންމެގާތް ބައިވެރިޔާ ކަމުގައި ހަދައި އެއަށް ފަހު ޕާކިސްތާނު ބޭނުން ކޮށްގެން އަފުޣަނިސްތާނަށް އެރުމެވެ. އެކަން އެގޮތަށް ތަންފީޒު ކުރަމުން ކުރިޔަށް ދަނިކޮށް […]