ރައީސުލްޖުމްހޫރިއްޔާގެ ނައިބު  ނަބީހު އާއި ބައްދަލުކުރައްވައިފި

Facebook
Twitter
WhatsApp
220518_db2aebdf-3_

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް،ޔޫއޭއީގައި ކުރިޔަށް ދިޔަ 2022 ވަނަ އަހަރުގެ ދުބާއީ އިންޓަރނޭޝަނަލް ގުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރި އަލްހާފިޡް އަހްމަދު ނަބީހް އަބްދުލްގާދިރާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަހްމަދު ޒާހިރާއި، ނަބީހްގެ މަންމަ އާމިނަތު މުހައްމަދާއި، ބައްޕަ އަބްދުލްގާދިރު ގާސިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނަބީހަކީ ނަމޫނާ ކުއްޖެއްކަމުގައި ވިދާޅުވެ، ނަބީހަށް ކީރިތި ގުރުއާން ކިޔެވުމުގެ ރޮނގުން އިތުރަށް ކުރިޔަށް ދިޔުމަށް ހިތްވަރުދެއްވައި، ކުރިޔަށް އޮތް ތަނުގައި ސަރުކާރުގެ ތެރެއިން ހުރި މިފަދަ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ ކުދިންގެ ޅަ އުމުރުން ފެށިގެން ކީރިތި ގުރުއާނަށް އޮންނަ ލޯބި އަށަގަތުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ

މި ބައްދަލުކުރެއްވުމުގައި ނަބީހުގެ ބެލެނިވެރިން ވަނީ ދުބާއީ އިންޓަރނޭޝަނަލް ގުރުއާން މުބާރާތުގައި ނަބީހު ބައިވެރިވުމަށް ކުރި ދަތުރުގެ ތަޖުރިބާ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް