އެމެރިކާއިން ޔޫކްރޭންގެ ސިފައިން ޖަރުމަނުގައި ތަމްރީނު ކުރަން ފަށައިފި

ޔޫކްރޭން ސިފައިން ޖަރުމަނުވިލާތުގައި ތަމްރީނުކުރަން ފަށައިފިކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ސިފައިންނަށް ތަމްރީނުދެމުން ދަނީ އެމެރިކާއިން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުތައް ބޭނުން ކުރާނެ ގޮތާއި ހަނގުރާމައިގެ އެކިއެކި އުކުޅުތަކެވެ. އެ މަސައްކަތް ކުރަމުން ދަނީ ފްލޮރިޑާގެ ނެޝަނަލް ގާޑުންނެވެ. މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ވަނީ ޖަރުމަނުގައި ޔޫކްރޭން ސިފައިންނަށް ތަމްރީނުދޭ ވާހަކަ ހާމަކޮށްފައެވެ. އަދި އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ބޭނުންކުރާނެ ގޮތް ދަސްކޮށް ދެމުންދާކަމަށް […]

ހުކުރު ދުވަހު މިސްކިތުގައި ގޮއްވާލި ބޮން: 66 މީހުން ޝަހީދުވެއްޖެ

ހުކުރު ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން ޝަހީދުވީ މީހުންގެ އަދަދު  66 އަށް އަރައިފިއެވެ. ކާބުލްގެ ޚަލީފާ ޞާޙަބް މިސްކިތުގައި ދީފައި ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެކެވެ. އެ ހާދިސާގައި 66 މީހުން ޝަހީދުވެފައި ވާއިރު 78 މީހުން ޒަޚަމުވެފައި ވެއެވެ. މަންޒަރުދުށް މީހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ބޮން ގޮއްވާލާފައި ވަނީ ހުކުރު ނަމާދުކޮށް ނިމުނުތާ ދެގަޑިއެއްހާ އިރު ފަހުންނެވެ. އެ ވަގުތުގައިވެސް މިސްކިތުގައި ގިނަ އަދަދެއްގެ މީހުން […]

އިންޑިޔާގެ ދީނީ މިނިވަންކަން ބޮޑުތަނުން ގޯސްވެއްޖެ –އެމެރިކާ

ހިންދޫން ޤައުމީ ބީޖޭޕީގެ ސަރުކާރު އައިފަހުން އިންޑިޔާގައި އޮންނަ ދީނީ މިނިވަންކަން ވަރަށް ބޮޑުތަނުން ދަށްވެއްޖެ ނުރައްކަލުގެ ތެރެއަށް ގެބިއްޖެކަމުގައި އެމެރިކާއިން މިދިޔަ ހޯމަ ދުވަހު ބުނެފިއެވެ. ”ވަކިކަހަލަ ކަންބޮޑުވުން ތަކެއް ހިމެނޭ ޤައުމުތަކުގެ“ ލިސްޓަށް އިންޑިޔާ ލުމަށް އެމެރިކާގެ ކޮމިޝަނުން ގޮވާލަމުން ދާތާ މިއީ ތިންވަނަ އަހަރެވެ. މި ގޮވާލުމަށް އިންޑިޔާގެ ނިއު ދެއްލީއިން ނުރުހުން ފާޅުކުރެއެވެ. އެހެންކަމުން ސްޓޭޓް ޑިޕާޓްމަންޓުން މި ރިކޮމެންޑޭޝަން އަނެއްކާވެސް ބީރުކަންފަތެއް ދިނުން ވަރަށް ގާތެވެ. ކަންބޮޑު ވާންޖެހޭ ފަދަ […]

އިންޑިއާގެ މިލިޓަރީ ދެނެއް ދިވެހިރާއްޖެއިން ނުފައިބާނެއެވެ.

ލޮބުވެރި ދިވެހި ރައްޔިތުންނޭވެ ދެރަކަމުގަ ކޮޅެއްނެތެވެ. އިންޑިއާ މީހުން ދެނެއް ދިވެހިރާއްޖެއިން ނުފައިބާނެއެވެ. ގަބޫލު ކުރަށްވާށެވެ. ދެން އެކަން ކުރެވޭނީ ރައްޔިތުން އެންމެން އެކުގައި ނުކުމެ އެކަން ކުރި ދުވަހަކުންނެވެ. އިންޑިއާގެ ގަދީމީ ވިސްނުމުގެ ޕުރޮޓޮކޯލްތަކުގައި އޮންނަ ގޮތުން ބޮޑުއިންޑިއާ، އާދެ! އަކަންޑު ބަހާރަތުގައި ދިވެހިރާއްޖޭގެ ބިންތަކާއި ކަނޑާއި ޖައްވު ހިމެނެއެވެ. ރާއްޖެ މިހާރު ހަދާފައި މިއޮތީ މަލިކުއަތޮޅު ފަދައިންނެވެ. އެމީހުންގެ އިދާރީބާރު ހިނގާ ޗާޓުގެ ބައެކަށެވެ. އެހެން ވުމުގެ އަސްލަކީ ދިވެހި ދައުލަތް ފަސް އަހަރުދުވަހުގެ […]

މޭރީއަށް އެއްވެސް ކަހަލަ އަނިޔާއެއް ނުދެން – މާވިން

އައިޖީއެމްއެޗް ގެ ހީމޯ ޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނަރުސް، މޭރީ އަށް އެއްވެސް ކަހަލަ އަނިޔާއެއް ދުވަހަކުވެސް ދީފައި ނުވާނެކަމަށް އޭނާގެ ފިރިމީހާ މާވިން ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމެއްގެ ތެރެއިންނެވެ. މި މައްސަލަ އާއި ގުޅިގެން އިއްޔެ ބާއްވާފައިވާ އަޑުއެހުމަކީ ދައުވާ އިއްވުމާއި ޖަވާބުދާރީ ވުމަށް ބޭއްވި އަޑު އެހުމެކެވެ. އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފެންމަތިވި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި […]

ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާ އުމުރުން 119 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާ އަދި އެންމެ މުސްކުޅި އަންހެންމީހާގެ ޝަރަފުވެސް ހޯދާފައިވާ ޖަޕާނުގެ ކަނޭ ޓަނަކަ އުމުރުން 119 އަހަރުގައި މަރުވެއްޖެއެވެ. ޖެނުއަރީ 2، 1903 ގައި އުފަންވި ޓަނަކަ މި އޭޕްރީލް މަހުގެ 19 ވަނަ ދުވަހު މަރުވިކަން އެނގުނީ ޖަޕާނުގެ މިނިސްޓްރީ އޮފް ހެލްތު، ލޭބަރ އެންޑް ވެލްފެއާރއިން ރޭ ބަޔާނެއް ނެރުމުންނެވެ. ދުނިޔޭގައި ދިރިހުރި އެންމެ މުސްކުޅި މީހާ މަރުވި ޚަބަރު ލިބުމުން މުޅި ދުނިޔެއަށް ކުއްލި ސިހުމަކާއި ހައިރާންކަމެއް […]

މީހަކަށް ވަޒީފާ ހޯދައިދޭން އެދި ސަރުކާރުގެ އިސް ވެރިޔަކަށް އިންތި ކޮށްފައިވާ މެސެޖްތަކެއް އާންމުވެއްޖެ

ވަކި މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިއަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ފޮނުއްވެވި މެސެޖްތަކެއް އާންމުވެއްޖެ އެވެ.   މީހަކަށް ވަޒީފާ ހޯދައިދޭން އެދި އިންތި ކޮށްފައިވާ މެސެޖްތަކެއް އާންމުވެފައި މިވަނީ ވަކި މީހަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރި މީހެއް ނޫންކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް އަމާޒުވެފައި ވަނިކޮށެވެ. އާންމުވެފައިވާ މެސެޖްތައް ކޮށްފައިވަނީ އައްޑޫ […]

ތުއްތުކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ށ. ކަނޑިތީމުގައި އެއް އަހަރުގެ ތުއްތު ފިރިހެން ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެ ކުއްޖާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ފުލުހުން ބުނީ ކަނޑިތީމުއި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމުގެ ރިޕޯޓެއް މިއަދު އިރުއޮއްސި 6:30 ގައި ލިބިފައިވާ ކަމަށެވެ. އަދި އެ ތުއްތު ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ތުއްތުކުއްޖާ މަރުވެފައިވަނީ ގެބިގެންނެވެ. އަދި އެކުއްޖާ ފެނުމާއެކު ރަށު ސިއްޚި މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް އޭގެ […]

އިންތި ވަކި މީހަކަށް ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ހޫނުފެނަށް

އިންތި ވަކި މީހަކަށް ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ހޫނުފެނަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވަކި މީހަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރި މީހެއް ނޫންކަމށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް އަމާޒުވެއްޖެއެވެ. ސަރުކާރުން ވަޒީފާ ހޯދަން އޭނާ އެދިވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެ އިންތި ވާހަކަފުޅު ދައްކަވާފައިވަނީ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެންޕޭން […]

ލަންކާގެ މުޒާހަރާ: ރައީސާއި ބޮޑު ވަޒީރަށް އިސްތިއުފާ ދެއްވަން މަޖުބޫރު ވަނީ

ސްރީލަންކާގައި ހުރަހަށާއި ދިގަށް މެދުކެނޑުމެއްނެތި ކުރަމުންދާ ބޮޑެތި މުޒާހަރާތަކުގެ ޕްރެޝަރުން ސަލާމަތްވެ ވަޑައިގަތުމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުން މިހާތަނަށް އެޅުއްވި އެއްވެސް ފިޔަވަޅަކުން މުޒާހަރާތައް މައިތިރި ކުރެވޭ ގޮތެއްނުވިއެވެ. ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަންފެށި މުޒާހަރާތަކާ ގުޅިގެން މުޅި ކެބިނެޓު އިސްތިއުފާދީ ރައީސްގެ އާއިލާގެ ބޭފުޅުންނާއި ތިމާގެފުޅު ބޭފުޅުން މަގާމުން ދުރަށް ޖެހިވަޑައިގަތަސް އަދި އައު ކެބިނެޓެއް އުފައްދައި ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދިޔަކަމަށްވިޔަސް މުޒާހަރާތަކަށް ނިމުމެއް ނުގެނެވުނެވެ. ކެބިނެޓު އުވާލައްވައި […]