ހުކުރު ދުވަހު މިސްކިތުގައި ގޮއްވާލި ބޮން: 66 މީހުން ޝަހީދުވެއްޖެ

Loading

Facebook
Twitter
WhatsApp

ހުކުރު ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން ޝަހީދުވީ މީހުންގެ އަދަދު  66 އަށް އަރައިފިއެވެ.

ކާބުލްގެ ޚަލީފާ ޞާޙަބް މިސްކިތުގައި ދީފައި ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެކެވެ. އެ ހާދިސާގައި 66 މީހުން ޝަހީދުވެފައި ވާއިރު 78 މީހުން ޒަޚަމުވެފައި ވެއެވެ.

މަންޒަރުދުށް މީހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ބޮން ގޮއްވާލާފައި ވަނީ ހުކުރު ނަމާދުކޮށް ނިމުނުތާ ދެގަޑިއެއްހާ އިރު ފަހުންނެވެ. އެ ވަގުތުގައިވެސް މިސްކިތުގައި ގިނަ އަދަދެއްގެ މީހުން ތިއްބެވެ. އަދި އެންމެން ތިބީ އަޅުކަމުގައެވެ.

ބޮންގޮއްވާލުމުގެ ހާދިސާގެ ޒިއްމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް ޠާލިބާންގެ ސަރުކާރުން ވަނީ އެހާދިސާ ހިންގި މީހުން ހޯދައި އެމީހުންނަށް ހައްގު އަދަބު ދޭނޭކަމަށް ބުނެފައެވެ.

ޠާލިބާނުން އަފުޣާނިސްތާނުގެ ވެރިކަމާ ހަވާލުވީފަހުން އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ބޮމުގެ ހަމަލާތައް ދީ ވަރަށް ގިނަ ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ. އަދި ހުކުރު ދުވަހުގެ ހުކުރު ނަމަދާ ދިމާކޮށް ބޮމުގެ ހަމަލާދީ ނަމާދަށް ގޮސްތިބޭ މީހުން ދަނީ ޝަހީދު ކުރަމުންނެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް