އިންޑިއާގެ މިލިޓަރީ ދެނެއް ދިވެހިރާއްޖެއިން ނުފައިބާނެއެވެ.

Loading

Facebook
Twitter
WhatsApp

ލޮބުވެރި ދިވެހި ރައްޔިތުންނޭވެ ދެރަކަމުގަ ކޮޅެއްނެތެވެ. އިންޑިއާ މީހުން ދެނެއް ދިވެހިރާއްޖެއިން ނުފައިބާނެއެވެ. ގަބޫލު ކުރަށްވާށެވެ. ދެން އެކަން ކުރެވޭނީ ރައްޔިތުން އެންމެން އެކުގައި ނުކުމެ އެކަން ކުރި ދުވަހަކުންނެވެ.

އިންޑިއާގެ ގަދީމީ ވިސްނުމުގެ ޕުރޮޓޮކޯލްތަކުގައި އޮންނަ ގޮތުން ބޮޑުއިންޑިއާ، އާދެ! އަކަންޑު ބަހާރަތުގައި ދިވެހިރާއްޖޭގެ ބިންތަކާއި ކަނޑާއި ޖައްވު ހިމެނެއެވެ. ރާއްޖެ މިހާރު ހަދާފައި މިއޮތީ މަލިކުއަތޮޅު ފަދައިންނެވެ.

އެމީހުންގެ އިދާރީބާރު ހިނގާ ޗާޓުގެ ބައެކަށެވެ. އެހެން ވުމުގެ އަސްލަކީ ދިވެހި ދައުލަތް ފަސް އަހަރުދުވަހުގެ މުއްދަތަކަށް ހިންގުމަށް މިހާރުގެ ކޯލިޝަންގެ ބައިވެރިން މެނިފެސްޓޯއެއް ރައްޔަތުންނަށް ހުށަހަޅާއި އޭގައިބުނެފައިވާގޮތަށް ދައުލަތް ހިންގުމަށް މާތްﷲ ގަންދީ ހުވާކޮށް ސަރުކާރާއެއް އެކުލަވާލުމަށްފަހު ގައުމާއި ރައްޔަތުނަށް ގައްދާރުވުމުގެ ސަބަބުންނެވެ.

އެހެނީ ގާނޫނީ ވެރިކަމެއް ކޮށްދޭން ހުވާކޮށް ވަޒީފާއާއި ޙަވާލުުވުމަށްފަހު އަވަސްވެގަތީ ދިވެހިންގެ ފަސްޓްޕޮލިސީ ހިންގުމުގެ ބަދަލުގައި އިންޑިއާ ފަރސްޓް ޕޮލިސީ ތަންފީޒުކުރުމަށެވެ. ނަތީޖާއަކީ ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ދިއުމެވެ.

މިހާރު ދިވެހިރާއްޖެ އަކީ އެމީހުންގެ އަސްކަރަިއްޔާއިން ބަލަހައްޓައި އެމީހުންގެ ސިޔާދަތު އިދާރީގޮތުން ހިންގާތަނެކެވެ. މޯދީއަށް ފަހު ހިންދުތުވާ އިންޑިއާގެ ވެރިކަމަށް ބީޖޭޕީން އަންނާނީ ހަރިކަރި ޔޯގީ އަދިޔަތިނާތެވެ. މީނާއަކީ ރަސްމީކޮށް އެކަން އިއުލާނު ކުރާނެ ބޮޑުވަޒީރު ކަމާއިމެދު ޝައްކެއް ނުކުރަމެވެ.

އޭރުން ރަސްމީކޮށް ދިވެހިރާއްޖެ އިންޑިއާގެ ޗާޓަށް ލެވުނީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

އެނޫންގޮތެއް ފެންނާނީ އެންމެހާ ރައްޔިތުން ނިކުމެ، #އިންޑިއާއައުޓު ކުރުމަށް ބާރުދީ، މިހާރު މިއޮތް ނުރައްކާތެރި އަޅުވެތި ޙާލަތު، ރައްޔަތުންނަށް ގާނޫނުން ލިބިދޭބާރުގެ ބޭނުންކޮށް ބަދަލުކޮށްގެނެވެ.

Loading

4 Responses

  1. ރައްޔަތުންގެ ބޮދު ބަޔަކު ގައުމުދެކެ ލޯބިވާނޭކަން ކަށަވަރެވެ. ވީމާ ޔަގީނުންވެސް ސްކިމް އަށް ހެދިހެން އިންޑިއާއަކަށް ރާއްޖެ އެނެކްސް އެއް ނުކުރެވޭނެއެވެ. އިންޑިއާގެ ސްޓޭޓަކަށް އަހަރަކު ޚަރަދު ކުރާވަރަށް 2023ގެ އިލެކްޝަން ވިކާޝް މެނަށް ނުވަތަ ނަޝީދަށް ދޭން އިންޑިއާއިން ޚަރަދު ކުރިޔަސް ދިވެހިންނަކީ ދިވެހިރާއްޖެ ދެކެ ލޯބިވާ ބައެކެވެ. ދޭހާ ފައިސާއެއް ނަގައިފަވެސް މެޖޯރެޓީ ދެނެއް އެންޖެންޑާ19ގެ ކެހިވެރިކަމުގައެއް ނުޖެހޭނެއެވެ. އަދި އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގެންދިޔަ އެންމެން ޒިނަމާދާރު ކުރުވާނެއެވެ. އިންޝާﷲ.

  2. އަބަދު އަބަދު އެކައްޗެކޭ ކިޔަންޏާ އެއީ ލަވައަކަށްވިޔަސް ނުވަތަ ތަގްރީރަކަށް ވިއަސް އެންމެންގެ ހިތުގައިވެސް އެ އެއްޗެއް ތަކުރާރު ކުރެވެން ފަށާނެއެވެ. ހިތުން ފިލުވާލުން އުނދަގޫ ވާނެއެވެ. އޭރުން އޭތި ދުއާއަކަށްވެސް ވެދާނެއެވެ. މިއަށްވުރެން ރަނގަޅުގޮތަކަށް މިވާހަކަ ދައްކަން ހަމަ ނޭންގެނީ ހެއްޔެވެ …..ނޫނީ މިކަމުގައިވެސް ފޮރުވައިގެން އުޅޭ އެޖެންޑާއެއް އޮތީ ހެއްޔެވެ ؟ މިހެން މިބުނަނީ މީގެ ވިއްސަކަށް އަހަރުގެ ކުރިން މާމޮޅު ޑިމޮކްރެސީއަކާއި ޕާރޓީ ސިސްޓަމެއްގެ ވާހަކައަށް ބައެއް ނޫސްތަކުގައި ވާރޭ ދުނީގެ ހުރިހާ ކުލައެއް ޖައްސަމުންގެންދިޔައެވެ. އެކަމަކު ވެހެން ފެށީ ވާރޭގެ ބަދަލުގައި އަލިފާނެވެ. މުޅި ގައުމު ޑިމޮކްރެސީއާއި ޕާރޓީ ސިސްޓަމްގެ އަލިފާނުގައި އަނދާ ހުލިވަނީއެވެ.

    1. މުޅިޔަކުން ދޮގެއްނޫން. އެހެނަސް އަތަށްގޮވި ޑިމޮކްރެސީއާއި އިންޑިޔާގެ މިލިޓަރީ ރާއްޖެއަށް ގާނޫނާއި ޚިލާފަށް ގެނެސް އިންދުމާއި އަދި އެމީހުން ތިބުމާއި އެތިބޭ ޚަރަދު ބަރަދުވެސް ދިވެހިންގެ ޓެކްސް ފައިސާއިން ދިނުމާއި މިއީ މުޅިން ނުރައްކާ ތަފާތު ދެކަމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް