އަގުސާ މިސްކިތް ޝަހީދުކޮށްލާއި ތިންވަނަޓެމްޕަލް ވުޖޫދުކުރުމުގެ ހަނގުރާމަ 

ދުނިޔޭގެ ބާރުކަމަށް ދައުވާ ކުރާ އަނދިރި ދައުލަތުން ގެންނަން އުޅޭ އެމީހުންގެ ލީޑަރު، މަސީޙުއްދައްޖާލު ގެނައުމަށް އަގުސާމިސްކިތް ޝަހީދުކޮށްލާއި ތާޑުޓެމްޕަލް ބިނާކުރުމުގެ މަސައްކަތް ތާޒާކޮށް އެވަނީ ފައްޓާފައެވެ. މިދިޔައަހަރު ޒައަނިސްޓުން މެދުވެރިކޮށް ފެށި މި ހަނގުރާމަ ލަސްކޮށްލީ، މިހާރު އެމެރިކާ ގުޅިގެން ކުޅެފައިވާ ކުޅިތަކަށް ބުރަވެ ބުނެވެން އޮތީ އެއީ ޕާކިސްތާނުހަމައަކަށް އަޅުވާއި ރަޝިޔާ ޔުކުރޭނުގައި ތާށިކޮށް، އަދި ޗައިނާ ޓައިވާނުގައި ތާށިކޮށް ލުމަށްފަހު އަލުން އެކަން ފެށުމަށް ނިޔަތް ގަނެގެންކަމަށެވެ. އިޒުރޭލުގެ ޒައެނިސްޓު ދައުލަތުން އެހިންގަމުންގެންދާ ޢުދުވާނަކީ މިކަމުގެ ވަރުގަދަ ދަލީލެކެވެ. އަދި […]

ޤައުމު މިދާ މިސްރާބު ނިކަން ދެކެބަލާށެވެ! 

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. ކުޑަހިނދުކޮޅަކަށް މަޑުކޮށްލާ ވިސްނާލައި ބަލާށެވެ. ދިވެހި ޤައުމު މިދަތުރުކުރާ މިސްރާބު ނިކަން ދެކި ވިސްނާ ފިކުރުކޮށްލަން ކުޑަނަމަވެސް އިރުކޮޅެއް ދެއްވާށެވެ. ﷲ ތަޢާލާ ނުފުއްސަވާނެ ފާފަ، ޝިކުރު މި ބިންމަތީ ފެތުރުމަށް، ގައުމިއްޔަތު ބަދަލުކުރުމަށް ހުވާކޮށްގެތިބި ބަޔަކު ވަސްވާސްއާއި ވަހުމްތައް އުފަށްދައި އެކި ވިސްނުން ފާކޮށްދީ އެކިކަހަލަ ހަރަކާތްތައް މިވަނީ މެކުހަށް ޖައްސުވައިފައެވެ. ދީނީ މަދު ޢިލްމުވަރީންވެސް ބައިވެރިކުރުވައިގެން ދީނުގެ ޙިމާޔަތުގައި، ރައްޔަތުންނަށްޓަކައި އަދި ގައުމަށްޓަކައި ވެރިކަން ކުރުމަށް ވަޢުދުވެ ވެރިކަމަށް އިސްވެތިބެ، ﷲ ގެ ދީނަށް ފާޅުގައި ގޮން ޖަހާ ރިޕޯޓް ނެރެ ޅަޖީލުތައް ހަލާކުކޮށްލުމަށް މަސައްކަތް […]

ލިވާތުކުރުން ޢާންމުވުމާއި އެ ފާޙިޝުޢަމަލު ދިފާއުކޮށް ބޮޑުންގެ ބަޔަކު ބިރެއްނެތި ވާހަކަދެއްކުން! 

އެއްޖިންސުން ގުޅުން (ލިވާތުކުރުން) ހިންގާ މައްސަލަތަކަކީ އެއްގޮތަކަށް ވެސް ސިއްރުކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ ދުނިޔެވީ ވަރަށް ނުބައި ވަހުޝަތެއް ފަހަތުގައި އޮވެގެން ބަޔަކު ރާވައިގެން ގަސްދުގައި ހިންގަމުންދާ މުޑުދާރު އަމަލެކެވެ. އަދި އެނުބައި ޢަމަލު ޢާންމުކުރުމަށް LGBT ގެ ނަމުން ނަންލިބިގަނެ އިސްލާމީ މި ދިވެހިރާއްޖޭގައި އެކަން އަށަގަނުވުމަށް ބޭރުގެ އެފަދަ ފާޙިޝު ފަރާތްތަކާއި ގުޅިގެން ހިންގަމުން އަންނަކަމީ ދައުލަތަކަށް ސިއްރެއްވެސް ނޫނެވެ.  ސުވާލަކީ މި އިސްލާމީ ދައުލަތް ހިންގުމާއި މާތްﷲ ގަންދީ ވެރިކަމުގެ ހުވާކޮށްގެން ތިބި ސަރުކާރަށް، އެއްޖިންސުން ގުޅުންހިންގާ ލިވާތުކޮށް […]

އިންޑިއާގެ މިލިޓަރީ ދެނެއް ދިވެހިރާއްޖެއިން ނުފައިބާނެއެވެ.

ލޮބުވެރި ދިވެހި ރައްޔިތުންނޭވެ ދެރަކަމުގަ ކޮޅެއްނެތެވެ. އިންޑިއާ މީހުން ދެނެއް ދިވެހިރާއްޖެއިން ނުފައިބާނެއެވެ. ގަބޫލު ކުރަށްވާށެވެ. ދެން އެކަން ކުރެވޭނީ ރައްޔިތުން އެންމެން އެކުގައި ނުކުމެ އެކަން ކުރި ދުވަހަކުންނެވެ. އިންޑިއާގެ ގަދީމީ ވިސްނުމުގެ ޕުރޮޓޮކޯލްތަކުގައި އޮންނަ ގޮތުން ބޮޑުއިންޑިއާ، އާދެ! އަކަންޑު ބަހާރަތުގައި ދިވެހިރާއްޖޭގެ ބިންތަކާއި ކަނޑާއި ޖައްވު ހިމެނެއެވެ. ރާއްޖެ މިހާރު ހަދާފައި މިއޮތީ މަލިކުއަތޮޅު ފަދައިންނެވެ. އެމީހުންގެ އިދާރީބާރު ހިނގާ ޗާޓުގެ ބައެކަށެވެ. އެހެން ވުމުގެ އަސްލަކީ ދިވެހި ދައުލަތް ފަސް އަހަރުދުވަހުގެ […]

ޕާކިސްތާނުގެ ވެރިކަން ބަދަލުކޮށްލުން

ޕާކިސްތާނުގެ ވެރިކަން ބަދަލުކޮށް ލުމަކީ މީގެ ސާޅީސް އަހަރުކުރިން އެމެރިކާގައި ރާވާފައި އޮތް ސިއްރު އެޖެންޑާއެއްގެ ދަށުން ތަންފީޒު ކުރެވިގެން ދިޔަ ނުބައި ރޭވުމެއްގެ އަމަލެކެވެ. އެއީ އޭޝިއާގައި ތިބެގެން ވީހާ ގާތުން ޗައިނާއަށް ފާރަލާއި ޗައިނާގެ ކުރިއެރުންތައް ހުއްޓުވޭނެ ހުރިހާ ގޮތެއް ހެދުމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަޅަކަށް ހެދީ ޕާކިސްތާނަކީ އެމީހުންގެ އެންމެގާތް ބައިވެރިޔާ ކަމުގައި ހަދައި އެއަށް ފަހު ޕާކިސްތާނު ބޭނުން ކޮށްގެން އަފުޣަނިސްތާނަށް އެރުމެވެ. އެކަން އެގޮތަށް ތަންފީޒު ކުރަމުން ކުރިޔަށް ދަނިކޮށް […]

އިންޑިއާއައުޓު ކުރުމުގެ ޖިހާދަކީ ކުރަންޖެހޭ ޖިހާދެކެވެ!

މެދުއިރުމައްޗަށް އެމެރިކާއިން ގެނައި ރަބީއުމޫސުމަށް ފަހު، އޭޝިއާ ގައުމުތަކަށް ސިޔާސީގަނޫރޯޅިއެއް ސިފައިގައި ގެންނަމުން މިދަނީ ނުވިސްނައި ތިބެގެން ވާނެ ޚަރާބުކުރުމުގެ މޫސުމެއް ނޫނެވެ. އަޅުވެތިކަމުގެ އެންމެ ބޮޑު ފަސާދައެވެ. ހަންފެތުރުމުގެ ސިޔާސަތެވެ. ދިވެހިރާއްޖެއަށް ވަނީ އެފަސާދަ އަރާފައެވެ. އަބަދު ވެސް ރާއްޖެއަކީ ކުޑަގައުމަކަށް ވާތީ، އެފަދަ ތަޖުރިބާ ކުރަން ފަށަނީ ރާއްޖެއިންނެވެ. މެދުއިރުމައްޗަށް ރަބީއު ގެނައުމަށް ކުރީ ތަޖުރިބާ އަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ގެނައުމެވެ. މިފަހަރުގެ ރަބީއަކީ ޗައިނާ އާއި ރަޝިއާ އިން ގެންގުޅޭ […]