އަގުސާ މިސްކިތް ޝަހީދުކޮށްލާއި ތިންވަނަޓެމްޕަލް ވުޖޫދުކުރުމުގެ ހަނގުރާމަ 

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ބާރުކަމަށް ދައުވާ ކުރާ އަނދިރި ދައުލަތުން ގެންނަން އުޅޭ އެމީހުންގެ ލީޑަރު، މަސީޙުއްދައްޖާލު ގެނައުމަށް އަގުސާމިސްކިތް ޝަހީދުކޮށްލާއި ތާޑުޓެމްޕަލް ބިނާކުރުމުގެ މަސައްކަތް ތާޒާކޮށް އެވަނީ ފައްޓާފައެވެ.

މިދިޔައަހަރު ޒައަނިސްޓުން މެދުވެރިކޮށް ފެށި މި ހަނގުރާމަ ލަސްކޮށްލީ، މިހާރު އެމެރިކާ ގުޅިގެން ކުޅެފައިވާ ކުޅިތަކަށް ބުރަވެ ބުނެވެން އޮތީ އެއީ ޕާކިސްތާނުހަމައަކަށް އަޅުވާއި ރަޝިޔާ ޔުކުރޭނުގައި ތާށިކޮށް، އަދި ޗައިނާ ޓައިވާނުގައި ތާށިކޮށް ލުމަށްފަހު އަލުން އެކަން ފެށުމަށް ނިޔަތް ގަނެގެންކަމަށެވެ. އިޒުރޭލުގެ ޒައެނިސްޓު ދައުލަތުން އެހިންގަމުންގެންދާ ޢުދުވާނަކީ މިކަމުގެ ވަރުގަދަ ދަލީލެކެވެ. އަދި އެމީހުން ހުއްޓުވުމަށް ރަޝީޔާއަށް ޔޫކުރޭންގެ މައްސަލައިގަ އެޅަމުންގެންދާ ދަތިކުރުމުގެ ފިޔަވަޅެއްގެ ބައިކުޅަބައިވެސް ނާޅާކަމީ އެޖަރީމާތަކުގައި އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކުން ބައިވެރިވާކަމުގެ ހެއްކެވެ.

އޭރު ޕާކިސްތާނު އޮތީ އިމްރާންޚާނުގެ ވަރުގަދަ ސިޔާދަތުގެ ދަށުގައި ކަމުންނާއި އަރަބި މުސްލިމް ދައުލަތްތައް ޕާކިސްތާނުގެ އިސްނެގުމުގެ ދަށުން ”އޯއައިސީ“ މެދުވެރިވެ ހަރަކާތްތެރި ވުމާއި ރަޝިޔާއިން ސޫރިޔާގައި ތިބޭ އެމީހުންގެ ފައުޖުގެ ބޭނުން ހިފާފާނެތީއާއި ޗައިނާއިން އަގުސާމިސްކިތް ތަޅާލުމާ ދެކޮޅުކަން ހާމަކުރުމުން، މިދިޔަ އަހަރު ފެށި ހަނގުރާމަ ފަސް ޖައްސާލީ އާރޭވުމެއްގެ ދަށުންކަން އެނގިގެން ހިގައްޖެއެވެ.

އާދޭ! ޔުކުރޭން އާއި ޓައިވާން ހަނގުރާމަ، އަދި ޕާކިސްތާނު ބޯޑަރުގައި އިންޑިއާ ސިފައިން ރުކުވާލާއި އަގުސާމިސްކިތް ޝަހީދުކޮށްލާއި އިސްރާއީލީ ދައުލަތް ފުޅާކޮށް ބޮޑު ކުރުމުގެ ހަނގުރާމަ މިހާރު އެވަނީ އަލުން ފަށާފައެވެ.

މުސްލިމް ދައުލަތްތަކުން ފަލަސްތީނު މީހުންގެ ހައްގުގައި އަޑުއުފުލުމެއް ނެތި އަދި ތިބީ މަޑުންނެވެ. އަހުރެމެން މުސްލިމް ދިވެހިރާއްޖެ ވަނީ، އިންޑިއާކުޑައިގެ ހިޔާގެ ދަށުގައި އޮތް ދައުލަކަށް، މިހުވަރީ އެއްބަސްވުން ތަކަކުން ހަދާފައެވެ. މިފަދަ އެއްބަސްވުންތަކަކީ މިދެގައުމަކީވެސް އެއްބަޔަކަށް ހަދާއި ބަނދެވިފައި ބޭއްވުމެވެ. އީރާން ފިޔަވައި ފާޅުގައި ފަލަސްތީނަށް ހުރިހާގޮތަކުން އެނހީވާނެމޭ ބުނަންކެރުނު އިސްލާމީގައުމެއް ނެތުމަކީ ދެރަވަރުކަމެކެވެ. އިސްލާމުންގެ ބާރާއި ފަންވަރު މިއަދު އޮތް ޙާލަތު ވަރަށް ސާފެވެ.

އޭ! ލޮބުވެތި ރައްޔިތުންނޭވެ!

#ދިވެހިތަކުރުން ނޭވެ! ތެދުވާށެވެ! އިންޑިއާގެ ކުޑައިގެދަށުން ދިވެހިން ނުކުމެ، #ހަގީގީމިނިވަންކަން އަނބުރާ ހޯދުމުގެ ހިތްވަރު އާލާކޮށް ދިރުވާށެވެ. ފުރިހަމަ ސިޔާދަތާއި މިނިވަންކަން އޮންނަ މުސްތަގިއްލު ދައުލަތެއް ގޮތުގައި މިދިވެހި ދައުލަތް،ތާއަބަދަށް ދެމިއޮތުމަށެވެ!

                         ދިވެހިރާއްޖެ….ދިރިދެމިއޮންނާނެ!!

Loading

One Response

  1. އިލްޔާސްގެ ލިޔުންތެރިކަން އަބަދުވެސް ވަރަށް ބެސްޓެވެ. ދަންނަވަން ޖެހެނީ ދެރަކަމަކީ މިހާރު ދިވެހި ތަކުރުންނެއް ނެތްކަމެވެ. ނުވަތަ ވަރަށް މަދުކަމުގެއެވެ. ގިނައީ ހަކުރު ދެންޏާ ބޮޑުބޭބެއިންނެވެ. އެހެޔޮ އެހެންމީހަކު އަތުން ވަގަށް ނަގާފަ ދޭ ހަކުރަކަށް ވިޔަސް. ވީމާ ވަރަށް ސްލޯކޮށް ދެން މިނިވަނަކަން ދާނީ. ޚިޔާލަކި ތަފާތުއެއްޗެކެވެ. މިއީ އަފުންގެ ޚިޔާލެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް