ޤައުމު މިދާ މިސްރާބު ނިކަން ދެކެބަލާށެވެ! 

Loading

Facebook
Twitter
WhatsApp

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. ކުޑަހިނދުކޮޅަކަށް މަޑުކޮށްލާ ވިސްނާލައި ބަލާށެވެ. ދިވެހި ޤައުމު މިދަތުރުކުރާ މިސްރާބު ނިކަން ދެކި ވިސްނާ ފިކުރުކޮށްލަން ކުޑަނަމަވެސް އިރުކޮޅެއް ދެއްވާށެވެ. ﷲ ތަޢާލާ ނުފުއްސަވާނެ ފާފަ، ޝިކުރު މި ބިންމަތީ ފެތުރުމަށް، ގައުމިއްޔަތު ބަދަލުކުރުމަށް ހުވާކޮށްގެތިބި ބަޔަކު ވަސްވާސްއާއި ވަހުމްތައް އުފަށްދައި އެކި ވިސްނުން ފާކޮށްދީ އެކިކަހަލަ ހަރަކާތްތައް މިވަނީ މެކުހަށް ޖައްސުވައިފައެވެ.

ދީނީ މަދު ޢިލްމުވަރީންވެސް ބައިވެރިކުރުވައިގެން ދީނުގެ ޙިމާޔަތުގައި، ރައްޔަތުންނަށްޓަކައި އަދި ގައުމަށްޓަކައި ވެރިކަން ކުރުމަށް ވަޢުދުވެ ވެރިކަމަށް އިސްވެތިބެ، ﷲ ގެ ދީނަށް ފާޅުގައި ގޮން ޖަހާ ރިޕޯޓް ނެރެ ޅަޖީލުތައް ހަލާކުކޮށްލުމަށް މަސައްކަތް ކޮށްފިއެވެ. އަދި އެއްޖިންސުން ގުޅުން ހިންގުން ޢާންމުކޮށް، ރަސޫލާއަށް ހަޖޫޖަހައި ދީނަށް ފުރައްސާރަކޮސްފިއެވެ. ގުރުއާނަކީ ރަސޫލު މުޙައްމަދުގެ ފާނުން ލިޔުއްވިފޮތެއްކަމަށްވެސް ބުނެ ހަޖުލަކަށް ހަދައިފިއެވެ. އެފަދަ މީހުންނާއި މެދު ފިޔަވަޅެއް އެޅޭތަނެއް ނުފެނެއެވެ. މިފަދަ ޢަމަލު ހިންގާ މީހުން ދިވެހި މުޖުތަމަޢުގެ ތެރޭގައި ގިނަކޮށް މިފަދަ ކަންކަމީ އެމީހާއަށް ލިބިގެންވާ މިނިވަންކަމެއް ކަމެއްކަމުގައި ގަބޫލު ކޮށްފި ކަހަލައެވެ.

އޭގެ ހިތި ނަތީޖާއެއްގެ ގޮތުން  މިއަދު ފެނިގެންދަނީ މުސްލިމު މައިންބަފައިންނަށް ލިބިފައިވާ ދަރީން، އިސްލާމްދީން ދޫކޮށް މުރުދައްތު ވަމުންދާ ތަނެވެ. ބިރެއްނެތި ޔޮޓުތަކުގައި ގައުމުގެ އެންމެ މަތީވެރީންވެސް ބިރެއްނެތި މަޖާކުރާތަނާއި ގުރުއާނާއި ސުންނަތްނޫން އެހެން ގޮތެއްގެ މައްޗަށްބިނާކޮށް ދިވެހި އިސްލާމީ މުޖުތަމައަށް ކުރިއެރުމާއި ކަންކަމުގެ ޙައްލުހޯދައި ދިނުމަށް 

ނަބިއްޔާ ﷺ އަށް ފާޅުގައި ފުރައްސާރަ ކޮށްފިއެވެ.

ދީނުގެ ހައްދުތަކާއި އިސްލާމީ ޝަރީޢަތާއި ދެކޮޅަށް ވަކާލާތު ކުރާ ޖަމިއްޔާތައް ސަރުކާރުގެ ހުއްދައިގެ ދަށުން މަސައްކަތް ކޮށް ބޭރުން އެފަދަ ކަންކަން ކުރިއަރުވަންފައިސާ ހޯދާ އެފައިސާތައް ދިވެހިރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ލާދީނި މިފަދަ ބައިގަނޑައް ލިބިދީ އެފަދަ ލާދީނީ ޕްރޮގްރާމްތައް ހިންގުމުގެ ތެރެއިން ވޯކްޝޮޕްތަކާއި ސެމިނަރތައް ފައުޅުގައި ހިންގާ ރައްޔިތުން މަގުފުރެއްފުމަށް މަސައްކަތް ކުރަމުން ގެންދަނީއެވެ.

އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށާއި ޒިނޭކުރުން ހުއްދަ ކުރުމަށް ފާޅުގައި މަސައްކަތް ކޮށްފިއެވެ. އެހެން އެކަން ކުރާކަމަށް ބުނެވެނީ އެފަދަ މީހުން ވަގުތުން މުޖުތަމަޢުން އެކަހަށި ނުކުރެވި ހަމަ ކޯޓް ފަޓުލޫނު ލައިގެން އެފަދަ ފާޙިޝުއިއްޒަތްތެރީން ދިވެހި ގައުމުގައި ފާޙިޝު ޢަމަލުތައް ހިންގުމަށް އެފަދަ އެތައް ކަމަކަށް ހިތްވަރުދީ އެކަމުގައި އަހުލުވެރި ކުރުވަނީ ރަސްމީ އިދާރާތަކުގެ ޙިމާޔަތް ލިބިގެންކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެހެނީ ލޯމަތިން ފެނި ކަންފަތުން އަޑުއިވެމުންދާ މިފަދަ ކަންކަމަށް ބެލުމަށް ފަހުގައެވެ.

މިފަދަ ފާޙިޝީ ޢަމަލުތައް ޢާންމުކުރުމުގެ ނަތީޖާއަކީ ތޯއެވެ؟ ﷲ ތަޢާލާ އެންމެ ގަދަފަދަ ކޯފާ އާއި ޢަޒާބަށް ދިވެހި ގައުމު ފުރޮޅިގެން ދިއުމެވެ. އެފަދަ ޢަޒާބެއް އަތުވެއްޖެނަމަ އޭގެހަލާކާއި ކުރިމަތިލާން ޖެހޭނީ ހަމައެކަނި އެފާޙިޝު ޢަމަލުތަކަށް ބިރެއްނެތި އަރަމުންދާ މުޖުރިމުން އެކަންޗެއްނޫނެވެ. އަދި ކިއެއްތަ! މުޅި އުންމަތެވެ. މިހާރު މީޑިއާތަކުން އެނގުނު ގޮތުގައި ”ރޯޔަލް“ ލިވާތް ގުރޫޕްގެ ބައިވެރީން ހަމައެކަނި އަލަމްގިރިއަށް އެރި ވަޙުޝީ ބައިގަނޑުވެސް 250 އަށްވުރެ މައްޗަށް ހިގައްޖެކަމެވެ. މީގެ ތެރޭގައި ބުނެވޭގޮތުގައި ރޯޔަލް ކުލައިންޓުން ގިނަވެއްޖެއެވެ. ގާނޫނީ ފިޔަވަޅު އެޅުން ލަސްވާ ބޮޑު  ސަބަބަކީ މިއީކަމުގައި ބުނެއެވެ.

މިއިން އެއްވެސް މީހަކަށް ފިޔަވަޅެއް އެޅޭނެ އިދާރާއެއް، އަދި އެފަދަ މީހުން ހައްޔަރު ކުރެވޭނެ މުއައްސަސާއެއް ނެތްކަހަލައެވެ. އެހެންދިމާވެދާނެ ސަބަބެއްކަމުގައި ތަޙުގީގުކުރުމުގެ ހުނަރުވެރިޔަކު ވިދާޅުވީ އަބަދުވެސް މުޖުރިމުންނަކީ ގައުމު ހިންގަން ޙަވާލުވެތިބޭ ބޮޑުންނަށްވުމުން އެފަދަ ހުރިހާ މުއައްސަސާއެއް ކަނުވާނެކަމަށެވެ. އެހެނީ މިއިން ކޮންމެ މުއައްސަސާއެއްގައިވެސް ބޮޑުންނަށް ލެވިފައިތިބެނީ ޒީރޯ ޓޮލެރެންސްގެ ދަށުން ”ފަރސްޓް ޕޮލިސީ“ ވަރަށް ރަނގަޅަށް ބުނެދީ އެއްބަސް ވެވިގެން ކަމަށެވެ. އެފަރސްޓް ޕޮލިސީގެ ދަށުން ވަޒީފާހޯދައިދިން ފަރާތާއި މެދު ރައްޔަތުންގެ ފަރާތުން ކުރާ ޝަކުވާތައް ބަލަންޖެހެނީ ވަޒީފާ ލިބިދިން ފަރާތުގެ މަސްލަޙަތައް ބެލުމަށްފަހުގައި ކަމަށް ވާތީއެވެ.

ހަނދާނަށް ގެންނަންޖެހެނީ، މުންކަރާތްތައް މަނާ ނުކޮށް ބިރެއްނެތި މަޖާކުރި އުންމަތްތަކަށް ފޮނުއްވެވި ކޯފާއާއި ހަލާކެވެ. އެއީ ކުރީގެ އުއްމަތްތައް ހަލާކު ވެ ދިޔަ ސަބަބުކަމުގައި ވަރަށްގިނަ ޢިލްމްވެރީންގެ ދަރުސުތަކުން އަޑުއިވިފާ ވެއެވެ. މިއަދު މުންކަރާތްތައް އަތުން މަނާ ކުރެވޭނެ މުއައްސަސާގެ ވެރިޔަކަށް ހުރީ ދީނީ ޢިލްމުވެރިއެކޭ ބުނަން ލަދުގަންނުވަލައިފިއެވެ. މުންކަރާތްތައް މަނާ ކުރުމަށް އެއްވެސް ފިޔަވަޅެއް އެތެއް މަސްތަކެއް ނިމިދާންދެން ނޭޅުނުތާގައި ، މަނާ ކުރަން ނުކުތް ޢިލްމުވެރިންނާއި އަޚުން ނުޙައްޤުން ހައްޔަރުކޮށް އަނިޔާ ދެވުމުންދާދިއުމުން ދިވެހި އިސްލާމީ ދައުލަތް ލަތުގަންނުވާލައިފިއެވެ.

ޔާ ﷲ ! މި ނުބައި ފާޙިޝް މުންކަރާތް ތަކުންނާއި އެކަމަށް ވާޤިދޭ މީހުންނާއި އެކަން މަނާކުރުމުގެ ކުޅަދާނަކަން އޮވެ، މަނާ ނުކުރާ އެންމެން ގެ ކިބައިން އަޅަމެން ބަރީޢަކުރައްވާން ދޭވެ. އެދަފަ ޖަމާޢަތަކުން ވިޔަސް ޕާޓީއަކުން އެބައިމީހުނަށް ފޮނުއްވަފާނެ އަޒާބަކުން އަޅަމެން ސަލާމަތް ކުރައްވައި ރައްކާތެރިކަން ދެއްވަވާންދޭވެ!

އިބަ ﷲ ގެ ޝަރީޢަތް ތަންފީޛު ނުކުރާ ވެރިންނާއި އެމީހުންގެ އައުލިޔާއިންނާއި ފާހިޝާތު ފަތުރާ މީހުންނާއި އެޢަމަލުތައް ހިންގާ އެންމެންގެ ކިބައިން އަޅަމެން ބަރީޢަ ވަމެވެ! އެމީހުންގެ އެ ނުބައި ފާޙިޝު ޢަމަލުގެ ސަބަބުން އާއްމުވެގެންވާ ކޯފާއެއް އަޅަމެންނަށް ނުފޮނުއްވުން އެދި އާދެށް ދަންނަވަމެވެ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެ އަށް ބިރުވެތިވަމެވެ. އިބަރަސްކަލާނގެ ކޯފާއަށް ބިރުވެތިވަމެވެ. آمين

Loading

One Response

  1. މިލިޔުމުގެ ކަވަރ ފޮޓޯއިންވެސް ދެން މިކަމުގައި އިރުރަށް އެއްޗެއް ބުނަންޖެހޭ ވަރަށްވުރެ ތިލަކޮށް އެނގިއްޖެއެވެ. އެކަކީ ގައުމުގެރައީސް އެވެ. އަނެކަކީ ގައުމުގެ އަނެއްބާރު ރައްޔަތުންގެ މަޖިލީސްގެ ރައީސްއެވެ. ވީމާ ލިޔުމުގައި ބަޔަންކުރެވިފައިވާ ދީނާ ދެކޮޅު ބައިގަނޑުގެ އެޖެންޑާ އާއި ޙާލަރު ވަރަށް ސާފެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް