ލިވާތުކުރުން ޢާންމުވުމާއި އެ ފާޙިޝުޢަމަލު ދިފާއުކޮށް ބޮޑުންގެ ބަޔަކު ބިރެއްނެތި ވާހަކަދެއްކުން! 

Loading

Facebook
Twitter
WhatsApp

އެއްޖިންސުން ގުޅުން (ލިވާތުކުރުން) ހިންގާ މައްސަލަތަކަކީ އެއްގޮތަކަށް ވެސް ސިއްރުކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ ދުނިޔެވީ ވަރަށް ނުބައި ވަހުޝަތެއް ފަހަތުގައި އޮވެގެން ބަޔަކު ރާވައިގެން ގަސްދުގައި ހިންގަމުންދާ މުޑުދާރު އަމަލެކެވެ. އަދި އެނުބައި ޢަމަލު ޢާންމުކުރުމަށް LGBT ގެ ނަމުން ނަންލިބިގަނެ އިސްލާމީ މި ދިވެހިރާއްޖޭގައި އެކަން އަށަގަނުވުމަށް ބޭރުގެ އެފަދަ ފާޙިޝު ފަރާތްތަކާއި ގުޅިގެން ހިންގަމުން އަންނަކަމީ ދައުލަތަކަށް ސިއްރެއްވެސް ނޫނެވެ. 

ސުވާލަކީ މި އިސްލާމީ ދައުލަތް ހިންގުމާއި މާތްﷲ ގަންދީ ވެރިކަމުގެ ހުވާކޮށްގެން ތިބި ސަރުކާރަށް، އެއްޖިންސުން ގުޅުންހިންގާ ލިވާތުކޮށް ފައުޅުގައި އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ބޮޑު ކުށަކަން ނުވެ ހާކާލަ ހާކާލާ ތިބެވެނީ ކީއްވެގެންތޯއެވެ. 

ސަބަބެއްކަމަށް ބެލެވެނީ މިއީ ވަކި މަގުސަދެއް ޙާސިލު ކުރުމަށް ބޭރުބާރުތަކުގެ އެހީއާއި ބާރު ލިބިގެން ދިވެހި ރާއްޖޭގައި ހުރިހާ ކުލަތަކެއް އެއްވަރުކޮށް ހިތަށް އުފާލިބިދޭ ހުރިހާ އެއްޗަކުން އެއްވަރަށް އިންސާނާއަށް ބިރެއްނެތި އުފާ ލިބިގަންނަން ވެގެން، ކުރާ ރޭވުންތެރި މަސައްކަތް ތަކެއްގެ ދަށުން، އެއްވެސް ބިރެއްނެތި އެއްޖިންސުން ގުޅުން ހިންގުން އާންމު ކުރުމަށާއި ހުރިހާ ދީންތަކަށް ހަމަހަމައަށް އަޅުކަންކުރަން ޖާގަދީ، އަދި ދިވެހި ޖުމްހޫރިއްޔާގެ ދުސްތޫރުން އެހުއްދަ އާންމުކޮށް ލިބިގަތުމަށް ހިޔަޅު އެޖެންޑާއެއްގެ ދަށުން ހިންގާ އޭގައި ގިނަ ސިއްރުތަކެއް އެކުލެވޭ މުޑުދާރު ވަހުޝީ ޖަރީމާއަކަށް ވާތީއެވެ.

ކުރީ ޒަމާނުގައި ދިވެހިންގެ ތެރޭގައި މިކަންކުރެވިފައި ހުރީ ވަކިގަސްދެއް މަގުސަދެއް ނެތި އިންސާނާއަށް އެދުންވެރިކަން ކެތްނުވާ ވަގުތު ބިރާއެކު ކޮށް ލެވޭ މަޖަލުގެ ކަމެއްގެ ގޮތުގައި ބުނާއަޑު އަހަމެވެ. އަދި ފަހުން އެކަމާ ދެރަވެ، ﷲ އަށް ރުޖޫއަވެ، ތައުބާވެ، އެފާފައިން އަމިއްލަ އަކަށް ދުރުވެގަންނަ ޙާލުގައެވެ. 

އެހެނަސް މިހާރު ރާއްޖޭގެ ވެރިކަމަށް ހިންދުތުވާ އިންޑިއާއިން އިމްޕޯޓުކޮށް ސަވާރުކޮށްފައިވާ ރީނދޫ ލަޝްކަރުގެ ޣައްދާރު އެދުރުންތައް މިއުޅެމުން ގެންދަނީ ޙީލަތްތެރި އެޖެންޑާ އެއްގެ ދަށުން ރާއްޖެ ރަސްމީކޮށް ހުރިހާ ގޮތަކުން ލާދީނީކޮށްލާށެވެ. ރޫހާނިއްޔަތު ފޮހެލާއި މާއްދިއްޔަތަށް ހުރިހާ ވިސްނުމެއް ބަދަލުކޮށްލާށެވެ. ދެރަވެ ހިތާމަކުރަން ޖެހެނީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ތެރޭގައިވާ ދީނީ ޕާޓީވެސްވަނީ މިޖަރީމާތަކާއި ދެކޮޅަށް ބަޔާނެއް ނެރެލެވޭ ވަރަށްވުރެވެސް ނިކަމެތި ޙާއްލެއްގައި ކަމަށް ވާތީއެވެ. ބުނެވޭގޮތުގައި ބޮޑުންގެ ގިނަމީހުންވަނީ ބުލެކްމެއިލް ކުރެވިފައެވެ. ބުލެކްމެއިލް ކުރެވެނީ ތިމާމީހާގެ ލަދެއް ޙަޔާތެއްނެތި އަދި ބިރެއްނެތި އެފަދަ ވަޙުޝީ ޢަމަލުތަކަށް އަރައިގަންނާތީ ނޫންތޯއެވެ!


އެއްޖިންސުން ގުޅުންހިންގާއި ކައިވެނިކޮށް ބިރެއްނެތި މުޖުތަމުގައި ހައްދެއްނެތް މިނުގައި މަޖާނަގަން ބިރުވެތިވާން ޖެހޭނެއެވެ. ހެއްދެވި ފަރާތެއްވެސް ނުވާކަމަށް އޭގެތެރެއިން ބަޔަކު ކެރިގެން ފައުޅުގައި ބުނަންފަށައިފިވެސް މެއެވެ. ހަމަ އެހެންމެ ސޯސަލް މީޑިއާގައިވެސް މެއެވެ. ސަރުކާރަކަށް މާބޮޑު މައްސަލައަކަށް ވާތަނެއް ނުފެނެއެވެ. އެފަދަ މީހުންގެ ޕާސްޕޯޓްވެސް ހިފެހެއްޓެނީ ފުރައިގެން ދާފަހުންނެވެ. ނަމަވެސް ދީނީ ޢިލްމުވެރިއެއް ހައްޔަރަށްގެންދަންވީމާ ފުލްފޯސްނެރެގެން އަނބިދަަރީން ކުރިމަތިން ޖަހައިގަނެގެންެވެސް ގެންގޮސް މުއްދަތުޖަހާލަނީ އުފަލާއި އެކުގައެވެ. އަދި ހަމަ ކުޑަ ހިދުކޮޅެއްގެތެރޭގައި އެބޭފުޅުންގެ ވަނަވަރުވެސް ޢާންމުކޮށް މީޑިއާ އާއި ޙިއްސާކުރަނީ އެއީ ބޮޑު ޖަރީމާއެއް ހިންގައި ކުށް ސާބިތުވެފައިވާ މުޖިރިމުންގެ ގޮތުގައެވެ. މިއީ ރައްޔަތުން ވަރަށް ފުންކޮށްވިސްނަން ޖެހޭ އަންދާގާނޫނު ދަންނަ ސިފައެކެވެ.

ދައުލަތުގެ ދީނަށް މިގޮތައް ޚަމަލާދެވި ﷲގެ ރަސޫލާއަށް ހަޖޫޖަހައި ބިރެެއްނެތި ދިވެހިރާއްޖޭގައި އުޅެވޭނެގޮތް ސަރުކާރުން ފަހިކޮށްދޭކަމަށް ވާނަމަ، އެ ލިވާތުގުރޫޕް އާއި ދެޖިންސުން ފާޙިޝު ޢަމަލު ހިންގުވަން ބާރުއަޅާއި އެޖެންޓުކަން ކުރަމުންދާ މިގުރޫޕުގެ ވަހުޝީ އަމަލުތައް ވީހާ ބޮޑަށް ފަލީޙަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނޭ ކަމެކެވެ. އަދިމުޖުތަމުއަށް ފައިދާހުރި ރަނގަޅު ކަމެއްކަމުގައި ދެކެމެވެ.

އެހެނީ އެމީހެއްގެ އަބުރާއި ޢިއްޒަތް ރައްކާތެރި ކުރާނީ އެމީހެކެވެ. އެއީ ގާނޫނުގައި ނުވަތަ ގަވާއިދެއް ހަދައި ބާރުގެ ބޭނުންކޮށްގެން އިއްޒަތްތެރިވެ ގަތުމެއް ނޫނެވެ. ފާޙިޝު ނުބައި ނުލަފާ ޢަމަލުތައް ހިންގައިފާ އެ ޢަމަލު ހިންގިމީހުން ޢަރާމުކޮށް ދިވެހި ފަސްގަނޑުގައި ގާނޫނު ނުހިންގައި ސްކޮޓްފްރީކޮށް އުޅެވިގެން ނުވާނެއެވެ. އަދި މިކަމަށް މުޖުތަމައު ހޭލުންތެރި ކުރުވާއި އިސްލާޙު ކުރުވުމަކީ ދީނީ އަދި ގައުމީ ވާޖިބެކެވެ.

މާތްﷲ ދިވެހި މުޖުތަމަޢު މިނުބައި ވަހުޝީ ޢަމަލުހިންގާ މުޖުރިމްތަކުންގެ ކިބައިންސަލާމަތް ކޮށްދެއްވައި އިސްލާމްދީނުގެ ހިދާޔަތުގައި އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ.އާމީން!

މިފަދަ ވަހުޝީ ޢަމަލުތައް ހިންގާ މުޖުރިމުން ދިވެހި މުޖުތަމައުން އެކަހެށިކޮށް އަދަބު ދެވެންދެން ރައްޔިތުންގެ އަޑުތައް އުފުލުން ހުއްޓާލައިގެން ނުވާނެއެވެ. އެއީ #ދީނައްޓަކައި #ގައުމަށްޓަކައި #ރައްޔަތުންނަށްޓައި އަދި ދިވެހި މުޖުތަމައަށް ޓަކައެވެ!

#ފުރަތަމަދީން

Loading

3 Responses

  1. ޔޯގާ ޑޭ ފާހަގަކުރުމުގެ ކަސްރަތުގައި ބައެއް އިސްލާމީ ގައުމުތައްވެސް ބައިވެރިވެފައިވާ ކަމަށް މީޑިއާގައި ޚަބަރު ފަތުރާއިރު އަޅުގަނޑު އަޅާގަތް ކަމެއް ފާހަގަކޮށްލާހިތް ވެއެވެ. އެމީހުންތިބީ އެމީހުންގެ އާދަކާދައާއި ގުޅޭ ހެދުމެއްގައެވެ. އަޅުގަނޑުމެންގެ ބައިވެރިން ތިބީ ޔޯގާއަށް ޚާއްސަ ހެދުމެއްގައެވެ. އެހެންކަމުން ޔޯގާ ގެ ދުވަހުގެ ކަސްރަތު ހުރިހާމީހުންވެސް ފާހަގަ ކުރީ އެއް ގޮތަކަށޭ ބުނަން އުނދަގުލެވެ.

  2. Sababu varah saafu mi sarkaaru ge ismeehun nakee ehjinsun gulhun hingumah thaaeedhu kuraa baeh. 19 rayyothun majiliees ge raees kamuga in meehaa feshigen ekamah ehbaaeu lun dhwmun dhanee

  3. ލިވާތު ކުރިއަސް ކޮންމެފަދަ ނުލަފާ ޢަމަލެއް ހިންގިޔަސް އެމްޑީޕީގެ ރައީސް ނަޝީދު ރުހޭމީހެއްގެ މައްޗަށް އަދަބެއް ލިބެގެން ނުވާތާ އެމީހަކު ތަޙުގީގަށްވެސް ޙާޒިރުކުރެވޭނީ އޭނަގެ ހުއްދަލިބިގެނޯ!! މިދެން ބޮޑު ޖޯކަރެއްނޫންތޯއެވެ. އެމްޑީޕީ އިން އެގޮވާ އިންސާފުގެ ދަތުރާއި ހަމަހަމަކަމުގެ ތިލަފަތުގެ އަސްލު އެގިެއްޖެއެވެ. މޮޅުމީހާއަށް މޮޅުގޮތް ދެރަމީހާއަށް ދެރަގޮތް. ސަޅި…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް