އިންޑިޔާގެ ދީނީ މިނިވަންކަން ބޮޑުތަނުން ގޯސްވެއްޖެ –އެމެރިކާ

Loading

Facebook
Twitter
WhatsApp

ހިންދޫން ޤައުމީ ބީޖޭޕީގެ ސަރުކާރު އައިފަހުން އިންޑިޔާގައި އޮންނަ ދީނީ މިނިވަންކަން ވަރަށް ބޮޑުތަނުން ދަށްވެއްޖެ ނުރައްކަލުގެ ތެރެއަށް ގެބިއްޖެކަމުގައި އެމެރިކާއިން މިދިޔަ ހޯމަ ދުވަހު ބުނެފިއެވެ.

”ވަކިކަހަލަ ކަންބޮޑުވުން ތަކެއް ހިމެނޭ ޤައުމުތަކުގެ“ ލިސްޓަށް އިންޑިޔާ ލުމަށް އެމެރިކާގެ ކޮމިޝަނުން ގޮވާލަމުން ދާތާ މިއީ ތިންވަނަ އަހަރެވެ.

މި ގޮވާލުމަށް އިންޑިޔާގެ ނިއު ދެއްލީއިން ނުރުހުން ފާޅުކުރެއެވެ. އެހެންކަމުން ސްޓޭޓް ޑިޕާޓްމަންޓުން މި ރިކޮމެންޑޭޝަން އަނެއްކާވެސް ބީރުކަންފަތެއް ދިނުން ވަރަށް ގާތެވެ.

ކަންބޮޑު ވާންޖެހޭ ފަދަ ކަންކަމާ މެދު ޚިޔާލު ފާލުކުރުމަށް އޮންނަ، އެ ކަމިޝަން ޕެނަލްގެ އަހަރީ ރިޕޯޓެއްގައި އިރުމަތީ އޭޝިޔާ އާއި އަދި ސްޓޭޓް ޑިޕާޓްމެންޓުން ބްލެކްލިސްޓުގައި ޕާކިސްތާނު ހިމެނުންފަދަ ކަންބޮޑުވުންތައް ވަރަށް ފުޅާ ދާއިރާއެއްގައި ހިމަނާފައިވެއެވެ.

އެ ކޮމިޝަނުން ވަނީ 2021 ވަނަ އަހަރު ބޮޑު ވަޒީރު ނަރެންދްރާ މޯދީ ގެ ސަރުކާރުން ޕްރޮމޯޓުކުރި “ އިޓްސް އައިޑިއޯލޮޖިކަލް ވިޝަން އޮފް އަ ހިންދޫ ސްޓޭޓް“ގެ ސަބަބުން، ޚާއްޞަކޮށް މުސްލިމުންނާއި ކްރިސްޓިއަނުންނަށް ކުރިމަތިލާން ޖެހުނު ގިނަގުނަ ޙަމަލާތަކުގެ މައްޗަށް އެ ރިޕޯޓުގައި އަލިއަޅުވައިލާފައެވެ.

”އިންޑިޔާގައި އޮތް ދީނީ މިނިވަންކަމުގެ ޙާލަތު ވަރަށް ގޯސްވެއްޖެ.“ އެ ރިޕޯޓުގައި ވެއެވެ.

ކޮމިޝަނަރ އަރުނިމާ ބަރގަވާ ރިޕޯޓަރުންނަށް މަޢުލޫމާތު ދެމުން ވިދާޅުވި ގޮތުގައި ނިމިދިޔަ ދެ އަހަރަށް ބަލާއިރު، އިންޑިޔާ އާއި ބެހޭ ގޮތުން ހުށަހަޅާފައިވާ ކަންބޮޑުވުން ތަކާމެދު ޕެނަލްގެ އެއްވެސް މެމްބަރަކު ދެކޮޅުހަދާފައެއް ނުވެއެވެ.

އިންޑިޔާ އިން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އެކޮމިޝަނުން ހުށަހަޅާފައިވާ ހަމަހަމަ ކަމެއް ނެތްކަމުގެ އިލްޒާމުތައް ދޮގުކޮށްފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕެކޭ އެއްގޮތަށް ރައީސް ޖޯ ބައިޑެން ވެސް ވަނީ ޗައިނާގެ ކުރިއެރުމާ ގުޅިގެން އިންޑިޔާ އާއި ދެމެދުގައި ގުޅުން ޤާއިމުކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އިންޑިއާއިން ހިންގާ މިފަދަ ލާއިންސާނީ ޢަމަލުތަށް ކުއްވެރިކޮށްފައެއް ނުވެއެވެ.

ހަމަ އެހެންމެ ޖަޕާނާއި އޮސްޓްރޭލިޔާ އާއެކު އޮންނަ ”ކުއާދް“ ގެ ފޯ ވޭ ސަމިޓްގައި ބައިވެރިވުމަށް މިއަންނަ މަހު ޓޯކްޔޯއަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ އާއި ރައީސް ބައިޑެންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Loading

One Response

  1. މިލިބެމުންދާ ނިކަމެތިކަމުގެ ހުރިހާ އަސްލަކީ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ތިބި މީހުންގެ ނުލަފާ ޖައްބާރު ކަމެވެ. އެކުވެރިކަމެއް ނެތް ފިތުނަވެރި ބައެއްކަމުގައި އެމީހުން ވެފައި ތިބުމެވެ. އެކަކު އަނެކަކަށް އައިބު ކިޔައި ނަފްރަތު އުފައްދަމުން ގެންދިއުމެވެ. އަޅުގަނޑުމެންގެ ހަމައެކަނި ތިންލައްކައެއްހާ މީހުންގެ އާބާދީގެ ތެރޭގައި އުފައްދާފައިވާ ނަފްރަތާއި ދެކޮޅުވެރިކަމުގެ ފިތުނައަށް ބަލާލިއަސް ސަހަރޯއޭ ހީވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް