މީހަކަށް ވަޒީފާ ހޯދައިދޭން އެދި ސަރުކާރުގެ އިސް ވެރިޔަކަށް އިންތި ކޮށްފައިވާ މެސެޖްތަކެއް އާންމުވެއްޖެ

Facebook
Twitter
WhatsApp
278626499_10160350486914766_2514690223252311463_n

ވަކި މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިއަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ފޮނުއްވެވި މެސެޖްތަކެއް އާންމުވެއްޖެ އެވެ.

  މީހަކަށް ވަޒީފާ ހޯދައިދޭން އެދި އިންތި ކޮށްފައިވާ މެސެޖްތަކެއް އާންމުވެފައި މިވަނީ ވަކި މީހަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރި މީހެއް ނޫންކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް އަމާޒުވެފައި ވަނިކޮށެވެ.

އާންމުވެފައިވާ މެސެޖްތައް ކޮށްފައިވަނީ އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަދްހަމްގެ އާއިލާގެ އަންހެނަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދިއެވެ. އޭނާ އަށް ވަޒީފާ ހަމަޖައްސައި ދިނުމަށް އެދި އިންތި މެސެޖްކޮށްފައިވަނީ ގްރޭޓާ މާލެ ކުންފުނީގެ ޗެއާމާން ޝާތިރު އަށެވެ.

އަދި ވަޒީފާ ހަމަޖެއްސުމަށް އެދި އިންތި އެ އަންހެންމީހާގެ މައުލޫމާތު ފޮނުއްވުމަށްފަހު ވަޒީފާގެ ކަންކަން ލަސްވާތީ ވެސް މެސެޖްކުރައްވާފައިވެއެވެ. އަދި އޭގެ ފަހުން ވަޒީފާ ހަމަޖެހުމުން ޝާތިރަށް ޝުކުރު އަދާކުރައްވާފަ ވެސް އިންތި ވަނީ މެސެޖް ކުރައްވާފައެވެ.

ސަރުކާރުން ވަޒީފާ ހޯދަން އޭނާ އެދިވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެ އިންތި ވާހަކަފުޅު ދައްކަވާފައިވަނީ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެންޕޭނަށް އިނގުރައިދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އަޅުގަނޑަކީ ހަމަހިލާ ރިސޯޓެއް ހޯދި މީހެއް ނޫން. ފަޅުރަށެއް ހޯދި މީހެއް ނޫން. ޕްރޮޖެކްޓެއް ހޯދި މީހެއްނޫން. ބިޑެއް ކާމިޔާބުކުރަން ދުވަހަކު މީހަކަށްގުޅާ މީހެއް ނޫން. ވަޒީފާއެއް އާއިލާގެ މީހަކަށް ހޯދުމަށްޓަކައި ގުޅިމީހެއް ނޫން” އެ ބައްދަލުވުމުގައި އިންތިވިދާޅުވިއެވެ.

އިންތި މި ވާހަކަފުޅުތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އޭނާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކާއި އެކު ވީޑިއޯއެއް ވެސް ދަނީ ދައުރުވަމުންނެވެ. އެ ވީޑީއޯއިން ފެންނަނީ އިންތި ގުރައިދޫގައި ދެއްކެވި ވާހަފުޅާއި އަދި އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވަކިމީހަކަށް ވަޒީފާއެއް ހޯދަވަން މަސައްކަތް ކުރެއްވިކަމަށް އަމިއްލަފުޅަށް އެއްބަސްވެ ވާހަކަފުޅު ދައްކަވަނިކޮށެވެ.

“އަޅުގަނޑުގެ ރިކުއެސްޓަކަށް ސިޔާސީ މަގާމެއް މީހަކަށް ދޭން ހުށަހެޅީމަ މާ ފަހުން ފުރަތަމަ ދައުރަށް ހޮވިވަޑައިގެންނެވި ބޭފުޅުން އަޅުގަނޑުގެ މައްޗަށް އިސްކޮށްފައި އެބަ ވަޒީފާދޭ. ހިނގާފައި އެބަހުރި މިކަކަން.” ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވިއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް