އެމެރިކާގައި ދުވާލެއްގެ މައްޗަށް 40 ހާހަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހެން ފަށައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގައި އަނެއްކާ ވެސް ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވާންފަށައިފިއެވެ. ކަމާ ބެހޭ މާހިރުން ބުނާގޮތުގައި ގައުމުގެ ގިނަ ބަޔަކަށް ޖެހެމުން ދަނީ ކޮރޯނާ ވައިރަހުގެ އައު ވައްތަރެކެވެ.

ދެމަހެއްހާ ދުވަސް ވާނދެން އެމެރިކާގެ އެތައް ސްޓޭޓެއްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު މަދުވަމުން ދިއުމަށްފަހު ވައިރަސް ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމުން ސިއްހީ މާހިރުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަޖުރިބާކާރު ޑޮކްޓަރ އެސް ކެމްބުލް ވިދާޅުވި ގޮތުގައި މިފަހަރުގެ ރާޅު ކިހާވަރަކަށް ބޮޑު ވެދާނެކަން އަދި ބުނާކަށް ނޭނގެއެވެ.

އެމެރިކާގައި އެމެކްރޯން ވޭރިއެންޓް ފެތުރެންފެށިއިރު އެހާ ބާރު މިނެއްގައި އެ ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމަށް އެއްވެސް މީހަކަށް ލަފާކުރެވިފައެއްވެސް ނެތެވެ. ނަމަވެސް އެ ބަލިމަޑުކަން ފެތުރިގެން ދިޔަ ގޮތުން ސިއްހީ ދާއިރާއަށާއި އެދާއިރާގައި މަސައްކަތް ކުރި މީހުންނަށް އެކަންވީ ވަރަށް ބޮޑު ވޭނީ ބުރައަކަށެވެ.

ސިއްހީ މާހިރުން އިންޒާރުދޭ ގޮތުގައި އެމެރިކާގައި މިހާރު ފެތުރެމުންދާ ”ބީ އޭ ޓޫ“ ވައިރަސް އަކީ ކުރީން ފެތުރިފައިވާ ވައިރަހަށްވުރެ 30 ގުނަ ބާރުމިނެއްގައި ފެތުރެމުންދާ ވައިރަހެކެވެ. އަދި މި ވައިރަހާމެދު ރައްކާތެރި ނުވެވިއްޖެނަމަ މުޅި ގައުމަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރުބޮޑެވެ.

އަލަށް ފެތުރެމުންދާ ވައިރަހަށް ފަރުވާ ހޯދަން ހޮސްޕިޓަލްތަކަށް ދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ ސްޓޭޓްތަކަކަށް ވައިރަސް ފެތުރިގެން ހިނގައިދާނެކަމަށް ވެސް ކަމާ ގުޅޭ މާހިރުން ލަފާކުރެއެވެ.

އެމެރިކާއަކީ ސިއްހީ ހިދުމަތް އެންމެ ރަނގަޅު އެއްގައުމުކަމަށް ވިޔަސް ކޮރޯނާ ވައިރަސް އެ ގައުމުގައި ފެތުރެން ފެށުމުން ސަރުކާރާއި ރައްޔިތުން ބަލލިމަޑުކަމާމެދު ފަރުވާ ކުޑަ ކުރުމުގެ ސަބަބުން އެ ގައުމުގެ 10 ލައްކަ 15 ހާހަށް ވުރެ ގިނަ މީހުން އެ ބަލީގައި މަރުވެފައިވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް