ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި.

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މަރާލައިފިއެވެ.

މައލޫމާތު ލިބިފައިވާގޮތުގައި ހުޅުމާލޭ ފުރަމަ ފިޔަވަހީގައި ހުންނަ ހާންޖީ ރެސްޓޯރަންޓްގައި މިއަދު ހަވީރު މާރާމާރީ އެއް ހިނގާފައިވަނީ ޕާކިސްތާނު މީހަކާއި ބަންގްލަދޭޝް މީހަކާ ދެމެދު އެވެ. މިހާދިސާގައި މަރުވީ އެ ރެސްޓޯރެންޓްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭސް މީހާއެވެ.

ފުލުހުން ބުނީ މި މާރާމާރީ އާއި ގުޅިގެން ޒަހަމްވި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ޒަހަމް ތަކަކާއެކު މިއަދު ހަވީރު 5:30 ހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ މީހާއަށް ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހާ މަރުވެފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާގެ ކަރަށާއި ބޮލަށް ވަޅިހަރާފައިވުމުގެ އިތުރުން ހަށިގަނޑުގެ އެހެން ބައެއް ތަންތަންވެސް ވަނީ ޒަހަމްވެފައެވެ.

މި މާރާމާރީގައި ބަންގްލަދޭޝް މީހާއަށް ހަމަލާދިން ޕާކިސްތާނު މީހާ ވަނީ ފިލާފައެވެ. އޭނާ އަކީ ހާންޖީ ރެސްޓޯރެންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށްވެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް