ޕާކިސްތާނުން ދިން ހަމަލާގައި އަފްޣާނިސްތާނުގެ 47 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުން އަފްޣާނިސްތާނުގެ ހޯސްތު އަދި ކުނާ ސަރަހައްދުގައި ކުރިޔަށް ގެންދާ ހަމަލާ ތަކުގައި 47 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ހޯސްތުގެ ޑައިރެކްޓާ އޮފް އިންފޯމޭޝަން އެންޑް ކަލްޗާ، ޝާބިރް އަޙްމަދް އުސްމާނީ ބުނި ގޮތުގައި ޕާކިސްތާނުން ކުރިޔަށް ގެންދިޔަ ހަމަލާތަކުގައި އާންމުންގެ 41 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 22 މީހަކަށްވަނީ އެކިވަރުގެ ޒަހަމުތައް ލިބިފައެވެ. އޭނާ ބުނި ގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

ޝާބިރްގެ އިތުރުން ހޯސްތުގެ 2 އޮފިޝަލަކު ވަނީ މަރުވި މީހުންގެ އަދަދު ޔަގީން ކޮށްދީފައެވެ. އަފްޣާނިސްތާނުގެ އޮފިޝަލަކު ބުނި ގޮތުގައި ކުނާރް ޕްރޮވިންސްގައި 6 މީހަކު ވަނީ މަރުވެފައެވެ. އަފްޣާނިސްތާނުގެ އެންމެ ބޮޑު ނޫސް ޗެނަލް ކަމަށްވާ ޓޯލޯއިން ވަނީ ކުޑަކުދިންގެ ހަށިތަކެއް ދައްކައި އެއީ ޕާކިސްތާނުން ކުރިއަށްގެންދާ ހަމަލާތަކުގައި މަރުވި ކުދިން ކަމަށް ބުނެފައެވެ. މީގެ އިތުރުން ޓޯލޯއިން ވަނީ ޕާކިސްތާނާ ދެކޮޅަށް ކުރިޔަށް ގެންދިޔަ މުޒާހަރާއެއް ވެސް ބްރޯޑްކާސްޓް ކޮށްފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން މި ހަމަލާތަކާ ބެހޭގޮތުން އެއްވެސް ވާހަކައެއް އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ޠާލިބާނުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ޠާލިބާނުން އަފްޣާނިސްތާނު ހިފިފަހުން ޕާކިސްތާނާއި އަފްޣާނިސްތާނުގެ މެދުގައި ސަރަހައްދީ މައްސަލަތައް ވަނީ އިތުރުވެފައެވެ. ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ ބިމުގެ ސަރަހައްދު ތެރެއިން ޕާކިސްތާނާ ދެކޮޅަށް ހަތިޔާރު އެޅި ޖަމިއްޔާތަކުން ހަމަލާ ދެމުން އަންނަކަމަށް ތަކުރާރުކޮށް ބުނެފައެވެ. ޠާލިބާނުން ވަނީ ހަތިޔާރު އެޅި ޖަމާއަތްތަކެއް ޕާކިސްތާނާ ދެކޮޅަށް ހަމަލާ ނުދޭކަމަށް ބުނެފައެވެ. އަދި ޕާކިސްތާނުން ދެ ގައުމުގެ ދެމެދުގައި ހަދަމުން އަންނަ ފާރާ ގުޅިގެން އަފްޣާނިސްތާނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

Loading

2 Responses

  1. މިހާރު ތިޔަ ދަނީ އެމެރިކާ ބޭނުންވާގޮތަށެވެ. ކަލޭމެން ކަލޭމެންނާ ތަޅަތަޅާ ތިބޭށެވެ. އަހަރެމެން ކަލޭމެންނަށް ހެޔޮއެދޭނަމެވެ. އަހަރެމެންގެ ހަތިޔާރު ކަލޭމެންނަށް ގަންނަން ލިބޭނެއެވެ. ފަހުން އަގު އަދާކުރާގޮތަށްވެސް ހަތިޔާރު ފޮނުވާދޭނަމެވެ.

    1. ދެން ޙައްލަކީ ކޮބައިތޯ؟ މައުމޫނު ޑިކްޓޭޓަރު އިރަށްވުރެވެސް ގޯސްވީމާ އެއީ މައުމޫނު ނޫން މީހެއްވީމާ ހަމަ އެޅިހާބަތަކަށް ރިވާނެތޯއެވެ؟ އެހެންކަމަށް ވަންޏާއި އެއި މީހަކަށް ރުޅިގަނޑެއް ބޭލުމެވެ. އެހެނަސް އޭރު ބަދަލަކަށް އެދި މަސައްކަތްކުރި ހަމަގައިމުވެސް ބޮދު މެޖޯރެޓީއަކީ އޭރު އެކީ ބަދިވަރު “ ތާހިރު ދިރިއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް“ ”އަނިޔާއާއި ދެކޮޅޫ“ ކަރަޕްޝަން ހުއްތުވެުން“ ”ފަނޑިޔާުރުގެއަށް އަތް ނުބޭނުން“ ”އަބުރުވެރި ދިރިއުޅުމެއް“ އަނެއްރާއްޖެ އަށް ދިޔައިމަ ލިބުނިއްޔޯ. އަނެއް ރާއްޖެ ވީތަނެއް މިހާރު އޭނަޔަކަށް ނުވެސް އެނގޭ. އޭނަޔަށް އެނގެނީ އިގިރޭސިވިލާތާއި އިންޑިއާ. އިޒްރޭލު އެމެރިކާ އޮތްތަނާއި އެތަނުގައި އުޅޭގޮތް. ދާން ކީ އަނެއްދިވެހިރާއްޖޭގައި އަދިވެސް 5 5 ލައްކަ މީހިުން ހަމަ އެއްނުވޭ. ދެނޯ؟ އައިޑިއާއެއް ދެއްވާ!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް