ތިލަމާލެ ބްރިޖް މަސައްކަތަށް ވިލިމާލޭގެ ދެކުނުން އުޅަނދު ފަހަރު ނަގަން އަންގައިފި

Loading

Facebook
Twitter
WhatsApp

”މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތްތައް ކުރުމަށް ވިލިމާލޭގެ ދެކުނު ފަރާތު ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނަގާ އެ ސަރަހައްދު ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ބްރިޖް ގޮސް ވިލިމާލެއާއި ގުޅޭ ސަރަހައްދުން އުޅަދު ހުސްކުރުމަށް އަންގައި މާލޭ ސިޓީ ކައުސިލުން އާއްމުކުރި އިއުލާނުގައި ބުނީ ތިލަމާލެ ބުރިޖުގެ މަސައްކަތަށް ވިލިމާލޭގެ ފަޅުތެރެއާއި އެއްގަމުން ހާއްސަކޮށްފައިވާ ސަރަހައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތަކުގެ ސަބަބުން މަސައްކަތަށް ދަތިވާ ކަމަށެވެ.

އެހެންކަމުން ވިލިމާލޭގެ ދެކުނު ފަރާތު އެއްގަމާއި ފަޅުތެރޭ އަޅާފައި ހުރި އުޅަނދުފަހަރު ނަގާ އެ ސަރަހައްދު ހުސްކުރުމަށްވަނީ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ސިޓީ ކައުންސިލުން ބުނީ މިމަހުގެ 19 ވަނަ ދުވަހުގެ 18:00 ގެ ކުރިން އެއެއްޗެހި ނުނަގައިފި ނަމަ އެ ކައުންސިލުން އެތަކެތި އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށެވެ. އަދި އުޅަނދުތައް ނެގުމުގައި ލިބޭ ގެއްލުމަކަށް ޒިންމާ ނުނަގާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން މިވަގުތު ކުރިއަށްދަނީ ސަރވޭގެ މަސައްކަތް ތަކާއި، ސައިޓްތައް ތައްޔާރުކުރުމުގެ މަސައްކަތެވެ. ބްރިޖްގެ އަމަލީ މަސައްކަތް މިއަހަރު ޖުލައި މަހުގެ ތެރޭގައި ފަށާނެކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާގެ އެހީއާ އަދި ރާއްޖެ ސަރުކާރުން ހަރަދުކޮށްގެން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ބްރިޖަކީ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. ބްރިޖު އަޅަން ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ.



Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް