އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ވިއްކައިގެން ލިބުނު ފައިސާގެ ބައެއް ރާއްޖެއަށް ދީފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ކަންޑުގެ ސަރަހައްދު ހައިޑްރޮފީ ދާއިރާއިން ސަރވޭ އެއްކޮށް އެކުލަވާލި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާ ރާޖެއަށް ދީފިއެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ. އިންޑިއާގެ ފަރާތުން ޗެކް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު އެވެ

ދިވެހި ސަރުކާރާ އެކު ސޮއި ކުރި ހައިޑްރޯގްރަފިކް އެއްބަސްވުމުގެ ދަށުން ހެދި މި ޗާޓް ވިއްކުމުގެ ބާރު އިންޑިއާއަށް އެ އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ވަނީ ދީފައެވެ.  ހައިޑްރޮގްރަފީގެ ހިދުމަތް ރާއްޖޭގައި ގާއިމު ކުރުމަށްޓަކައި ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގައި ހައިޑްރޮގްރެފިކް ހިދުމަތް ގާއިމު ކުރުމަށް އިންޑިއާ އިން އެހީތެރިކަން ދޭނެއެވެ.

ސިފައިންގެ މައި މަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ، އިންޑިއާ ސަރުކާރުން ދެއްވި އެހީއަށްޓަކައި، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ޝަމާލް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނޭވަލް އަދި މެރިޓައިމް ސަލާމަތާބެހޭ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން މީގެކުރިން ދުވަހަކު ވެސް ދެކެފައިނުވާ މިންވަރަށް އިތުރުވެ އިތުރު ބާރުވެރިކަމާއި އިތުރު ހަރަކާތްތެރިކަން ލިބިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އޮތް ހައިޑްރޯގްރެފިކް ޕާޓްނަރޝިޕަކީ، ދެ ގައުމުގެ ވިޔަފާރީގެ ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރޝިޕެއްކަމަށާ  2007ވަނަ އަހަރުން ފެށިގެން ވަރަށް ގިނަ ސަރވޭތަކެއް ކުރެވި، އޭގެ އެދެވޭ ނަތީޖާތައް ނެރެވިފައިވާ ކަމަށް ވެސް  ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް