ހިޔާ ފްލެޓްތަކުން އުކާލާ ކުންޏަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކަންޖެހޭ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުން އުކާލާ ކުންޏަށް އަންނަމަހުން ފެށިގެން ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ކުނި އުކާލުމުގެ ހިދުމަތް ފޯރުކޯށްދޭ ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން ހިޔާ ފްލެޓްތަކުން އުކާލާ ކުނި ނެގުމަށް ބިލްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކުނި އުކާލުމުގެ ހިދުމަތަށް 150 ރ. ރޭޓުން ބިލް ކުރާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ ފްލެޓް ރަޖިސްޓަރ ކޮށްފައިވާ ފްލެޓް ވެރިފަރާތުގެ ފޯނަށް ބިލް އަދި އެކައުންޓްގެ ތަފްސީލް އެސްއެމްއެސްގެ ޒަރީއާއިން ފޮނުވާނެކަމަށެވެ.

ވެމްކޯއިން ބުނީ ހުޅުމާލޭ ސެވަނަ ފިޔަވަހީގެ ގޭބީސީ ތަކަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއްކަމަށެވެ. ބަރު އަދި ބޮޑެތި ކުނި އުކާލުމަށް ވެމްކޯގެ ’ ކޯލް އެންޑް ޕިކަޕް‘ ކެޕްސް އިހުމަތަށް އެދެން ޖެހޭނެ ކަމަށެވެ. ހިދުމަތްތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުމަށް ވެސް އެކޯޕަރޭޝަނުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް