ކުޅިވަރު ބަލަން ދާ މީހުން މަދުވުމުން ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ކުޅިވަރު މުބާރާތްތައް ބަލަން ދާ މީހުން މަދުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ ރ. މާކުރަތުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދުގެ ޖަލްސާ އަށް މަހުލޫފް ވަޑައިގެން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.


މިއަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ކެޑޭޓް އެންޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މުބާރާތަށް އަލިއަޅުވައި ލައްވައި ވާހަފުޅުދައްކަމުން މިނިސްޓަރު މަހުލޫފް ވަނީ އެ މުބާރާތް ކުރިއަށްދާއިރު ކުޅުންތެރިންނަށް ހިތްވަރު ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެންބަރުން ވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ.

މި ދައުވަތާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހަރަދުތައް ކޮށްގެން ދަނޑުތައް ހަދަމުންދާ ކަމަށާ ނަމަވެސް ކުޅި ބަލަން މީހުން ނުދާކަމަށެވެ.

“ ކުރީ ރެއަކު ފުޓްބޯޅަ މެޗެއް ބަލަން އިނީމު ޓީވީން. ފެން ޖަހާ މީހުންނަށް ވުރެ ވެސް މަދު ކުޅި ބަލާން ތިބި މީހުން. އެތާ ނެތީ ހަމަ ކުޅި ބަލާ އެކަކުވެސް. ދެން އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ މި ކަންކަމަށް އިންތިހާއަށް ހަރަދުކުރަމުން.“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުޅިވަރު މުބާރާތްތައް ބެއްލެވުމުގެ ޝައުގުވެރިކަން މެމްބަރުން ވެސް ކޮންމެވެސް ވަރަކަށް ގެންގުޅުއްވުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

ޓީޓީ ސައުތު އޭޝިއަން ކެޑޭޓް އެންޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ބާއްވަނީ އަންނަ މަހުގެ 9- 11 އަށް ރާއްޖޭގައެވެ.

މިއަދުގެ ޖަލްސާގައި މާކުރަތު ފުޓްބޯޅަ ދަނޑާއި ގުޅިގެން މިނިސްޓަރު މަހްލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ހުންނާނީ ނިންމާފައި ކަމަށާ ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރަށް މިނިސްޓްރީން ބޭނުންވާ ސްޕީޑްގައި ނުގެންދެވޭ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި ސަރުކާރުން ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތްތައް ތަފްސީލްކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް