އީރާނުގެ ގަބުރުސްތާނެއްގައި ނެށި 3 އަންހެނުން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އީރާނުގެ ޚަރާސާންގެ ގަބުރުސްތާނެއްގައި ނެށި 3 އަންހެނުން ހައްޔަރުކޮށްފިއެވެ.

އީރާނުގެ މީޑިއާއިން ހާމަކުރިގޮތުގައި ޝަހީދުން ވަޅުލާ ގަބުރުސްތާނެއްގައި އަންހެނުންތަކެއް ނެށިކަން އެނގުނީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކާ ގުޅިގެންނެވެ.

އެ ވީޑިއޯ ފެނުމުން ވަރަށް ގިނަބަޔަކު ރުޅިގަދަވެ ނެށުމުގައި ބައިވެރިވި މީހުންނާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވަންފެށިއެވެ. އެހާ ހިސާބުން ފުލުހުން ނިކުމެ އެއީ ކޮންބައެއްތޯ ބަލައި އެމީހުން ހައްޔަރުކުރިއެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތުން ހާމަކުރިގޮތުގައި އެ ނެށުމުގައި ބައިވެރިވި މީހުން ހައްޔަރުކުރި ފަހުން ވަނީ އެމީހުން ކުރި ހުތުރު އަމަލާމެދު ލަދުވެތިވެ މަޢާފަށް އެދިފައެވެ.

ޝަހީދުން ވަޅުލާފައިވާ ގަބުރުސްތާނެއްގައި ނަށައި މަޖާކޮށް ހެދުމަކީ ޝަހީދުންގެ ހުރުކަތް ކެނޑި އާއިލާގެ މީހުންނަށް ހިތްދަތިކަމާއި ރުޅިވެރިކަން އިހުސާސް ކުރެވޭނެ ޢަމަލެކެވެ.

ގަބުރުސްތާނުގައި ނަށައިގެން ބަންދުކުރި މީހުންނާމެދު އަޅާނެ ފިޔަވަޅެއް އަދި ކަނޑައެއްނޭޅެއެވެ.

 

 

 

Loading

One Response

  1. ރަނގަޅު. ގެންގޮސް އެލުވިޔަސް ހެޔޮ. ގަބުރުސްތާނު ނުނީ ނަށާނެ ތަނެއްވެސް ނުފެނުނީތޯއެވެ. ގޭގެ ފާޚާނާތެރޭވެސް ނެށިދާނެ ނޫންހެއްޔެވެ. މަވެސް އެހެން ނަށާތީ މިބުނެވުނީ. ތުކި….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް