ސްރީލަންކަގެ ހާލަތު ވަރަށް ސީރިއަސް: ގިނަ އަދަދެއްގެ ބަޔަކު މަރުވެދާނެ ކަމުގެ ބިރު

Loading

Facebook
Twitter
WhatsApp

ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މުސީބާތުގެ ސަބަބުން ކަރަންޓާއި އަސާސީ ބޭސްތަކަށް އެގައުމުގެ ހޮސްޕިޓަލްތައް ޖެހި ގިނަ އަދަދެއްގެ ބަޔަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބި މަރުވެދާނެކަމަށް އެ ގައުމުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ބުނެފިއެވެ.

ހިތުގެ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭސްތަކާއި ތުއްތު ކުދިން ނޭވާލުމަށް އެހީވެދިނުމަށް ބޭނުންކުރާ ހޮޅިފަދަ ތަކެއްޗަށް ލަންކާގެ ހުރިހާ ހޮސްޕިލަކުންވެސް ވަނީ ބޭނުން ޖެހިފައެވެ. މީގެ އިތުރުން ކަރަންޓުގެ ޚިދުމަތް ގިނަ ހިސާބު ތަކަކުން ކެނޑުމާ ގުޅިގެން އެކި ޒަހަމްތަކަށް ފަރުވާދޭން ޑޮކްޓަރުންނަށް ޖެހިފައިވަނީ ކަނު އަނދިރީގައެވެ

ލަންކާގެ ގިނަ ހޮސްޕިޓަލް ތަކަކުން ވަނީ ސާޖަރީ ކުރުމުގެ ޚިދުމަތް ހުއްޓާލަންވެސް މަޖުބޫރުވެފައެވެ. އަދި ލެބޯޓަރީ ޓެސްޓްތައް ވެސް ހުއްޓާލަން ނުވަތަ މަދުކުރަން ވަނީ މަޖުބޫރުވެފައެވެ. ހާލަތު މިހިސާބަށް ދިޔުމާ ގުޅިގެން ސިއްހީދާ އިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އިހުތިޖާޖް ކުރުމުގެ ގޮތުން މުޒާހަރާތައް ބާއްވާފައެވެ. އަދި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ދަނީ ސްރީލަންކާގެ ރައީސް މަގާމުން އިސްތިއުފާދިނުމަށް ގޮވާލާ ހަރަކާތުގައި ބައިވެރިވަމުންނެވެ.

ލަންކާގެ ގަވަމެންޓް މެޑިކަލް އޮފިސާސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޑރ. ސެނަލް ފެނާންޑޯ ބުނި ގޮތުގައި ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ނުހޯދިއްޖެނަމަ ގިނަ ބަޔަކު މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން އޭނާ ބުނި ގޮތުގައި ބޭސް ނެތުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ ހޮސްޕިޓަލްތަކުގައި ހަމަނުޖެހުން ހިނގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ބާވީސް މިލިއަން ރައްޔިތުންގެ ބޮޑު އާބާދީއެއް އޮންނަ ސްރިލަންކާ މިހާރު އަންނަނީ އެގައުމަށް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑުއެއް އިޤްތިޞާދީ މުސީބާތާ ކުރިމަތިލަމުންނެވެ. ލަންކާގެ ހާލަތު މިހާ ގޯސްވި ސަބަބު ކަމަށް ގިނަ ބަޔަކު ދެކެނީ އެ ގައުމުގެ ސަރުކާރުން ދަރަނި އަދާ ކުރުމަށްޓަކައި އެ ގައުމުގެ ފޮރިން ރިސާވްސް ބޭނުން ކުރުމެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މުސީބާތުގެ ސަބަބުން ސަރުކާރާއި ސަރުކާރުގެ ވެރިންނާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ދަނީ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް