އިޒުރޭލުގެ މަތިންދާ ބޯޓު ތަކަކުން ޢައްޒާއަށް ބޮމުގެ ހަމަލާތަކެއް ދިފި
އިޒުރޭލުގެ މަތިންދާބޯއްޓުތަކަކުން ފަލަސްތީނުގެ ޢައްޒާ ސަރަހައްދަށް ގިނަ އަދަދެއްގެ ބޮމުގެ ހަމަލާތަކެއް ދީފިއެވެ. އިޒުރޭލުން ބުނި ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމާސްގެ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ އިމާރާތްތަކަށެވެ. މި ހަމަލާ ތަކުން ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބިފައިވިނަމަވެސް އެއްވެސް މީހަކު މަރުވިކަމެއް ނުވަތަ ނުވާކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އިޒުރޭލުން މި ހަމަލާ ދީފައިވަނީ ހަމާސްއިން ފޮނުވިކަމަށް ބެލެވޭ މިސައިލެއް އިސްރޭލުގެ ހުޅަނގު ސަރަހައްދުން ވައްޓާލުމަށް ފަހުއެވެ. އިޒުރޭލުގެ އަސްކަރިއްޔާއިން ބުނެފައިވާ […]
ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަޑައަޅައިފި
މިއަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް އިރުކޮށްފައިވާ ކަމަށެވެ. އެއީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5 ވަނަ ދުވަހާއި އަޟްހާ އީދާއި ގުޅިގެން އަންނަ ޖުލައިމަހުގެ 13 އަދި 14 ވަނަ ދުވަހާއި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައިމަހުގެ 28 ވަނަ ދުވަހެވެ. ފިތުރު އީދާއި ގުޅިގެން ގެނައި ބަދަލާއެކު […]
މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައިފި
ހުޅުމާލެއިން 1000 ގޯތި މާލޭ ރައްޔިތުންނަށް ދިނުމަށް ނިންމައި އެ ގޯތިތައްދޭނެ ސަރައްދު ކަނޑައަޅައިފައިވާ ކަމަށް ހައުސިން ޑިވެލޮމްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން ބުނެފިއެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ދައުލަތުގެ މީޑީއާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރައްވާ ކަމަށާ އޭގެ ތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޯތިތައް ދޭނެ ސަރަހައްދު […]
ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ
ށ. ކޮމަންޑޫގައި ހައުސިން ޔުނިޓް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓްސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވަކާމަށެވެ. މިމަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި […]
ޓެރަރިޒަމް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދު
ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއތައް ތާއީދުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޖަމާއަތުގެ ފިކުރު ތަކަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. ހޫދު ބަންދުކުރުމަށް އަމުރުކުރީ ބަންދު މުރާޖައާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުން އެކަމަށް އެދުމުންނެވެ. ދައުލަތުން ބުނެފައި ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، […]
ރައްޔިތުންގެ ވިއަވަތި
ރައްޔަތުން ދުސްތޫރީ އަދި ޝަރިޢަތެއް ހޯދައި ލިބިގަންނަނީ އެރައްޔިތެއްގެ، ފަސް އަސާސެއް ޙާސިލް ކުރުމަށެވެ: 1. އެމީހުންގެ ލެއާއި ފުރާނަ: 2.އެމީހުންގެ ގެދޮރާއި މުދާ: 3. އެމީހުންގެ ޙަސަބާއި ނަސަބު:4.އެމީހުންގެ އަބުރާއި ޢިއްޒަތުން ނަފުސު: 5. އެމީހުން އަޤީދާއެވެ. މިއަސާސްތައް ބަހާލެވޭ ބަހާ ތަކާއި ގޮތްތަކާއި ހަމަތަކަށް ޒަމާނާއެކު ބަދަލުތަކެއް އައިސްފައިވީ ނަމަވެސް މިއަދުވެސް ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެކަމަށް ވަޢުދުތައްވެ ރައްޔިތުންގެ އުއްމީދުތަށް ދީ ސަރުކާރައް އެކުލަވާލުވުމުގެ ބާރު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް ވިއްކަނީ މިދެންނެވުނު […]
އިންޑިއާގައި ބަންގީގެ އަޑު ކަނޑުވާލަން ހައްދުފަހަނަޅާފައިވާ ހިންދޫން ބޭނުން ވަނީ މިސްކިތްތަކުން ތާޅަފިލި ނަގަން
މުސްލިމް ކިޔަވާކުދީންނާއި އިންޑިއާގެ މުސްލިމުން ބުރުގާ އެޅުމާ ދެކޮޅަށް އިންޑިއާގައި ހިންދޫން ހިންގި އަނިޔާވެރި ހަރަކާތްތަކަކަށްފަހު ހައްދުފަހަނަޅާފައިވާ ހިންދޫން މިހާރު މަސައްކަތް ކުރަމުންދަނީ އިންޑިއާގެ މިސްކިތްތަކުގައި ހަރުކޮށްފައި ހުރި ތާޅަފިލިތައް ނެގުމަށެވެ. ބޭނުމަކީ އިންޑިއާގެ މިސްކިތްތަކުން ބަންގީގެ އަޑު ކަނޑުވައިލުމެވެ. ހައްދު ފަހަނަޅާފައިވާ ހިންދޫން މުސްލިމުންނަށް ބިރުދައްކައި މަޖުބޫރު ކުރަމުން ދަނީ މިސްކިތްތަކުގައި ހުރި ތާޅަފިލިތައް ނަގައި އޭގެ އަޑު ވީހާ އަވަހަކަށް ކަނޑުވައިލުމަށެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގައި މުސްލިމުންނަށް ހިންދޫންގެ ނުފޮރުއްޕާން ވަނީ ހައްދު […]
އިސް މީހެއްގެ ގޮތުގައި ޓެރަރިޒަމް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހާއަށް ދައުވާކޮށްފި
ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއތައް ތާއީދުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޖަމާއަތުގެ ފިކުރު ތަކަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ގެ މައްޗަށް ދައުވާކޮށްފި އެވެ. ހޫދު ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ހަ ވަނަ ދުވަހުއެވެ. ޕީޖީ […]
ހިޔާ ފްލެޓް ސަރަހައްދުގައި ބޭސް ވިއްކާ ފިހާރައެއް ހުޅުވައިފި
ހުޅުމާލޭ ދަވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ބޭސް ފިހާރައެއް ހުޅުވައިފިއެވެ. އިސްއެރި-2 ނަމުގައި ހުޅުވި މި ފާމަސީ ހުންނަނީ ޓަވަރު 5ގައެވެ. ގިނަ އަދަދެއްގެ ބަޔަކު މިހާރު ދިރިއުޅެމުންދާ ހިޔާ ފްލެޓް ސަރަހައްދުގައި އިތުރު ފާމަސީތައް ހުޅުވަން ވަނީ ނިންމާފައެވެ. ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ތިން ފާމަސީ އާއި ތިން ކްލިނިކް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެޗް5ގައި ހަދާ ކްލިނިކަކާއި ފާމަސީއާއި […]
މެސެއްޖަކާއި ގުޅިގެން ޑްރަގް ކޯޓްގެ ގާޒީގެ މައްސަލަ އެއް ބަލަންފަށައިފި
ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ނައީމުގެ ސޯޝަލް މީޑިއާގެ ގްރޫޕަކަށް ފޮނުވި މަސެޖަކާއި ގުޅިގެން ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރު ނައީމުގެ މައްސަލައެއް ބަލަން ނިންމީ ސޯޝަލް މީޑިއާ ގްރޫޕަކަށް އޭނާ ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާ ފަދަ ބަސްތަކެއް ބޭނުން ކުރައްވާފައިވާތީ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމް ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖަކީ އެޗްޑީސީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމި ހަބަރެއް އެހެން ފަނޑިޔާރަކު އެ ވައިބާ […]