އިޒުރޭލުގެ މަތިންދާ ބޯޓު ތަކަކުން ޢައްޒާއަށް ބޮމުގެ ހަމަލާތަކެއް ދިފި

Loading

Facebook
Twitter
WhatsApp

އިޒުރޭލުގެ މަތިންދާބޯއްޓުތަކަކުން ފަލަސްތީނުގެ ޢައްޒާ ސަރަހައްދަށް ގިނަ އަދަދެއްގެ ބޮމުގެ ހަމަލާތަކެއް ދީފިއެވެ. އިޒުރޭލުން ބުނި ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމާސްގެ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ އިމާރާތްތަކަށެވެ. މި ހަމަލާ ތަކުން ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބިފައިވިނަމަވެސް އެއްވެސް މީހަކު މަރުވިކަމެއް ނުވަތަ ނުވާކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އިޒުރޭލުން މި ހަމަލާ ދީފައިވަނީ ހަމާސްއިން ފޮނުވިކަމަށް ބެލެވޭ މިސައިލެއް އިސްރޭލުގެ ހުޅަނގު ސަރަހައްދުން ވައްޓާލުމަށް ފަހުއެވެ. އިޒުރޭލުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ފަލަސްތީނުން ފޮނުވި މި މިސައިލް ވައްޓާލާފައި ވަނީ އިޒުރޭލުގެ އަޔަން ޑޯމް ދިފާއީ ނިޒާމު ބޭނުންކޮށްގެންނެވެ. ހަމާސްއިން ބުނި ގޮތުގައި ޣައްޒާއަށް ބޮން އެޅި މަތިންދާ ބޯއްޓުތަކާ ދިމާއަށް އެ ޖަމާއަތުން ވަނީ މިސައިލް ފޮނުވާފައެވެ.

މީގެ ކުރިން ހަމާސްއިން ބުނި ގޮތުގައި ރަމަޟާން މަހުގެ ތެރޭގައި އަޤްސާ މިސްކިތުގައި އިޒުރޭލުގެ ސިފައިން ހަރަކާތްތެރިވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް ފަހަކަށް އައިސް އިޒުރޭލުގެ ސިފައިން ވަނީ ގިނަ އަދަދެއްގެ ހަމަލާތަކެއް އަޤްސާ މިސްކިތް ތެރޭގައި ކުރިޔަށް ގެންގޮސްފައެވެ. އަދި އެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ވަރަށް ގިނަ ރައްޔިތުންނަށް ވަނީ ޒަހަމްތައް ލިބިފައެވެ.

މި ހާދިސާތައް ހިނގުމުގެ ކުރިން އިޒުރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވަނީ ހަމާސްއިން އިސްރޭލާ ދެކޮޅަށް ބަދުނާމް ކުރުމުގެ ކެމްޕޭނެއް ކުރިޔަށް ގެންދާ ކަމަށް ބުނެފައެވެ. މިސްރު އަދި އުރުދުންއިން ވަނީ އިޒުރޭލުން އަޤްސާ މިސްކިތުގައި ކުރިޔަށް ގެންދިޔަ އަމަލުތައް ކުށްވެރިކޮށްފައެވެ.

Loading

One Response

  1. މިސްރު އަދި އުރުދުންއިން ވަނީ އިޒުރޭލުން އަޤްސާ މިސްކިތުގައި ކުރިޔަށް ގެންދިޔަ އަމަލުތައް ކުށްވެރިކޮށްފައެވެ. ހާދަ ބޮޑުވަރެއް ތިޔަ ކޮށްލީ….. ލަދުން ބޯހަލާކު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް