މެސެއްޖަކާއި ގުޅިގެން ޑްރަގް ކޯޓްގެ ގާޒީގެ މައްސަލަ އެއް ބަލަންފަށައިފި

Loading

Facebook
Twitter
WhatsApp

ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ނައީމުގެ ސޯޝަލް މީޑިއާގެ ގްރޫޕަކަށް ފޮނުވި މަސެޖަކާއި ގުޅިގެން ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ނައީމުގެ މައްސަލައެއް ބަލަން ނިންމީ ސޯޝަލް މީޑިއާ ގްރޫޕަކަށް އޭނާ ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާ ފަދަ ބަސްތަކެއް ބޭނުން ކުރައްވާފައިވާތީ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމް ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖަކީ އެޗްޑީސީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމި ހަބަރެއް އެހެން ފަނޑިޔާރަކު އެ ވައިބާ ގްރޫޕްގައި ހިއްސާކުރެއްވުމުން ފަނޑިޔާރުންނަށް ފްލެޓް ހަމަޖެއްސުމާ ގުޅުވައިލައްވައިގެން ކުރެއްވި މެސެޖެކެވެ.



ފަނޑިޔާރު ނައީމުގެ މައްސަލަ ބަލަނީ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގަ އެވެ. އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން މިހާރު ވަނީ ތަހުގީގު ކޮމިޓީ ވެސް އެކުލަވާލާފަ އެވެ.

ަނޑިޔާރު ނައީމަކީ މީގެ ކުރިން ވެސް ބައެއް ކަހަލަ މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާ ފަނޑިޔާރެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް