ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަޑައަޅައިފި

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް އިރުކޮށްފައިވާ ކަމަށެވެ.

އެއީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5 ވަނަ ދުވަހާއި އަޟްހާ އީދާއި ގުޅިގެން އަންނަ ޖުލައިމަހުގެ 13 އަދި 14 ވަނަ ދުވަހާއި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައިމަހުގެ 28 ވަނަ ދުވަހެވެ.

ފިތުރު އީދާއި ގުޅިގެން ގެނައި ބަދަލާއެކު 5 މެއި ބަންދުކުރުމުން ފިތުރު އީދު ބަންދަށް ލިބޭ ދުވަސް އިތުރުވާނެއެވެ. ކުރިން އޮތްގޮތުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވާފައި ހުންނަ ދުވަހަކީ ބުރާސްފަތި ދުވަސް އެކަންޏެވެ. ނަމަވެސް މެއި 5 ވާ ބުރާސްފަތި ދުވަސް ބަންދުކުރުމާއި ގުޅިގެން ފިތުރު އީދު ބަންދަށް އެއް ހަފްތާ ލިބޭނެއެވެ.

ޖުލައި މަހުގެ 13 އާއި 14 ބަންދުކުރުމަށް ނިންމެވުމުގެ ސަބަބުންވެސް އަޟްހާ އީދު ބަންދަށް 8 ދުވަސް ލިބޭނެއެވެ. އަދި ޖުލައި މަހުގެ 28 ބަންދު ދުވަހެއްގެގޮތުގައި ކަނޑައެޅުމުން މިނިވަން ދުވަހާއި ގުޅިގެން ބަންދު ދުވަހުގެ ގޮތުގައި 5 ދުވަސް ލިބޭނެއެވެ.


Loading

One Response

  1. ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙު ބަރާބަރު. އެއްދުވަސް ދެދުވަސް ބަންދުކޮށްލުމުން ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތަށް އަރާނެ އެއްވެސް ބުރުލެއް ނޯންނާނެއެވެ. މިހާރުވެސް އޮފީހަށް ސޮއިކޮށްފައި ދެން ދާނީ ކޮފީއަށެވެ. ޚިދުމަތް ހޯދަން ގޮސްތިބޭ މީހުން ޖެހޭނީ ހަމަ ތިބޭށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް