ރައްޔިތުންގެ ވިއަވަތި

Loading

Facebook
Twitter
WhatsApp

ރައްޔަތުން ދުސްތޫރީ އަދި ޝަރިޢަތެއް ހޯދައި ލިބިގަންނަނީ އެރައްޔިތެއްގެ، ފަސް އަސާސެއް ޙާސިލް ކުރުމަށެވެ: 1. އެމީހުންގެ ލެއާއި ފުރާނަ: 2.އެމީހުންގެ ގެދޮރާއި މުދާ: 3. އެމީހުންގެ ޙަސަބާއި ނަސަބު:4.އެމީހުންގެ އަބުރާއި ޢިއްޒަތުން ނަފުސު: 5. އެމީހުން އަޤީދާއެވެ.

މިއަސާސްތައް ބަހާލެވޭ ބަހާ ތަކާއި ގޮތްތަކާއި ހަމަތަކަށް ޒަމާނާއެކު ބަދަލުތަކެއް އައިސްފައިވީ ނަމަވެސް މިއަދުވެސް ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެކަމަށް ވަޢުދުތައްވެ ރައްޔިތުންގެ އުއްމީދުތަށް ދީ ސަރުކާރައް އެކުލަވާލުވުމުގެ ބާރު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް ވިއްކަނީ މިދެންނެވުނު ފަސް އަސާސްގައި ހިމެނޭ ބަހާތައްކަން ފާހަގަކުރަން ޖެހެއެވެ.

ދިވެހިން ޑިމޮކްރަސީއާއި އިންސާނީ ހައްޤާއި، ޢަދުލު އިންސާފުގެ ހަމަހަމަކަން ހޯދައި ލިބިގަތުމަށްކުރި ޙައްސާސް ދިގު ދަތުރުގެ ނިމުން އެނެމްފަހުގެ މަންޒިލަށް ވާސިލްވުމަށް އުފެއްދި ބްރޭނޑް ނަމަކަށް ޚިޔާރު ކުރެވުނީ އެމް.ޑީ.ޕީ މިތިން އަކުރުގެ ސްލޯގަނެވެ. މީފަހަރެއްގައި ވެސް މީހެއް ނުވަތަ ޢާއިލާއެއްގެ، ހަސަބެއް ނަސަބެއްނޫނެވެ. މިދެންނެވުނު ފަސްއަސާސް ޙާސިލްކުރުމަށް ދަތުރުކުރުމަށް ދިވެހިންގެ ގިނަބަޔަކު މިންނެތް މަސައްކަތުން އުފެއްދި، ފަލްސަފާއެކެވެ. އަދި އެހަމަތަކާއި އުސޫލުތައް ޤަބޫލުކުރާ އޭގެ އަހުލުވެރިން އަބަސުވެސް އޭގެފަހަތުން ހިނގައި ގޮސް އައިސްވާނޭ ނިޒާމެއްގެ ދަށުން ދިރުންހުރި ސިއްކައަކަށް ބަދަލު ކުރެވެނު ބިރުވެރި ނަމަވެސް ކާމިޔާބު މަސައްކަތެކެވެ.

މިހިސާބުން މިމައްސަކަތުގެ ބައިވެރިންގެ ތެރެއިން ބަޔަކު މިކަމުގައި އެހެން ރައްޔިތުންގެ ގުރުބާނީއާއި ކުރި މިންނެތް މަސައްކަތުގެ މަތިން ހަނދުމަނެތިކޮށް ދުނިޔެދުއް ބޮޑެތި ނުލަފާ ޖައްބާރު ޑިކްޓޭރުންފަދައިން އިސްލާޙީ މަސައްކަތުގެ ދިގުތާރީޚް އޮޅުވާލާއި މިތާރީޚް އެވެރިންނާއި ހަމައިން ފައްޓައިގެން ލިޔުމަށް ފަށައިގަނެވުނެވެ.

ދިވެހިން ނެގުނީ ތާރީޚް އެވެރިންނާއި ހަމައިން އެވެރިންލިއަން ފެށުމުގެ ފަހަތުގައި އޮތް އެވެރިންގެ އަމިއްލަ މަސްލަޙަތުގެ މައްޗަށެވެ. ހަމަ އެއާއިއެކު ގާއިމު ކުރެވުނު ފަލްސަފާތަކާއި ބީރައްޓަހި ވަގުންކަހަލަ ހަތުރުން ގާތްކޮށް އެމީހުންނަކީ ތެދުވެރި ފަލްސަފާގެ އަހުލުވެރިން ކަމުގައިވެސް ހަދަމުން ދިޔައިރު ދިވެހިންނަށް ތިބެންޖެހުނީ ފަލްސަފާ ނުވަތަ އައިޑޮލޮޖީތަކުގެ މަތިން ހަނދުމަ ނެތިފައެވެ. އެއީ މީހެއްކަމަށް ހަދައިގެން ހުރިހާ ފަލްސަފާއަކީ އިންސާނެއް ކަމުގައި ދެކި އަތްޖާހާށެވެ. އަދިވެސްމެއެވެ.

އިސްލާޙީމަސައްކަތުގެ ބައިވެރިން ގެ ތެރެއިން އިންސާފު ހޯދުމަށްޓައި ގުރުބާންވި އެތަކެއް ބަޔަކު ބާކީ ކޮށްލުމަށްފަހު ކޮފީ ބޯކުދިންގޮވައިގެން ވެރިކަމަކީ ތިމާމެންގެ ވާރުތަލު މުދަލަކަށް ދެކެން ސަކަރާތްޖަހަން ފެށީއެވެ. ގިނަރައްޔިތުން ހޭވެރިކަން ވީއިރު ދިވެހިންގެ އަމިއްލަވެރިކަމެއް ހޯދާއި ލިބިގަތުމަށްކުރި ނިޔަނެތި ދަތުރު މެދަކާއި ހަމައިން މުޅި ނިޒާމު ތަގައްޔަރުކޮށް ރައްޔިތުން ވިޔަވަތިވެސް މިވަނީ ޑިމޮކްރަސީއާއި ޢަދުލުއިންސާފާއި ހަމަ ހަމަ ކަމުގައި، ނަމުގައި އަމިއްލަ ޢާއިލާއާއި ރަޙްމަތްތެރިންނަށް ވާރުތަ ކޮށްދީ ފައެވެ. ދެލޮޕްޓޮޕް އާއި ދެރިސޯޓުގެ އާއްމުދަނީން ރައްޔިތުން ޚަރަދު ކުޑަ ސަރުކާރެއްގެ ތެރެއިން އުޖާލާ ދިރިއުޅުން ހޯދައިދީ ޢަދުލު އިންސާފް ހަމަހަމަކޮށް ލިއްބައިދޭނެ ކަމާއި އަދި ގޯތި ގެދޮރުގެ ދަތިކަން ވެސް ފިލައިގެންދާނެ ކަމަށް ވަޢުދުތަކެއް ވިއްކިއެވެ.

ވެރިކަން ލިބުނުތާ 720 ދުވަސް ނުވަނިސް މާތް ﷲ ގަންދީކުރެއްވި ހުވަޔާއި ދިމާ އިދިކީއްޔަށް މިސްރާބު ބަދަލުވެ ރޭވި ނުބައި ރޭވުންތައް ފަނުފުލުން ގޮސް އޮޑިފަރަށް އަރުވާލާފައި ފިއްލެވީމެވެ. ދެންވެސް މައިތިރިނުވެ ދައުލަތުގެ މުދަލައް ގެންލުންދީ 24 މަސްވަންދެން މަގުމަތީގައި އެކުގައި ކޮފީބޯ ކުދިން ގޮވައިގެން 24 ގަޑިއިރު މަގުމަތީ މުޒަހަރާ ކުރަން އުޅުމުގެ ނަތީޖާ އަކީ ލަފާކުރެވޭ ގޮތުގައި ދައުލަތައް 715 ބިލިއަން ރުފިޔާ ބޮޑުގެއްލުމެއް ދިނުމެވެ.

މިވަރުގެ ބަޔަކަށް ބާރެއް ދެވަނަ ފަހަރަށް ދިނުމުން ކަރުތެރޭގައި ލާންފެށި ހިތިރަހައަށް ވަމުންދާ ގޮތްއެބަފެނެއެވެ. ރައްޔިތުން ގެ ޒިންމާއަކީ ގަައުމަކަށް ވަރަށް މުހިއްމު ދައުރެކެވެ. ކުލައަކަށް، ނަސަބަކަށް ބެލުމެއްނެތި ކަމަށް އެކަށީގެންވާ ބައެއްގެ އަތަށް މެނުވީ އަގު ބޮޑު ނައު ދުއްވަން ޙަވާލުކުރަން ނުވާނެކަން ކަށަވަރުވެއްޖެއެވެ. ކޮންމެ ވޯޓަކާއި ދިމާކޮށް ޖަހަމުންދާ ޗައްކަރުތާއި އުކުޅުތަކުން ސަލާމަތްވެ ތިބެ ބުއްދި އިސްކޮށްގެން، ބޮލަށް އެޖަހާ ޗިޕްތައް ޖެހިޔަނުދީ ވިސްނާއި ފިކުރުކުރާ ބަޔަކަށް ރައްޔަތުން ވެގެން މެނުވީ ތިމާމެންގެ ދަރިންގެ ދަރިންނަށްޓަކައި ގައުމު ސަލާމަތެއް ނުކުރެވޭނަ ކަމާއިމެދު މިއަދު ދެބަސްވެވޭކަށް ނެތެވެ. މަންޒަރު ވަރަށް ސާފެވެ.

ދިވެހިން ހޯދައި ލިބިގަތުމަށް މަސައްކަތްކުރި ހަމަތަކާއި އުސޫލާއި އިންސާފު އޮތީ ދިވެހިންގެ އަތުން ބޮޑުތަނުން ބީވެފައެވެ. ދިވެހިންނައް ބަލައިގެނެ އެނބުރެން ތިބެވުނީ އެކަންކަމަށް ބީރަށްޓެހި އަސާސްއެއް ނުދަންނަ ނުވަތަ އެނގެން ބޭނުންނުވާ ޙީލަތްތެރި ޚުދުމުޚްތާރު ވެރިންތަކެއްގެ ފަހަތުގައެވެ. ދިވެހިންގެ ގިނަ މީހުންނަކީ ވިސްނުން ތޫނު މަސައްކަތްތެރި ބައެކެވެ.

ނަމަވެސް ހިތާމަޔާއި އެކު ބުނެވެންއޮތީ ގައުމުގެ އިސްލާޙީ މަސައްކަތުގައި ދިވެހި ކަމުވޮށިގެންވާ ދިވެހި މުޖުތަމަޢު އެބަޔަކު ގަބޫލުކުރާ އެނގިފަރިތަ މެޖޯރެޓީ ތިއްބަވަނީ ބޮޑުވަރިހަމައިގާ ކަމެވެ. އޭގެ ނަތީޖާއަކަށްވަނީ އަޑުގަދަ ދުނިޔެވީ ޙަޔާތަށް މާއްދިއްޔަތައްގޮސް ހުސްވެފައިތިބި ބައެއްގެ އަތްމައްޗަށް ގައުމުދިއުމެވެ. ނަތީޖާއަކީ ގައުމުގެ ގަދަރާއި ޢިއްޒަތަށް ބީރަށްޓެހި ބަޔަކު ގައުމު ހިންގުމާއި ޙަވާލުމުން ގައުމުގެ މިނިވަން ކަމާއި ގައުމިއްޔަތު ގެއްލިގެން ދިއުމެވެ.

އިސްލާޙީ މަސައްކަތް މިއަދު މިވަނީ އަލުންފެށިހިސާބުން ފަށަންޖެހިފައެވެ.

– މުޙައްމަދު މާހިރު – (ކޭ.އެމް)

Loading

3 Responses

  1. އަސްލު ތިހެންވީ. މިއޮތީ ތިހެންވެފާ. މީނާ އަކީ ވެސްޓްގެ އާދަކާދަ ދިރުވަން ހުރި އެޖެންޓަކަށް ހަދައިފި. އެހެވީމާ މީނާ ކޮސްގޮވިޔަސް ވަރަށް ސަތޭކައިގެ އެއްޗަކަށް އެވެރިންނަށައި އެއްޖޯޑުން ކޮފީބޯ ކުދިންކޮޅަށްވޭ. ދެން މީނަޔާއި އެއޮތީ ތިކިޔާ މުކއްބަ ސޭޓާއި އެބުނާ ދީން ޙިމާޔަތްކުރަން ރާއްޖޭގައިި އުފެއްދި އަދާލަތުން ގުޅިފާ. ދެން ފުރިތަނަށްވުރެ އެކޮޅުން ފަށްޓަންޖެހޭނެ ކަމަށް ފެނެއެވެ. ދިރިތިބީން ދެކޭނެތެވެ. އީދުގެ ފަހުން އަދި ތަންކޮޅެއް ތިލަކޮށް ބުނާނަން. ޝުކުރިއްޔާ.

  2. ސިސްޓަމެއް ނޫން މައްސަލައަކީ. އިންސާނާގެ ދަހިވެތިކަމާއި ނުބައިކަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް