އިސް މީހެއްގެ ގޮތުގައި ޓެރަރިޒަމް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހާއަށް ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއތައް ތާއީދުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޖަމާއަތުގެ ފިކުރު ތަކަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ގެ މައްޗަށް ދައުވާކޮށްފި އެވެ.

ހޫދު ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ހަ ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނީ އައިއެސް އިން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް އެ ޖަމާއަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ހޫދު ހިއްސާކޮށް އޭނާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީފައިވާ ކަމަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ އެވެ. އޭނާގެ މައްޗަށް ވަނީ ފަސް ދައުވާ އެއް އުފުލާފައެވެ.  މިދައުވާތައް ސާބިތު ވެއްޖެނަމަ އެންމެ ކުޑަވެގެންވެސް 34 އަހަރު އަހަރުގެ ޖަލު ހުކުމެއް ހޫދުއަށް އަންނާނެއެވެ.

ހޫދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ – 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުން – 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން – 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • ޓެރަރިސްޓް ޖަމާއަތަކަށް ތާޢީދުކުރުން – ތިން އަހަރާ ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން – އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް

ފުލުހުން ތުހުމަތުކުރާ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން އޭނާ ގެންދިޔައީ ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ހޫދު ޓެލެގްރާމް އަދި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ”ސްކާމިޝް“ އާއި ”ސްކާމިޝްކިޑް“ ފަދަ ނަންނަމުގައި އެކައުންޓްތައް ހަދައި ސޯޝަލް މީޑިއާ ގުރޫޕްތަކުގައި އައިއެސްއަށް ތާއީދުކޮށް އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދު ކުރާ މީހުންނަށް އެ ޖަމާއަތުގެ ލިޔެކިޔުންތައް ދައުރުކޮށްދީ އަދި ބައެއް ތަންތަނަށާ މީހުންނަށް ހަމަލާ ދިނުމަށް ގޮވާލާ ހަދާކަމަށެވެ.

އެގޮތުން  ހުޅަނގުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް ގޮވާލާ އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދެމުން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް