އިންޑިއާގައި ބަންގީގެ އަޑު ކަނޑުވާލަން ހައްދުފަހަނަޅާފައިވާ ހިންދޫން ބޭނުން ވަނީ މިސްކިތްތަކުން ތާޅަފިލި ނަގަން

Loading

Facebook
Twitter
WhatsApp

މުސްލިމް ކިޔަވާކުދީންނާއި އިންޑިއާގެ މުސްލިމުން ބުރުގާ އެޅުމާ ދެކޮޅަށް އިންޑިއާގައި ހިންދޫން ހިންގި އަނިޔާވެރި ހަރަކާތްތަކަކަށްފަހު ހައްދުފަހަނަޅާފައިވާ ހިންދޫން މިހާރު މަސައްކަތް ކުރަމުންދަނީ އިންޑިއާގެ މިސްކިތްތަކުގައި ހަރުކޮށްފައި ހުރި ތާޅަފިލިތައް ނެގުމަށެވެ. ބޭނުމަކީ އިންޑިއާގެ މިސްކިތްތަކުން ބަންގީގެ އަޑު ކަނޑުވައިލުމެވެ.

ހައްދު ފަހަނަޅާފައިވާ ހިންދޫން މުސްލިމުންނަށް ބިރުދައްކައި މަޖުބޫރު ކުރަމުން ދަނީ މިސްކިތްތަކުގައި ހުރި ތާޅަފިލިތައް ނަގައި އޭގެ އަޑު ވީހާ އަވަހަކަށް ކަނޑުވައިލުމަށެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގައި މުސްލިމުންނަށް ހިންދޫންގެ ނުފޮރުއްޕާން ވަނީ ހައްދު ފަހަނަޅާފައެވެ.

މުސްލިމުންގެ ދުޝްމަނެއްކަމުގައިވާ ބާލް ޓާކްރޭގެ ހައްދު ފަހަނަޅާފައިވާ ހިންދޫންގެ ޖަމާއަތުން ވަނީ މޭމަހުގެ 3 ވަނަ ދުވަހުގެ ކުރިން މަހާރާޝްޓްރާގެ މިސްކިތްތަކުން ތާޅަފިލި ނެގުމަށް އަންގާފައެވެ. ހައްދު ފަހަނަޅާފައިވާ ހިންދޫން ބުނާ ގޮތުގައި މޭ މަހުގެ 3 ވަނަ ދުވަހުގެ ކުރިން މިސްކިތްތަކުން ތާޅަފިލި ނުނަގައިފިނަމަ، މިސްކިތްތަކުގެ ބޭރުގައި ތާޅަފިލި ހަރުކޮށްގެން ހިންދީ މަޒުހަބުގެ ލަވަތައް އަޑުގަދަކޮށް ޖަހަން ފަށާނޭކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

ރާޖް ޓާކްރޭ: ހަޑިހުތުރު ބަހުރުވައިން ވާހަކަދެއްކުމަށް މަޝްހޫރު ލީޑަރެއް

ހައްދު ފަހަނަޅާފައިވާ ހިންދޫންގެ ލީޑަރެއްކަމުގައިވާ ރާޖް ޓާކްރޭ ޕޫނާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުން ބުނީ މޭ 3 ވަނަ ދުވަހާހަމަޔަށް ތާޅަފިލިތައް ނުނަގައިފިނަމަ ކަންތައް ކުރާނެ ގޮތަކާމެދު އެ ހިންދޫން ތައްޔާރަށް ތިބުމަށެވެ.

”މަހާރާޝްޓްރާގައި ފަސާދަ ހިނގާކަށް އަހަރުމެން ބޭނުމެއް ނޫން! އަހަރުމެން އަޅުކަން ކުރުން މަނައެއް ނުކުރަން. އަހަރުމެން ހަމައެކަނި ބޭނުން ވަނީ މުޅި ގައުމުގެ މިސްކިތްތަކުގައި ހަރުކޮށްފައިވާ ތާޅަފިލިތައް ނަގަން. ތާޅަފިލި ހަރުކުރުމަކީ ގާނޫނާ ޚިލާފުކަމެއް.“ މަހާރާޝްޓްރާގައި އެންމެ ހަޑިހުތުރުބަހުން ވާހަކަދައްކާ ލީޑަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ރާޖް ޓާކްރޭ ބުންޏެވެ. ”މުޅި އިންޑިއާގެ ހުރިހާ ހިންދޫންނަށް އަހަރެން ވާނީ މޭމަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިންތިޒާރުކުރަން އަންގާފައި. މުސްލިމުން ތާޅަފިލި ނުނަގައިފިނަމަ އޭގެ ފަހުން މިސްކިތްތަކުގެ ބޭރުގައި ތާޅަފިލި ބަހައްޓައިގެން ދީނީ ލަވަ ޖަހަން އަހަރުމެން ފަށާނަން.“

އިންޑިއާގެ ބޮޑުވަޒީރުކަން ނަރެންދުރަ މޯދީއަށް ލިބިވަޑައިގެންނެވި ފަހުން އިންޑިއާގެ މުސްލިމުންނަށް އެގައުމުގައި އަޅުކަންކޮށް ދިރިއުޅުން ވަނީ ވޭނަކަށް ވެފައެވެ.

Loading

One Response

  1. މިވަރުރުވާލާއިރު ކޮބައިތަ ޑރ.އިޔާޒް، އިމްރާން، އިލްޔާސް، ޝަހީމް؟މިވެރިން އުމުރާ އަދިހައްޖު ގުރޫޕް ވިޔަފާރީގައި ދޯ! އަދާލަތު ކޮބަޔޯ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް