ހިޔާ ފްލެޓް ސަރަހައްދުގައި ބޭސް ވިއްކާ ފިހާރައެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދަވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ބޭސް ފިހާރައެއް ހުޅުވައިފިއެވެ.

އިސްއެރި-2 ނަމުގައި ހުޅުވި މި ފާމަސީ ހުންނަނީ ޓަވަރު 5ގައެވެ.

ގިނަ އަދަދެއްގެ ބަޔަކު މިހާރު ދިރިއުޅެމުންދާ ހިޔާ ފްލެޓް ސަރަހައްދުގައި އިތުރު ފާމަސީތައް ހުޅުވަން ވަނީ ނިންމާފައެވެ.

ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ތިން ފާމަސީ އާއި ތިން ކްލިނިކް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އެޗް5ގައި ހަދާ ކްލިނިކަކާއި ފާމަސީއާއި އެޗް12ގައި ހަދާ ކްލިނިކަކާއި ފާމަސީގެ އިތުރުން އެޗް6ގައި ހަދާ ކްލިނިކަކާއި އެޗް11ގައި ހަދާ ފާމަސީއެކެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި އާންމުންނަށް ހިދުމަތް ދިނުމަށް ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އިތުރުން ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ވެސް ވަނީ ޓަވަރުތަކުން ޖާގަ ދީފައެވެ. އޭގެ ތެރެއިން  10 ފިހާރަ އެއް ވެސް މިހާރުވަނީ ހުޅުވައި ހިދުމަތް ދޭން ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް