މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލެއިން 1000 ގޯތި މާލޭ ރައްޔިތުންނަށް ދިނުމަށް ނިންމައި އެ ގޯތިތައްދޭނެ ސަރައްދު ކަނޑައަޅައިފައިވާ ކަމަށް ހައުސިން ޑިވެލޮމްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ދައުލަތުގެ މީޑީއާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރައްވާ ކަމަށާ އޭގެ ތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޯތިތައް ދޭނެ ސަރަހައްދު ކަޑައަޅައިފާ ކަމަށާ މިމަސް ނިމުމުގެ ކުރިން ޕްލޭނިން މިނިސްޓްރީއަށް އޭގެ މައުލޫމާތު ފޮނުވާނެކަމަށެވެ.  

އޭނާ ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ކަނޑައަޅާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަމަށެވެ.
ސުހައިލް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހާއްސަކުރެވޭ ސަރަހައްދާއިއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕްލޭނަށްވެސް ބަދަލު ތަކެއް އަންނާނެކަމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް, މާލެ ސަރަހައްދުން ބިން ދޫކުރަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މިކަން ހައްލުކުރުމުގެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2،000 ދޭނެ ކަމަށެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގޭ މަޝްރޫއަށް ކުރިމަތިލުމަށް އަންނަ ޖޫންމަހުގެ ތެރޭގައި ހުޅުވާލާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް