އެމްޑީޕީގެ ބައެއް މެންބަރުންނަކީ މިހާރުގެ ކޯލިޝަން ސަރުކާރުގެ ”ބޯއިން“

ރިޔާސީ އިންތިޚާބު 2018، ކޯލިޝަނެއް ނެތަސް އެމް.ޑީ.ޕީ އަށް ކާމިޔާބު ކުރެވޭނެއެވެ. މިހާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުންނަށް ރައްކާތެރިކަމެއް ލިބޭނީ އެމްޑީޕީ އަށް ވެރިކަން ލިބިގެންނެވެ. ކަންމިހެން ހުރިނަމަވެސް ކޯލިޝަންގެ ބޭފުޅުންނަށް އެމްޑީޕީގެ މެނިފެސްޓޯ ހަޖަމެއް ނުވިއެވެ. އެ މެނިފެސްޓޯ ތަންފީޒުކޮށްފިނަމަ ކޯލިޝަންގައި ހިމެނޭ ވަގުންނާއި ބާޣީންނާއި ގާތިލުން ސަލާމަތް ނުވާނެކަން އެނގި އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްތަށިފުޅަށް ސަވާރުވެގެން ކޯލިޝަނެއް ހަދަން ނިންމިއެވެ. ކޯލިޝަނަކީ މުޅި ދައުލަތް ޣަނީމާ ކުރުމުގެ މަގުސަދުގައި އެކުލަވާލި އެއްބަސްވުމެއްގެ ދަށުން […]

ޤާސިމްގެ މަރުގެ މައްސަލަ: އަދަބު ލުއިކޮށްދެވޭކަށް ނެތް

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑުރައިވަރު ޤާސިމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަދުހަމް މުޙައްމަދު (ފޮޓޯ) ޝަރީއަތުގައި އިއުތިރާފުވީ ނަމަވެސް އަދަބު ލުއި ކޮށްދެވެން ނެތް ކަމަށް ނިންމައިފިއެވެ. މިކަން މިގޮތަށް ނިންމެވީ މައްސަލައާ އަލަށް ހަވާލުވެލެއްވި ގާޒީ އަލީ ނަދީމެވެ. ޓެކްސީ ދަތުރެއް ކޮށްދެނިކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހަމަލާ ދިނުމަށްފަހު ޤާސިމް މަރަލާފައި ވަނީ ހުޅުމަލޭގައެވެ. މި މައްސަލައާ ގުޅިގެން އޭގެ 15 ދުވަސް […]

ނޭޓޯގެ ތަމްރީނުތަކެއްގައި ބޭނުންކުރި އެމެރިކާގެ މަތިންދާ ބޯޓެއް ވެއްޓި ހަލާކުވެއްޖެ

ނޯވޭގައި ކުރިއަށް ގެންދިޔަ ނޭޓޯގެ ތަމްރީނުތަކެއްގައި ބޭނުންކުރި އެމެރިކާގެ މަތިންދާ ބޯޓެއް ވެއްޓި ހަލާކުވެއްޖެ އެވެ. ކުކުރުދުވަހުގެ ރޭ ހިނގި ހާދިސާގައި ބޯޓުގައި ތިބި ސިފައިންގެ ހަތަރު މީހުން ވަނީ މަރުވެފައެވެ. ނޯވޭގައި ހަދަމުންދާ ނޭޓޯގެ ތަމްރީނުތައް އޭޕްރީލް ފުރަތަމަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ތަމްރީނުތަކުގައި މެންބަރު ގައުމުތަކުގެ 30 ހާސް ސިފައިން ބައިވެރިވަމުން އެބަގެންދެއެވެ. އަދި 200 ހަނގުރާމަމަތީ މަތިންދާބޯޓާއި ހަނގުރާމައިގައި ބޭނުންކުރާ 50 ކަނޑުގެ އުޅަނދު ވެސް ބޭނުންކުރަމުން […]

އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގައުމު ގެންދިއުމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ އެކަންޏެއްނޫން: ރައީސް ޔާމީނު

އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގައުމު ގެންދިއުމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ އެކަންޏެއް ނޫންކަމަށާއި އެ ޒިންމާ މިސަރުކާރުގެ ކޯލިޝަންގެ ހިމެނޭހުރިހާ ޕާޓީތަކާއި އެޕާޓީތަކުގެ ލީޑަރުން ނަގަންޖެހޭނެކަމަށް އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް ޔާމީނު ވިދާޅުވެއްޖެއެވެ. ނައިފަރުގައި ބޭއްވި އިންޑިއާ އައުޓް (އިންޑިއާ ބޭރުކުރޭ) ޙަރަކާތުގައި ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ އިންޑިއާގެ މިލިޓަރީއަށް ދިވެހިރާއްޖޭގައި މިގޮތަށް ފައިހިއްޕެވޭގޮތް ހަދައިދީގެން އުޅެނީއަކީ އިންޑިއާއިން ލިބޭ ބިސްކޮޅެއްގެ ބަދަލުގައި ނޫންކަމަށާއި އެކަން މިސަރުކާރުން ކޮށްގެން އުޅެނީ އިންޑިއާއާއި ނުލައި […]

ރައްޔިތުންގެ ޖީބަށް ލުއިކޮށް ވަޢުދުތައް ފުއްދަވައި ދެއްވުމަށް ރައްޔިތުން އެދޭ

މިނީ ބަހުގެ ޚިދުމަތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވާނެ ކަމަށް ވެފައިވާ ވަޢުދެކެވެ. މި ވަޢުދު ފުއްދަވައި ދެއްވިނަމަ ޓެކްސީ ތަކުގެ އަގުބޮޑު ކުރިއަސް ރައްޔިތުން ކަންބޮޑުވާކަށް ނުޖެހުނީހެވެ. ޕަބްލިކް ޓްރާސްޕޯޓުގެ ޚިދުމަތް ތަޢާރަފްވެފައި އޮތްނަމަ ޓެކްސީ ދަތުރުތަކަށް ރައްޔިތުން ބަރޯސާވާކަށް ނުޖެހުނީސްތާއެވެ! ސަރުކާރުން މިނީ ބަހުގެ ޚިދުމަތް ލަސްކުރުމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހެއެވެ. މިހާރު ވެސް ޓެކްސީ ދަރުތައް ހުރީ […]

ބަލްގޭރިއާ، ލެޓްވިއާ އަދި އެސްޓޯނިއާގައި ތިބި ރަޝިއާގެ މަންދޫބުން ފޭބުމަށް އަންގައިފި

ރަޝިއާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވިކަމަށް ބުނެ ބަލްގޭރިއާ، ލެޓްވިއާ އަދި އެސްޓޯނިއާގައި ތިބި ރަޝިއާގެ ހުރިހާ މަންދޫބުން އެ ގައުމުން ފޭބުމަށް ބަލްގޭރިއާގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ. ބަލްގޭރިއާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ލިޔެފައިވާ ބަޔާނެއްގައި ވާ ގޮތުގައި އެ ގައުމުގެ ބޮޑުވަޒީރު ކްރިލް ޕެޓްކޮވްގެ އިޒުނަ ހޯދުމަށްފަހު ރަޝިއާއިން ބަލްގޭރިއާއަށް ހަމަޖައްސާފައިވާ މަންދޫބަށް ބަލްގޭރިއާއިން 72 ގަޑިއިރު ތެރޭ ފޭބުމަށް ވަނީ އަންގާފައެވެ. ބަލްގޭރިއާގެ ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމަންޓްގައިވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުގެ […]

ދުނިޔޭގައި ފަލަ މީހުންގެ އަދަދު ބިލިއަނަކަށްވުރެ ގިނަ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެއްބިލިއަނަށްވުރެ ގިނަ މީހުން ފަލަވުމުގެ ޝިކާރައަކަށް ވަނީ ވެފައެވެ. ފަލަ މީހުންގެ ތެރޭގައި 65 އަހަރަށް ވުރެ ދޮށީ މީހުންނާއި ޒުވާނުންނާއި ކުޑަ ކުދީން ވެސް ހިމެނެއެވެ. ޒުވާނުންގެ ތެރެއިން 34 މިލިއަން މީހުން ފަލަ މީހުންގެ ގޮތުގައި ބެލެވިފައިވާއިރު ހަތަރު މިލިއަނެއްހާ ކުޑަ ކުދީން ވެސް ފަލަ ލިސްގައި ހިމެނިފައިވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރާ ހަމައަށް ދާއިރު ފަލަވުމުގެ ސަބަބުން 16 މިލިއަނަށްވުރެ ގިނަ މީހުންގެ […]

”ކަޝްމީރް ފައިލްސް“ ގެ ސަބަބުން މުސްލުމިންނާ ދެކޮޅު ފިކުރު އިންޑިއާގައި އިތުރުވަނީ

އިންޑިއާގެ ސަހަރެއް ކަމަށްވާ ކަޝްމީރުން އެތައް ހާސް ހިންދޫން އަރުވާލެވުނު ހާދިސާ އާ ގުޅޭ ގޮތުން ހަދާފައިވާ ހިންދީ ފިލްމެއް ކަމަށްވާ ”ކަޝްމީރް ފައިލްސް“ ސިނަމާ ތަކުގައި ދައްކަން ފެށުމާ އެކު މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ ހިންދޫން އަޑު އުފުލަމުން ދާ މިންވަރު ވަނީ އިތުރުވެފައެވެ. މި ފިލްމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ތައުރީފު ކުރައްވާފައެވެ. ސަތޭކަ ހަތްދިހަ މިނިޓުގެ ”ކަޝްމީރް ފައިލްސް“ އަކީ ދަރިވަރަކު އޭނާގެ އާއިލާ މަރުވި ގޮތުގެ ހަގީގަތް […]

މުސްލިމުންގެ ބޮލުގައި ލާދީނީ ޓެގު އެޅުވުމަކީ ކޮންކަހަލަ ކަމެއް ބާވައެވެ؟

އެއްވެސް މުސްލިމަކު ސިހުރު ހަދައި އޮރިޔާން ޙާލުގައި ދެ ނަޖިހުން ތާހިރުނުވެ އިރުއަރަމުން އަންނަ ވަގުތު އިރަށް ކުރިމަތިލައިގެން ހުރެ ދެ ރަކުޢަތް ނަމާދެއް ކޮށްފިނަމަ، އެ މުސްލިމް މީހާ އިސްލާމް ދީނުން ބޭރުވާނެކަމަށް ބައެއް މީހުން ގަބޫލުކުރާނެއެވެ. އެއީ މުސްލިމެއް ނޫންކަމަށް ގަބޫލުކުރާނެއެވެ. އަދި އަނެއްބަޔަކު އެއީ ލާދީނީ މީހެއްކަމަށް ގަބޫލުކުރާނެއެވެ. އޮރިޔާން ޙާލުގައި ސިހުރުގެ ފެން ޖާޑިއަލެއްގައި އެމީހާ 3 ގަޑިއިރު ބޭއްވި ފާދިރީގެ ދުލުން މީޑިއާގައި އެވާހަކަ ތަފުޞީލު ކޮށްދީފައި ވެއެވެ. އެހެނަސް […]

މިހާތަނަށް އިޒްރޭލަށް ދިން އެންމެ ބޮޑު ސައިބާ ހަމަލާއަށް ފަހު އެ ގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފި

މާޗް 14ވަނަ ދުވަހު އިސްރޭލު ސަރުކާރުގެ ގިނަ ވެބްސައިޓްތަކަކަށް އަމާޒުކޮށް ދިން ސައިބާ ހަމަލާއެއްގައި ސަރުކާރުގެ ގިނަ ވެބްސައިޓްތަކެއް ވަނީ ހުއްޓިފައެވެ. އިޒްރޭލު ސަރުކާރުން ބުނި ގޮތުގައި މި ހަމަލާއަކީ އެ ގައުމަށް މިހާތަނަށް ދީފައިވާ އެންމެ ބޮޑު ސައިބާ ހަމަލާއެވެ. އިޒުރޭލުގެ ހެލްތު މިނިސްޓްރީ، ޖަސްޓިސް މިނިސްޓްރީ، އަދި ވެލްފެއަރ މިނިސްޓްރީގެ އިތުރުން ޕްރައިމް މިނިސްޓަރުގެ ވެބްސައިޓަށްވެސް ވަނީ މި ހަމަލާގައި އަސަރުކޮށްފައެވެ. މިހަމަލާގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ އިސްރޭލުގެ ޖާސޫސީ އިދާރާ ކަމަށްވާ […]