މިހާތަނަށް އިޒްރޭލަށް ދިން އެންމެ ބޮޑު ސައިބާ ހަމަލާއަށް ފަހު އެ ގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފި

Loading

Facebook
Twitter
WhatsApp

މާޗް 14ވަނަ ދުވަހު އިސްރޭލު ސަރުކާރުގެ ގިނަ ވެބްސައިޓްތަކަކަށް އަމާޒުކޮށް ދިން ސައިބާ ހަމަލާއެއްގައި ސަރުކާރުގެ ގިނަ ވެބްސައިޓްތަކެއް ވަނީ ހުއްޓިފައެވެ. އިޒްރޭލު ސަރުކާރުން ބުނި ގޮތުގައި މި ހަމަލާއަކީ އެ ގައުމަށް މިހާތަނަށް ދީފައިވާ އެންމެ ބޮޑު ސައިބާ ހަމަލާއެވެ.

އިޒުރޭލުގެ ހެލްތު މިނިސްޓްރީ، ޖަސްޓިސް މިނިސްޓްރީ، އަދި ވެލްފެއަރ މިނިސްޓްރީގެ އިތުރުން ޕްރައިމް މިނިސްޓަރުގެ ވެބްސައިޓަށްވެސް ވަނީ މި ހަމަލާގައި އަސަރުކޮށްފައެވެ. މިހަމަލާގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ އިސްރޭލުގެ ޖާސޫސީ އިދާރާ ކަމަށްވާ މޮސާޑްގެ ވެބްސައިޓަށް ވެސް ވަނީ މި ހަމަލާގައި ގެއްލުންލިބުމެވެ. ސަރުކާރު ވެބްސައިޓްތައް ރައްކާތެރި ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކުންފުނީގެ ވެބްސައިޓަށް ވެސް މި ހަމަލާގެ އަސަރުތައް ކޮށްފައިވެއެވެ.

އިޒުރޭލުގެ މަޤްބޫލު ނޫހެއް ކަމަށްވާ ހަރީޒް ނޫހުން ބުނި ގޮތުގައި މި ހަމަލާއަކީ އިދިކޮޅު ސަރުކާރަކަން ނުވަތަ ބޮޑު ޖަމިއްޔާއަކުން ދީފައިވާ ހަމަލާއެއްކަމަށް އެ ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް މި ހަމަލާދިން ފަރާތެއް އަދި ހޯދިފައެއް ނުވެއެވެ.

އިރާނުގެ އައި.އާރް.ޖީ.ސީއަށް ނިސްބަތްވާ ޓެލެގްރާމް ގްރޫޕުތަކަކުން ވަނީ ”ސަޕްރައިޒް“ ފާރިސީ ބަހުންނާއި ހިބްރޫ ބަހުންނާއި އިނގިރޭސި ބަހުން ލިޔެ ޕޯސްޓް ތަކެއް ކޮށްފައެވެ. ނަމަވެސް އީރާނުން އަދި މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

މި ސައިބާ ހަމަލާ ޕަބްލިކް ވެބްސައިޓް ތަކުގެ އިތުރުން އެހެން ވެބްސައިޓްތަކާ ހިސާބަށް ފޯރާފައިވޭތޯ ބެލުމަށްޓަކައި އިސްރޭލުގެ ސަރުކާރުން ވަނީ އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އިސްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި .gov.il ބޭނުންކޮށްފައި ހުރި ހުރިހާ ވެބްސައިޓަކަށް ވަނީ މި ހަމަލާގައި އަސަރުކޮށްފައެވެ.

އިރާނުން މި ހަމަލާގެ ޒިންމާ އުފުލާފައި ނުވި ނަމަވެސް މި ހަމަލާދިން ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިރާނެވެ. މީގެ ދުވަސްކޮޅެއް ކުރިން އިސްރޭލުގެ އެއާ ފޯސްއިން ދިން ހަމަލާއެއްގައި އައި.އާރް.ޖީ.ސީގެ ދެ އޮފިސަރަކު ވަނީ މަރުވެފައެވެ. މީގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން ވަނީ 13 މާޗްގައި އިޒުރޭލުގެ މަރުކަޒަކަށް ހަމަލާދީ އިސްރޭލުގެ ގިނަ ސިފައިންތަކެއް މަރާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް