މުސްލިމުންގެ ބޮލުގައި ލާދީނީ ޓެގު އެޅުވުމަކީ ކޮންކަހަލަ ކަމެއް ބާވައެވެ؟

Loading

Facebook
Twitter
WhatsApp
A man holds rosary beads while at prayer in Sule Paya.

އެއްވެސް މުސްލިމަކު ސިހުރު ހަދައި އޮރިޔާން ޙާލުގައި ދެ ނަޖިހުން ތާހިރުނުވެ އިރުއަރަމުން އަންނަ ވަގުތު އިރަށް ކުރިމަތިލައިގެން ހުރެ ދެ ރަކުޢަތް ނަމާދެއް ކޮށްފިނަމަ، އެ މުސްލިމް މީހާ އިސްލާމް ދީނުން ބޭރުވާނެކަމަށް ބައެއް މީހުން ގަބޫލުކުރާނެއެވެ. އެއީ މުސްލިމެއް ނޫންކަމަށް ގަބޫލުކުރާނެއެވެ. އަދި އަނެއްބަޔަކު އެއީ ލާދީނީ މީހެއްކަމަށް ގަބޫލުކުރާނެއެވެ.

އޮރިޔާން ޙާލުގައި ސިހުރުގެ ފެން ޖާޑިއަލެއްގައި އެމީހާ 3 ގަޑިއިރު ބޭއްވި ފާދިރީގެ ދުލުން މީޑިއާގައި އެވާހަކަ ތަފުޞީލު ކޮށްދީފައި ވެއެވެ. އެހެނަސް އެމީހާ އަށް ލިބުނީ އިސްލާމް ދީން ޙިމާޔަތް ކުރާމީހެއްގެ ޝަރަފެވެ. އަދި ވެސް މިކަހަލަ އެތައް ކަމެކެވެ.

މި ރާއްޖޭގެ ކަނޑުއަޑީގައި އެންމެ ފުރަތަމަ ބުދުފައްޅިއެއް ބިނާކުރީ ވެސް މިދެންނެވި މީހާއެވެ. މީގެ އިތުރުން ނިމިދިޔަ ސަރުކާރުގެ އެންމެހައި މުއައްސަސާތަކުގެ ވެރީންނަށް ރިޝްވަތު ދީ މުޅި ސަރުކާރު ކަސްތޮޅު އަޅުވައި ޢަދުލުއިންޞާފުގެ ދާއިރާ އަމިއްލަ މުށުތެރެއަށް ލައި ނުޙައްޤުން އެތައް ބަޔަކު ޖަލަށް ލީ ވެސް މިދެންނެވި މީހާ އެވެ. ދައުލަތުގެ ޚަޒާނާއިން އެތައައް ބިލިއަން ރުފިޔާ ވަގަށް ނަގައި އޭގެ ތެރެއިން ބައެއް އަމިއްލަ އެކައުންޓް ތަކަށް ޓްރާންސްފަރ ކުރައްވާފައި ވެއެވެ. އެހެނަސް މިދެންނެވި މީހާ ލާދީނީ މީހަކަށް ނުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް