އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގައުމު ގެންދިއުމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ އެކަންޏެއްނޫން: ރައީސް ޔާމީނު

Loading

Facebook
Twitter
WhatsApp

އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގައުމު ގެންދިއުމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ އެކަންޏެއް ނޫންކަމަށާއި އެ ޒިންމާ މިސަރުކާރުގެ ކޯލިޝަންގެ ހިމެނޭހުރިހާ ޕާޓީތަކާއި އެޕާޓީތަކުގެ ލީޑަރުން ނަގަންޖެހޭނެކަމަށް އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް ޔާމީނު ވިދާޅުވެއްޖެއެވެ.

ނައިފަރުގައި ބޭއްވި އިންޑިއާ އައުޓް (އިންޑިއާ ބޭރުކުރޭ) ޙަރަކާތުގައި ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ އިންޑިއާގެ މިލިޓަރީއަށް ދިވެހިރާއްޖޭގައި މިގޮތަށް ފައިހިއްޕެވޭގޮތް ހަދައިދީގެން އުޅެނީއަކީ އިންޑިއާއިން ލިބޭ ބިސްކޮޅެއްގެ ބަދަލުގައި ނޫންކަމަށާއި އެކަން މިސަރުކާރުން ކޮށްގެން އުޅެނީ އިންޑިއާއާއި ނުލައި މިސަރުކާރަށް ދެން އުޅެވެންނެތިގެން ކަމަށާއި އެކަންފެށިގެން އައީ ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރެއް ވައްޓާލުމަށް އިންޑިއާ އާއި ގުޅިގެން ރައްޖޭގެ ސިޔާސީ މައިދާނުގައި ލީޑަރުންކަމަށް ހެދިގެން އުޅުނު އެންމެންވެގެން ކޯލިޝަންއެއް ހަދައިގެން ހިންގި ގަޑުބަޑުގަނޑެއްގެ ރެތެއިންކަމަށް ވިދާޅުވިއެވެ.

”އެއީ ދިވެހި ތާރީޚުގައި މިހިލާލި ހިލާލުން މިގެނައި ގަޑުބަޑަކީ ރައްޔަތުންނަށް ފެނިގެންދާނެ އެންމެ ގައްދާރު އެންމެ ޚިޔާނާތްތެރި އެންމެ މުޑުދާރު ޢަމަލް“. މީގެތެރޭގައި ގިނަ ދީނީ ޢިލްމު އުުނގެނިގެން ތިބިބަޔަކުވެސް ބައިވެރިވެ ބޮޑު ދޮގުތަކާއި އޮޅުވާލުން ތަކެއްގެތެރޭގައި ހިންގި ޙިލަތްތެރި ޢަމަލެއްކަމުގައި ޔާމީނު ވިދާޅުވިއެވެ. އަދި އެމީހުން މިފަދަ ދޮގުވާހަކަތައް ދައްކާއިރު ގުރުއާނާއި ޙަދީސުންވެސް ދަލީލުދައްކާފައި މިކަހަލަ ދޮގުވާހަކަތައް ސިޔާސީ މަގުސަދުފުށްދުމަށް ދައްކާކަމަށެވެ.

އެހުރިހާ ކަމެއް ސަރުކާރު ބަދަލުކޮށްލުމަށްޓަކައި ޙިކުމަތްތެރިކަމާއިއެކު ސަރުކާރު ބަދަލުކޮށްލުމަށް ކުރިމަސައްކަތުގައި މިތާކައިރީގައި މިއޮތް ބޮޑުބޭބެ އިންޑިއާއިން ހުރިހާއެނހީތެރިކަމާއި ފައިސާހޯދީ އިންޑިއާއަތުން ކަމުގައިވެސް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖޭގެ ވެރިކަން ވަކިގޮތަކަށް ބައްޓަންކުރުމުގެ ވިސްނުން މާކުރިންވެސް ގެންގުޅޭ: އެގޮތުން އިންޑިއާއިން މާލީއެނހީތެރިކަން ފޯރުކޮށްދޭނީ އެމީހުންނަކީ މާ ފުއްދުންތެރި ގައުމަކަށްވާތީ ނޫންކަމާއި އިންޑިއާގެ ގިނަ އަވަށްތަކުގައި ދިރިއުޅޭ މީހުންގެ ފެންވަރުހުރީ ރާއްޖޭގެ މީހުނަށްވުރެ މާދަށުޖަރަގައި ކަމުގަޔާއި އެހެންނަމަވެސް އެމީހުން ދިވެހިރާއްޖެއަށް ޝައުގުވެރިވަނީ ރާއްޖޭގެ ވަސީލަތްތަކަށް ކަމަށާއި އެގޮތުން އެމީހުނަށް ކޮންޓްރޯލް ކުރެވޭ ވެރިކަމެއް ދިވެހިރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ވަސީލަތްތަކުން އިންޑިއާއަށް މަންފާ ހޯދުމަށްކަމަށް ޔާމީނު ވިދާޅުވިއެވެ.

އެގޮތުން އެފުރުސަތު އެމީހުނަށް މިސަރުކާރުން ތަނަވަސް ކޮށްދީފައި ވެއެވެ. އެކަމުގެ ފުރިހަމަ ޒިންމާ މިސަރުކާރުގެ އެންމެހާ ލީޑަރުން ނަގަންޖެހޭނެކަމަށާއި މި ސަރުކާރުގެ ލީޑަރުންނަށް ޔާމީނު ފާޑު ވިދާޅުވެފައި ވާއިރު މީގެކުރީގެ އިންޑިއާ އައުޓު ކެމްޕޭންތަކުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ގައުމަށް މި ބޮޑުތަނުން ގައްދާރުވެފައިވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަމާއިމެދު ޝައްކެއްނެތްކަމުގައެވެ.

އިންޑިއާގެ މިލިޓަރީ ދިވެހިރާއްޖޭގައި ތިބުމަށް ވެވިފައިވާ އެއްބަސްވުމުގައި ބުނާގޮތުން އިންޑިއާއަށް ރާއްޖެއަށް ކަނޑާއި ވައިގެމަގުން އެތެރެވުމުގެ ހުއްދައެއް ނަގަން ނުޖެހޭކަމަށާއި އަދި އެމީހުން އެތެރެކުރާ އެއްވެސް އެއްޗެސް ޗެކްކުރުމުގެ ބާރު ދިވެހި ސިފައިންނަށް، ކަސްޓަމަށް ލިބިގެން ނުވާކަމަށާއި އަދި ބޭނުން ހަތިޔާރެއް އެތެރެކުރެވޭގޮތަށް އޮތްކަމުގައިވެސް ރައީސް ޔާމީނު ވިދާޅުވެފައިވެއެވެ.

 

 

 

Loading

One Response

  1. އެމީހަކު ލިޔުއްވާ ސޮއިކުރުވި އެއްޗަކު އޮންނާނެ އެއްޗެއް އެނގޭނެތާ އެ މީހަކަށް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް