ނޭޓޯގެ ތަމްރީނުތަކެއްގައި ބޭނުންކުރި އެމެރިކާގެ މަތިންދާ ބޯޓެއް ވެއްޓި ހަލާކުވެއްޖެ

Loading

Facebook
Twitter
WhatsApp

ނޯވޭގައި ކުރިއަށް ގެންދިޔަ ނޭޓޯގެ ތަމްރީނުތަކެއްގައި ބޭނުންކުރި އެމެރިކާގެ މަތިންދާ ބޯޓެއް ވެއްޓި ހަލާކުވެއްޖެ އެވެ. ކުކުރުދުވަހުގެ ރޭ ހިނގި ހާދިސާގައި ބޯޓުގައި ތިބި ސިފައިންގެ ހަތަރު މީހުން ވަނީ މަރުވެފައެވެ.

ނޯވޭގައި ހަދަމުންދާ ނޭޓޯގެ ތަމްރީނުތައް އޭޕްރީލް ފުރަތަމަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ތަމްރީނުތަކުގައި މެންބަރު ގައުމުތަކުގެ 30 ހާސް ސިފައިން ބައިވެރިވަމުން އެބަގެންދެއެވެ. އަދި 200 ހަނގުރާމަމަތީ މަތިންދާބޯޓާއި ހަނގުރާމައިގައި ބޭނުންކުރާ 50 ކަނޑުގެ އުޅަނދު ވެސް ބޭނުންކުރަމުން އެބަ ގެންދެއެވެ.

އެމެރިކާގެ މަތިންދާ ބޯޓު ވެއްޓެން ދިޔައިރު އޭގައި ރޯވެ އަނދަމުން ދިޔަތަން ފެނިފައިވެއެވެ. ވެއްޓުނު ބޯޓުގައި ތިބީ ކޮންބައެއްކަމެއް ނޭނގެއެވެ. ބޯޓުގައި ތިބީ ކޮން ބައެއް ކަމާއި ބޯޓު ވެއްޓެން ދިމާވީ ކީއްވެގެންތޯ ބެލުމުގެ ތަހުގީގެއް ހިންގަމުން އެބަގެންދެއެވެ.

އެމެރިކާގެ ބޯޓު ވެއްޓުނު ވަގުތު ވަރަށް ގަދައަށް ވައިޖެހި ބޯކޮށް ވާރޭވެހެމުން ދިޔައެވެ. ބޯޓު ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ކޮމިޓީއެއް އެކުލަވާލައި ކަމާބެހޭ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް