ދުނިޔޭގައި ފަލަ މީހުންގެ އަދަދު ބިލިއަނަކަށްވުރެ ގިނަ

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެއްބިލިއަނަށްވުރެ ގިނަ މީހުން ފަލަވުމުގެ ޝިކާރައަކަށް ވަނީ ވެފައެވެ.

ފަލަ މީހުންގެ ތެރޭގައި 65 އަހަރަށް ވުރެ ދޮށީ މީހުންނާއި ޒުވާނުންނާއި ކުޑަ ކުދީން ވެސް ހިމެނެއެވެ. ޒުވާނުންގެ ތެރެއިން 34 މިލިއަން މީހުން ފަލަ މީހުންގެ ގޮތުގައި ބެލެވިފައިވާއިރު ހަތަރު މިލިއަނެއްހާ ކުޑަ ކުދީން ވެސް ފަލަ ލިސްގައި ހިމެނިފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރާ ހަމައަށް ދާއިރު ފަލަވުމުގެ ސަބަބުން 16 މިލިއަނަށްވުރެ ގިނަ މީހުންގެ ދުޅަހެއުކަން ގެއްލިގެންދާނެއެވެ.

ފަލަ ބަލީގެ އަސަރު

ފަލަވެ ބަރުވުމުން ބޭނުންވާ ވަރަށްވުރެ ސަރުބީ ހަށިގަނޑުގައި އިތުރުވެ ސިއްހަތަށް ނޭދެވޭ އަސަރު ކުރަންފަށައެވެ. އަދި މުޅި ހަށިގަނޑުގެ ހިނގުމުގެ ނިޒާމަށް ނުބައި އަސަރު ފެތުރިގެންދެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނި ގޮތުގައި ފަލަވުމުގެ ސަބަބުން ހިތަށާއި މެއަށާއި ކިޑުނީއަށާއި ހުޅުތަކަށް ބޮޑެތި ގެއްލުން ލިބެމުންދެއެވެ. އޭގެ އިތުރަށް ފަލަވުމުގެ ސަބަބުން ހަކުރު ބަލި ޖެހުމާއި، ޕްރެޝަރ މަތިވުމާއި ވައުބަލި ޖެހުމަށާއި ކެންސަރު ބައްޔަށް މަގު ފަހިވުމުގެ އިތުރަށް ސިކުނޑީގެ ތަފާތު ބަލިތަކަށް ވެސް މަގު ފަހިވެގެން ދެއެވެ.

ފަލަ މީހުން އިތުރު ވަނީ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ރިޕޯޓެއްގައި ވާގޮތުން 1975އިން ފެށިގެން މިހާތަނަށް ދުނިޔޭގައި ފަލަ މީހުންގެ އަދަދު ވަނީ ތިން ގުނައަށް އިތުރުވެފައެވެ. ކަން އެހެން އޮތުމުން ހުރިހާ ގައުމެއް ގުޅިގެން ކޮންމެ މީހަކީ ވެސް ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ކުރާ ދުޅަހެއު މީހަކަށް ހަދަން ވަނީ ޖެހިފައެވެ.

ފަލަ ބައްޔާ ދެކޮޅަށް މުހިއްމު ފިޔަވަޅުތަކެއް އަޅައި އިތުރަށް ހޭލުންތެރި ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވެސް ދަނީ ތައްޔާރު ވަމުންނެވެ. މޭމަހު ބާއްވާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެސެމްބުލީގައި ކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ބަހުސް ކުރެވޭނެއެވެ.

ބޭނުން ވަނީ ތިމާގެ ހަށިގަނޑު ފަލަވެ ސިއްހަތަށް ގެއްލުން ދޭ ކާނާއިން ދުރުހެލިވުމެވެ. ބަރާބަރަށް ކަސްރަތުކޮށް ހަށިގަނޑުގެ ބަރުދަނާއި ބައްޓަން ހިފެހެއްޓުމެވެ.

ސިއްހަތު ސަލާމަތުން ހުރުމަކީ ހާސް ނިއުމަތެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް