ސިޔާސީ އަވާމެންދުރު ފަހާދުވުން

އަވާމެންދުރަކީ ހަމައެކަނި ފެންބޮވައިގެންފައިވާ މީހަކަށް ހަނަފަސް ސަހަރާއެއްގެ ތެރޭން ފެންނަ ފެނުމެއްނޫނެވެ. އެބަހުގެ މުރާދުގެ ތެރޭގައި ހިމެނޭ ކަންތައްތައް ވަރަށްވެސް ގިނައެވެ. ސިޔާސީ ދަޅަ ދެއްކުމަކީވެސް އޭގެ ތަފްސީރުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާނެއެވެ. ދުނިޔެއަށް އަންނަމުންދާ އަމިއްލަ އެދުމުގެ ފަންނުގައި ހިމެނޭ އެންމެ ފާހަގަކުރެވޭ ކަމަކީވެސް ސިޔާސީ ދަޅަދެއްކުމެވެ. އެއަށްވުރެން ސާދާކޮށްބުނާނަމަ ސިޔާސީ އަވާމެންދުރު ފަހާދުވަން ޖެއްސުމެވެ.  ކުރީ ޒަމާނުގައި އަދި ދެވަނަބޮޑު ހަނގުރާމައާއި ހަމަޔަށްވެސް ގައުމުތައް އަޅުވެތިކޮށް އިސްތިއުމާރު ކުރަމުންގެންދިޔައީ ހަނގުރާމަ ކޮށްގެން ނިކަމެތިން […]

ރަޝިއާ އަދި ޔޫކްރޭނާ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފެށިއްޖެ.

ދެ ގައުމުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާ ސުލްހަ ގާއިމް ކުރުމަށްޓަކައި ރަޝިއާގެ އޮފިޝަލުންނާއި ޔޫކްރޭނުގެ އޮފިޝަލުންގެ މެދުގައި ބޭއްވޭ ބައްދަލުވުންތައް ބެލާރުސްގައި ފެށިއްޖެއެވެ. މި ބައްދަލުވުންތައް ބާއްވަމުން މިދަނީ ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައެވެ. މި ބައްދަލުވުމުގައި ޔޫކްރޭނުގެ ފަރާތުން ބައިވެރިވާ އޮފިޝަލުންގޮވައިގެން ޔޫކްރޭނުގެ ދެ ހެލިކޮޕްޓަރ ބެލަރުސްގެ ބޯޑަރު ކައިރި ގޮމެލް ސަރަހައްދަށް ޖައްސާ ކަމަށް ބުނާ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒޮލެންސްކީ ވިދާޅުވެފައިވާ ގޮތުގާ […]

ރަޝިޔާގެ ހައްގުގައި ޕުޓިން: ވަރުގަދަ ވަޠަނީ ލީޑަރެއް

މުޅި ދުނިޔޭގެ ލޯ މިވަގުތު ހުއްޓިފައިވަނީ ރަޝިޔާގެ ރައީސް ވުލަޑިމިރް ޕުޓިން އަށެވެ. އޭނާ އަކީ ސޯވިޔެޓް ޔޫނިއަން އުވި، ފިނިހަނގުރާމަ ނިމުމަށްފަހު ރަޝިޔާ ދުށް އެންމެ ހަރުދަނާ ލީޑަރެވެ. ޕުޓިން ރަޝިޔާގެ ރައީސްކަމަށް ފުރަތަމަ އިންތިހާބުވީ 2000 ވަނަ އަހަރުއެވެ. ރަޝިޔާގެ ވަޠަނީ ފިކުރު ވިއްކަވައިގެންނެވެ. ޕުޓިން ވެރިކަމަށް ވަޑައިގަތުމަށްފަހު އޭނާ ވަނީ ރަޝިއާ އަލުން ދުނިޔޭގެ އަސްކަރީ ބޮޑެތި ބާރު ތަކުގެ ތެރޭގައި ހިމަނާފައެވެ. ސޮވިއެޓް ޔުނިއަންއަށް ކުރިމަތިވި އިގުތިސާދީ އަދި ސިޔާސީ ދަތިތަކުގެ […]

އިންނަން އެހުމުން ނޫނެކޭ ބުނެގެން ބޯކަނޑާލައިފި

ޕާކިސްތާންގައި އަންހެނެއްގާތު އިންނަންއަހާ އޭނަ ނޫނެކޭ ބުނުމުން އަންހެންމީހާގެ ބޯކަނޑާލި މީހަކަށް މަރުގެ އަދަބު ދިނުމަށް ޕާކިސްތާންގެ ކޯޓަކުންހުކުމް ކޮށްފި އެވެ. އިސްލާމް އާބާދުގެ ސެޝަންސް ކޯޓަކުން ބުރާސްފަތި ދުވަހު ނިންމި ކޭސްގައި ރޭޕް ކުރިކަން ސާބިތުވެފައިވުމާއި އެކު ބުރަމަސައްކަތާ އެކު 25 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފައިވެއެވެ. އަދި ދެލައްކަ ރުޕީސްއިން އޭނާޖޫރިމަނާ ވެސް ކޮށްފައިވެއެވެ. ގަތުލު ކުރެވުނު އުމުރުން 27 އަހަރުގެ ނޫރު މުމުގައްދަމް އަކީ ޕާކިސްތާންގެ ކުރީގެ ޑިޕްލޮމެޓް އެއްގެ ދަރިޔަކަށް ވާއިރު، […]

އާލިޔާ ބަޓްގެ ފިލްމު ”ގަންގޫ ބާއީ ކާޓްޔާވާޅީ“ އަށް ތައުރީފު އޮހެނީ

ހުކުރު ދުވަހު ދައްކަންފެށި ޢާލިޔާ ބަޓްގެ އެންމެ ފަހު ފިލްމު ”ގަންގޫ ބާއީ ކާޓްޔާވާޅީ“ އަށް ފުރަތަމަ ދުވަހު ވެސް ރެކޯޑެއް ލިބިއްޖެއެވެ. ފުރަތަމަ ދުވަހު އެކަނި ދައްކައިގެން ވެސް އެފިލްމަށް ވަނީ 10 މިލިއަނަށްވުރެ ގިނަ ރުޕީސް ލިބިފައެވެ. ހަމަ އެއާއެކު އެ ފިލްމުގައި ޢާލިޔާ ބަޓް އަދާކޮށްފައިވާ މުހިއްމު ބަޔަށް ބެލުންތެރިންނާއި ތަޖުރިބާކާރުންނާއި ފިލްމީ ތަރިން ދަނީ މެދުކެނޑުމެއްނެތި ތައުރީފު ކުރަމުންނެވެ. މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އުފެއްދި […]

އަމިއްލަ ގައުމަކީ ކޮބާކަން ސާބިތު ކޮށްދިނުމަށް ”ހަގުރާމަ“ އެއް ކުރަންޖެހުނު އަންހެނެއް

ހަތް އަހަރަށް ދިގުދެމިގެން ދިޔަ ”ހަގުރާމަ“ ޔަށްފަހު އޭނާ ވަނީ ވަރުބަލިވެ ބިރު ގަނެފަ އެވެ. އަދި އޭނާވަނީ އަތްމަތި ހުސްވެ ދަރާ ވިކިފައެވެ.ގާނޫނީ ވަކީލުންނަށް ދޭންޖެހުނު ފީ ތަކުގެ ސަބަބުން ނެވެ. އަދި ދަތުރު ފަތުރަށް ކުރަން ޖެހުނު ޚަރަދު ތަކުގެ ސަބަބުން ނެވެ. މިދަންނަވާލީ ތިމަންނާ އަކީ އިންޑިޔާގެ ރައްޔިތެއްކަން ސާބިތު ކޮށްދޭނެ ޖެހުނު އާސާމް ސްޓޭޓްގެ އަންހެނެއްގެ ހާލަތެވެ. ސެފާލީ ރާނީ ދާސް އެވެ. އުމުރުން 42 އަހަރުގެ ސެފާލީ ރާނީ ދާސް […]

މެލޭޝިޔާ ގެ ބޯޑަރުތައް އަލުން ހުޅުވާލައިފި!

​ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު ސާފުތާހިރުކަމާއި އަދި ރައްކާތެރިކަން ފަތުރުވެރިންނަށް ކަށަވަރު ކޮށްދެމުން މެލޭޝިޔާ ގެ ބޯޑަރުތައް އަލުން ހުޅުވާލައިފި އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ޤަބޫލު ކުރައްވާ ގޮތުގައި މިފަހަރު ފަތުރުވެރިންނަށް ކުރިއަށްވުރެން ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ލިބިގެންދާނެއެވެ. ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ދާެއިރާގެ މުވައްޒަފުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މެލޭސިއަން އެސޯސިއޭޝަން އޮފް ޓުއަރ އެންޑް ޓްރެވެލް އެޖެންޓްސް(މާޓާ) ގެ […]

އެމްޑީޕީ ގަޑުބަޑުވެ މެންބަރުގެ ތެރެއިން ގިނަބަޔަކު ފައިސާއަށް ވިކިގެން ހިނގައްޖެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙަންމަދު ޞާލިޙު (އަންނިގެ ޅިޔަނު) ރައީސުލް ޖުމްހޫރިޔާއަކަށް 2018 ގައި ރައްޔިތުން ހޮވީ ރައީސް ނަޝީދު ވިދާޅުވެގެން ކަމަށް މިރާއްޖެ ހެކިވާނެއެވެ. އެހެނަސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސްކަމުގެ ހުވާކުރެއްވި ހިސާބުން އެމް.ޑީޕީ ހާވިޔާވާން ފެށުނެވެ. ސަބަބަކަށްވީ އެމްޑީގެ މެންބަރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޓަކައި ކުރި ބުރަމަސައްކަތުގެ އަގު ރައީސް ޞާލިޙު ވެއްޔާ މޮޑެލުމެވެ. އެމްޑީޕީގެ ހަގީގީ އެކްޓިވިސްޓުން ފެއަށް ޖައްސައި ޕާޓީގެ ތެރެއަށް ޕާޓީ ނުވެސް ދަންނަ […]

މަރު ކުރިމަތިވާ ވަގުތު ހަޔާތުގެ އެކި ހަދާންތައް އާވެގެންދިއުން އެކަށީގެންވޭ

(މިއީ ސައިންޓިފިކް ސްޓަޑީއެއްގެ މައްޗަށް ބީބީސީ އިން ހަދާފައިވާ ރިޕޯޓް އެކެވެ) ސައިންޓިފިކް ސްޓަޑީއެއް ހެދި ބަޔަކަށް ”އެކްސީޑެންޓަކުން“ ރިކޯޑް ކުރެވުނު ހޯދުން ތަކަކުން އެނގިފައިވާ ގޮތުގައި އިންސާނާގެ މަރުގެ ވަގުތު ހަޔާތުގެ އެކި ހަންދާންތައް ލޯކުރިމަތީ އާވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންބުނެފައިވަނީ އެޕިލެޕްސީ ނުވަތަ ވެއްޓޭބަލި ޖެހިފައިވާ އުމުރުން 87 އަހަރުގެ މީހެއްގެ ސިކުޑީގެ ހަރަކާތްތައް ރިކޯޑް ކުރަން އުޅުނު ސައިންޓިސްޓުންގެ ޓީމް އަކުންނެވެ. ވެއްޓިފަ އޮންނަ ވަގުތު ބަލިމީހާގެ ސިކުޑި އަށް ނުވަތަ […]

ޔޫކްން އަށް ރަޝިޔާއިން ދޭންފެށި ހަމަލާގެ ތިންވަނަ ދުވަސް

ރަޝިޔާސިފައިން ޔޫކްރޭންއަށް ތިންފަރާތުން ދެމުންގެންދާ ހަމަލާތަކުގެ ތިންވަނަ ދުވަހުގެ ޚަބަރުތަކަށް ބަލާއިރު، – ހެދުނުގެ ޚަބަރުތައް ބުނި ގޮތުން ޔޫކްރޭންގެ ވެރިރަށް ކިއޭވް އާ ވަރަށް ކައިރިޔަށް ރަޝިޔާ ސިފައިން ވަނީ އައިސްފައެވެ. ނަމަވެސް އެމީހުންނާ ވަރަށް ވަރުގަދަޔަށް ޔޫކްރޭން ސިފައިން ދަނީ ކުރިމަތިލާ ރައްދު ހަމަލާތައް ދެމުންނެވެ. – ހޮނިހިރު ދުވަހު ހެދުނު ޔޫކްރޭން އަސްކަރިއްޔާއިން ކޮށްފައިވާ ފޭސްބުކްޕޯސްޓެއްގައި ބުނެފައިވަނީ މައިސިޓީގެ އަސްކަރިއްޔާގެ ބޭސް އެއްކައިން ވަރުގަދަ ހަމަލާތައް ބަދަލު ކުރެވި ރަޝިޔާ ސިފައިން ދުރަށް […]