އަމިއްލަ ގައުމަކީ ކޮބާކަން ސާބިތު ކޮށްދިނުމަށް "ހަގުރާމަ" އެއް ކުރަންޖެހުނު އަންހެނެއް

Loading

Facebook
Twitter
WhatsApp

ހަތް އަހަރަށް ދިގުދެމިގެން ދިޔަ ”ހަގުރާމަ“ ޔަށްފަހު އޭނާ ވަނީ ވަރުބަލިވެ ބިރު ގަނެފަ އެވެ. އަދި އޭނާވަނީ އަތްމަތި ހުސްވެ ދަރާ ވިކިފައެވެ.ގާނޫނީ ވަކީލުންނަށް ދޭންޖެހުނު ފީ ތަކުގެ ސަބަބުން ނެވެ. އަދި ދަތުރު ފަތުރަށް ކުރަން ޖެހުނު ޚަރަދު ތަކުގެ ސަބަބުން ނެވެ.

މިދަންނަވާލީ ތިމަންނާ އަކީ އިންޑިޔާގެ ރައްޔިތެއްކަން ސާބިތު ކޮށްދޭނެ ޖެހުނު އާސާމް ސްޓޭޓްގެ އަންހެނެއްގެ ހާލަތެވެ. ސެފާލީ ރާނީ ދާސް އެވެ.

އުމުރުން 42 އަހަރުގެ ސެފާލީ ރާނީ ދާސް ފުލުހަކު ފެންނަ އިރަށް ބިރުން މޭތެޅެއެވެ. އޭނާ އަކީ އިންޑިޔާގެ ރައްޔިތެއްކަން ސާބިތު ކޮށް ދިނުމަށް އެދި ފުލުހުންފޮނުވާ އެކިނޯޓިސްތައް ދޭން އަންނަ ފުލުހުންގެ އަދަދު ގިނަކަމުންނެވެ. އެނާޔަށް ސަރުކާރުން އަންގަމުންގެންދިޔައީ އޭނާއަކީ އިންޑިޔާގެ ރައްޔިތެއްކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ ޖެހޭނީ އިންޑިޔާ ދޫކޮށް ދާން ކަމުގައެވެ. އެއާއެކު އެކަން ސާބިތުކުރުމުގެ ޒިންމާ ފުލުހުންނާ ހަވާލު ކުރެވުނެވެ. ނަތީޖާ އެއްގެ ގޮތުން އޭނާއަށް އިރުކޮޅަކާ ފުލުހުން ނޯޓިސް ފޮނުވާ ބިރުދައްކަނީ އެވެ.

އޭނާ ވިހާ ބޮޑުވީ އަދި ތައުލީމް ހާސިލް ކުރީވެސް އިންޑިޔާގައިކަމަށް ބުނެ ބުނެ އޭނާގެ އަގަވަނީ ވާޅުވެފައެވެ.ގިނަގުނަ ހުރަސްތައް ގިރާކޮށް ނަތީޖާއަކާ ހަމަޔަށް ދެވުނު އިރު އޭނަވަނީ ވަރުބަލިވެފައެވެ.

ކޯޓްތަކަށާ ފުލުސް އޮފީސް ތަކަށް ހިގާތާ އަހަރުތަކެއް ފަހުން އޭނާޔަށް މިހާރު ފިލާކަށް ނުޖެހެއެވެ. ސަބަބަކީ އޭނާއަކީ ހަގީގަތުގައިވެސް އިންޑިޔާގެ ރައްޔިތެއްކަމަށް ބަޔާން ކޮށް ކޯޓަކުން ވަނީ މިހާރު ލިއުން ދީފައެވެ.

ނަމަވެސް ދާސް މިކަމަށް ދައްކަން ޖެހުނު އަގު ބޮޑެވެ. އޭނާގެ އާއިލާ އިން މިހާރު ގެންދަނީ ކޭސް ކުރިޔަށް ގެންދިއުމަށް ގާނޫނީ ވަކީލުންނަށް ދޭންޖެހުނު ފީތައް ދެއްކުމަށްޓަކާ ދަރަންޏަށްނެގި ފައިސާތައް އަބުރާ ދައްކަމުންނެވެ.އެނާ ބުނީއޭނާގެ ކުދިންނާ މުޅި އާއިލާ ފާއިތުވި ދިހަރަކަށް އަހަރުތެރޭ އުފުލަން ޖެހުނު ބުރައަކީ މުޅިއުމުރަށްވެސް ހަދާން ހުންނާނެ ކަމެއްކަމުގައެވެ.

ދާސް އަކީ މިގޮތަށް އިންޑިޔާ ރައްޔިތުން ނޫން ކަމަށް އިންޑިޔާ ސަރުކާރުން ކަޑައެޅި އެތައް ހާސް މީހުންތެރޭގައި ހިމެނުނު އެކަކެވެ.މިއީ ބަންގްލާދޭޝް އާވެސް އިންވެގެން އޮންނަ އާސާމްގައި ބޮޑުމައްސަލަ ޔަކަށް އޮންނަނީ ވެފައެވެ.

އިންޑިޔާގެ އާސާމްގައި ދިރިއުޅެމުންދާ އެންމެނަކީ އަސްލު އެތަނުގައި އުފަންވި މީހުންތޯ ޔަގީން ކުރުމަށްޓަކާ 1951ވަނަ އަހަރު ނެޝަނަލް ރެޖިސްޓަރ އޮފް ސިޓިޒަންސް އިން ޚާއްސަ މަސައްކަތްތަކެއް ފެށިއެވެ.މަގްސަދަކީ އިރުމަތީ ޕާކިސްތާނުން އަދި ބަންގްލާދޭޝް އިން އިންހިޖްރަ ކޮށްފައިވަނީ ކޮންބަޔެއްތޯ ބެލުމެވެ.މިފިޔަވަޅާ ގުޅިގެން ގިނަބަޔަކަށް ކުރިމަތިވި ތަކްލީފް ތަކަށް ފަހު ފެޑަރަލް ސަރުކާރާ އާސާމްގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ މައްސަލަ ބަލާ ޖަމިއްޔާޔާއަކާ ދެމެދު 1985 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. މި އެއްބަސް ވުމުގެ ދަށުން.1 ޖެނުއަރީ 1966 ގެ ކުރިން،އިންޑިޔާއަށް އެތެރެވި މީހުން ނަށް ސިޓިޒަންޝިޕް ދޭން ނިންމިއެވެ. ނަމަވެސް 1 ޖެނުއަރީ 1966 ން 24 މާރޗް 1971 އާ ދެމެދު އާސާމް އަށް އެތެރެވެފައިވާ މީހުން ޖެހެނީ އަމިއްލަޔަށް ރެޖިސްޓަރވާށެވެ.

24 މާރޗް 1971 އަކީ ބަންގްލާދޭޝް މިނިވަންކަން އިއުލާން ކުރި ދުވަހެވެ.އެހެން ކަމުން ސަރުކާރުން ނިންމީ އެތާރީޚުގެ ފަހުން ވަދެފައިވާ މީހުންނަކީ ބޭރުމީހުން ކަމަށް ބަލާ ޑިޕޯޓް ކުރުމަށެވެ.

އަށްޑިހައިގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން މިފަދަ މީހުންގެ މައްސަލަ ތައް ބެލުމަށް ޚާއްސަ ޓްރައިބިއުނަލް ތަކެއް އަންނަނީ ހިންގަމުންނެވެ. މިތަންތާ ބަލަމުން އައީ ބޯޑަރ ޕޮލިސް ހުށައަލަމުންދާ މައްސަލަ ތަކެވެ.

އާސާމްގެ މިމައްސަލަ ބައިނަލް އަގްވާމީ ސަމާލު ކަމަށް އައިސްފައިވަނީ 2019 ވަނަ އަހަރު އެން.އާރު.ސީ ނުވަތަ ނެޝަނަލް ރެޖިސްޓަރ އޮފް ސިޓިޒަންސް އިއުލާން ކުރި ހަމައިންނެވެ. އެންއާރުސީ އިއުލާން ކުރުމާއެކު އިންޑިޔާގެ 1.3 މިލިއަން މީހުންނަކީ އެގައުމުގެ ރައްޔިތުން ނޫންކަމަށް ނިންމިއެވެ. އަދި އަބުރާ ރައްޔިތަކަށް ވުމަށްޓަކާ ކުރިން ދެންނެވިފަދަ ޓްރައިބިއުނަލް ތަކުގެ މަދަދަށް އެދެން ޖެހުނެވެ.ގާނޫނީ ވަކީލުންގެފީ އަށް ބޮޑެތި ޚަރަދު ކުރަން ޖެހުނެވެ.

ދާސްގެ ހިތްދަތި މަސައްކަތް ފެށީ 2012 ވަނަ އަހަރާހަމައިން އޭނާ ނިސްބަތްވާތަނަކާމެދު މީހުން ސުވާލު ކުރަން ފެށުމުންކަމަށްވެއެވެ .އޭނާގެ ކާފަ، މާމަޔާ ހަމައިންވެސް އުފަންވެފައިވަނީ އިންޑިޔާގައި ކަން ސާބިތު ކޮށްލިނުމަށް ގާނޫނީ ވަކީލުންގެއެހީތެރިކަން ލިބުނު ނަމަވެސް އެމީހުންނަށް ދޭންޖެހުނު ފީތައް ބޮޑުކަމުން އޭނަހުރީ ވަރަށް ކަންބޮޑުވެފައެވެ. އަދި އެކިފަގަރު އެކި ހިސާބުގައި ހުންނަ ކޯޓްތަކާ ޓްރައިއިބުނަލް ތަކަށް ދަތުރު ކުރުމަށް ވެސް އޭނާއަށް ފައިސާ ބޭނުން ވިއެވެ.ގޭގޭގައި މަސައްކަތް ކޮށްދީގެން އާއިލާގެ ބޭނުންތައް ފުއްދަމުން އައި ދާސް ބުނި ގޮތުގައި އަތުގައި އެންމެ ރުފިޔާއެއްވެސް ނެތް ދުވަސް އޭރު އާދެއެވެ.

ދާސްގެ މައްސަލަ މިހާރު ނިމިފައިވާއިރު މިހާރު ރިޓަޔަރ ކޮށްގެން ހުރި ދާސްގެ ފިރިމީހާ މައްސަލަ އަދި އޮތީ ކަމަށް އޭނާ ބުނެފައިވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް