ރަޝިއާ އަދި ޔޫކްރޭނާ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފެށިއްޖެ.

Loading

Facebook
Twitter
WhatsApp

ދެ ގައުމުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާ ސުލްހަ ގާއިމް ކުރުމަށްޓަކައި ރަޝިއާގެ އޮފިޝަލުންނާއި ޔޫކްރޭނުގެ އޮފިޝަލުންގެ މެދުގައި ބޭއްވޭ ބައްދަލުވުންތައް ބެލާރުސްގައި ފެށިއްޖެއެވެ. މި ބައްދަލުވުންތައް ބާއްވަމުން މިދަނީ ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައެވެ.

މި ބައްދަލުވުމުގައި ޔޫކްރޭނުގެ ފަރާތުން ބައިވެރިވާ އޮފިޝަލުންގޮވައިގެން ޔޫކްރޭނުގެ ދެ ހެލިކޮޕްޓަރ ބެލަރުސްގެ ބޯޑަރު ކައިރި ގޮމެލް ސަރަހައްދަށް ޖައްސާ ކަމަށް ބުނާ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒޮލެންސްކީ ވިދާޅުވެފައިވާ ގޮތުގާ މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ޔޫކްރޭނުގެ ފަރާތުން ފޮނުވި އޮފިޝަލުންގެ ތެރޭގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރ، އެލެކްސޭ ރެޒްނިކޮވްގެ އިތުރުން، ޑެޕިއުޓީ ފޮރީން މިނިސްޓަރ ނިކޮލޭ ޓޮޗިޓްސްކީވެސް ހިމެނެއެވެ. ޔޫކްރޭނުން ހާމަ ކޮށްފައިވާ ގޮތުގައި އެ ގައަުމުން މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ މައިގަނޑު އަމާޒަކީ ރަޝިއާ މެދު ކުރެވެމުންދާ ހަނގުރާމައަށް ހުއްޓުމެއް ގެނަސް ރަޝިއާގެ ސިފައިން ޔޫކްރޭނުގް ބިމުން ވީހާވެސް އަވަހަކަށް ބޭލުމެވެ.

މި ބައްދަލުވުމަކީ ސިއްރުގައި ކުރިޔަށް ދާން ޖެހޭ ބައްދަލުވުމަކަށް ވުމުގެ ސަބަބުން ރަޝިއާގެ ފަރާތުން ބައވެރިވާ އޮފިޝަލުން ހާމަ ކޮށްފައި ނުވާ ކަމަށް ރަޝިއާގެ ޕްރެސް ސިކްރެޓަރީ ޑްމިޓްރިވް ޕެސްކޮވް ވަނީ ބުނެފައެވެ. މީގެ އިތުރުުން މިބައްދަލުވުމުގައި ޔޫކްރޭނުން ބައިވެރިވުމަށް ފަސްޖެހުމުގެ ސަބަބުން މި ބައްދަލުވުންތައް ކުރިން ނުބޭއްވުނު ކަމާ މެދު ޕެސްކޮވް ވަނީ ހިތާމަ ފާޅުކޮށްފައެވެ.

ރަޝިއާއިން ބައްދަލުވުންތައް ބޭއްވުމަށް ހުށައެޅި ސަރަހައްދާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ޔޫކްރޭނުން ވަނީ މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ކުރިން އިންކާރު ކޮށްފައެވެ. ރަޝިއާއިން ބައްދަލުވުން ބޭއްވުމަށް ހުށައަޅާފައަިވަނީ ބެލަރުސްގައެވެ. ނަމަވެސް ބެލަރުސްގައި ރަޝިއާ ސިފައިންގެ ހަރަކާތްތައް ގިނަވުމުގެ ސަބަބުން ޔޫކްރޭނުން ވަނީ އެ ސަރަހައްދުގައި ބައްދަލުވުން ބޭއްވުމަށް އިންކާރު ކޮށްފައެވެ. ނަމަވެސް އާދިއްތަ ދުވަހު ޔޫކްރޭނުން ވަނީ ބެލަރުސްގައި ބައްދަލުވުން ބޭއްވުމަށް އެއްބަސްވެފައެވެ.

ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން އަމުރު ކޮށްފައިވަނީ ފާއިތުވި ހަފްތާގައެވެ. މި ނިންމުން ރަޝިއާއިން ނިންމާފައިވަނީ ރަޝިއާއިން އަލަށް ބަލައިގަން ދެ ސަރުކާރު ކަމަށްވާ ޑޮންގަސްކް އަދި ލުގަސްކް ޕީޕަލްސް ރިޕަބްލިކްގެ އިސްވެރިންގެ އެދުމުގެ މަތިންނެވެ. ހަނގުރާމަ ފެއްޓުމުގެ ކުރިން ޕުޓިން ދިން ސްޕީޗެއްގައި ވަނީ ޔޫކްރޭން ޑީމިލިޓަރައިސް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޕުޓިންގެ އެ ވާހަކަފުޅު ނިމުނުތާ މާ ގިނަ ވަގުތުތަކެއް ފާއިތު ނުވަނީސް ޔޫކްރޭނުގެ އަސްކަރީ ބޭސްތަކަކަށް ހަމަލާދީ ހަނގުރާމަވަނީ ފަށާފައެވެ.

Loading

One Response

  1. ޕުޓިންވެސް ބާރު އޮތިއްޔާ ހަމަ ރަނގަޅުކަމެއްތީވެސް. އެހެނީ ފަނާކުރަނިވިގޮތްގޮތަށް އެމެރިކާއާއި ނޭޓޯ އަށް ބޭނުންތަނަކަށް ބޭނުންވާހާގޮތަކަށް އެފަދަ ޢަމަލު ހިންގަންދީގެން ނުތިބެވޭނެ. ޔޫކުރޭނުގައި ހުރި އެ ޔަހޫދީ އެޖެންޓް ކޮމެޑިއަށް އެމީހުންގެ ޕްރޮކްސީއަކަށް ވެގެން ޕުޓިންގެ ފޫކޮޅުގައި ސައްޕުޖަހަން ދޫކޮށްގެން ހުންނާނެތޯއެވެ؟ ދެންބަލަމާ ވާގޮތެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް