މަރު ކުރިމަތިވާ ވަގުތު ހަޔާތުގެ އެކި ހަދާންތައް އާވެގެންދިއުން އެކަށީގެންވޭ

Loading

Facebook
Twitter
WhatsApp
Portrait of happy family in nature

(މިއީ ސައިންޓިފިކް ސްޓަޑީއެއްގެ މައްޗަށް ބީބީސީ އިން ހަދާފައިވާ ރިޕޯޓް އެކެވެ)

ސައިންޓިފިކް ސްޓަޑީއެއް ހެދި ބަޔަކަށް ”އެކްސީޑެންޓަކުން“ ރިކޯޑް ކުރެވުނު ހޯދުން ތަކަކުން އެނގިފައިވާ ގޮތުގައި އިންސާނާގެ މަރުގެ ވަގުތު ހަޔާތުގެ އެކި ހަންދާންތައް ލޯކުރިމަތީ އާވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންބުނެފައިވަނީ އެޕިލެޕްސީ ނުވަތަ ވެއްޓޭބަލި ޖެހިފައިވާ އުމުރުން 87 އަހަރުގެ މީހެއްގެ ސިކުޑީގެ ހަރަކާތްތައް ރިކޯޑް ކުރަން އުޅުނު ސައިންޓިސްޓުންގެ ޓީމް އަކުންނެވެ. ވެއްޓިފަ އޮންނަ ވަގުތު ބަލިމީހާގެ ސިކުޑި އަށް ނުވަތަ ވިސްނުމަށް އަންނަ ބަދަލުތައް ސައިންޓިސްޓުން ރިކޯޑް ކުރަމުން ދިޔަވަގުތު އޭނާޔަށް ވަނީ ވަރުގަދަ ހާޓް އެޓެކެއްޖެހި މަރުވެފައެވެ. އެއާއެކު މަރުވަމުން ދާ މީހެއްގެ ސިކުޑިއަށް އަންނަ ބަދަލު ތައް ކުރިން ތައްޔާރުވުމަކާނުލާ އެމީހުންނަށް ރިކޯޑް ކުރެވުނެވެ.

ސްޓަޑީ ގެ އެއް އޯތަރ އަޖްމަލް ޒަމާ ވިދާޅުވީ އެޓީމަށް (ކުރިން ތައްޔާރުވެވިފަ ނެތި) މަރުވަމުންދިޔަ މީހެއްގެ ސިކުޑީގެ ހަރަކާތްތައް ފުރަތަމަ ފަހަރަށް ރިކޯޑް ކުރެވުނު ކަމަށެވެ.

”މަރުވުމުގެ ތިރީސް ސިކުންތު ކުރި އަދި 30 ސިކުންތު ފަސް“ މިނަމުގައި ސައިންޓިސްޓުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މީހާ މަރުވާވަގުތު ހުވަފެނެއްގެ ތެރޭ ނުވަތަ ކަމެއް ހަނދާން ކުރާއިރު ސިކުޑި އަށް އަންނަ ފަދަ ބަދަލްތައް އައިސްފައިވެއެވެ. މި ރިކޯޑިންގ ތަކުން ފެނުނު ގޮތުގައި ފަހު ވަގުތު އެމީހެއްގެ ހަޔާތުގެ އެކި ހަންދާންތައް ސިކުޑިއަށް އަންނަނީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ސައިންޓިސްޓުންގެ ސްޓަޑީގައި ލިޔެފައި ވެއެވެ.

މަރުވަމުން ދާވަގުތު އާވާނީ އާއިލާ އާއި އެހެންވެސް ލޯބިވި މީހުންގެ ހަދާންތަކާ އެހެންވެސް އުފާވެރި ހަނދާންތައް ތޯ ސުވާލު ކުރުމުން އޭނާގެ ޖަވާބަކީ ފިލޯސޮފިކަލް ނަޒަރަކުން ބުނާ ނަމަ ހަނދާން ކުރަން ބޭނުންވާނީ ރަގަޅުކަންތައްތައް ކަމަށް ގަބޫލުކުރެވޭ ކަމުގައެވެ.ނަމަވެސް ހަނދާނުގަ ހުންނަކަންތައްތައް އެކިމީހުންންގެ ތަފާތުވާނެ ކަމަށް ޒެމާ ވިދާޅުވެފައިވެއެވެ.

ޔުނިވަރސިޓީ އޮފް ލުއިވީލްގައި މިހާރު މަސައްކަތް ކުރައްވާ ޑރ ޒެމާ ވިދާޅުވީ ފުރާނަ ދިމުގެ ތިރީސް ސިކުންތުގެ ކުރިން ފެނުނު ހަރަކާތްތައް ތިރީސް ސިކުންތު ފަހަށްވެސް ދެމިގެން ދިޔަކަމަށެވެ. މި ޓީމް ގެ ސްޓަޑީ އިން އިތުރު ސުވާލު ތަކެއް އުފެދިފަވާކަމަށް ވެއެވެ. އެއީ މީހާ ހަގީގަތުގަ މަރުވަނީ ކޮންވަގުތަކުތޯ އުފެދޭ ސުވާލެވެ. ހިތް ހިނގުން ހުއްޓުމުން ތޯ ނުވަތަ ސިކުޑި މަސައްކަތްކުރުން ހުއްޓުމުންތޯ މިސުވާލެވެ.

ޑރ. ޒެމާއާއި އޭނާގެ ޓީމުން ވަނީ އަދި އެންމެ މީހެއްގެ ރިކޯޑް ތަކުން ފުރިހަމަ ޖަވާބެއް ނުލިބޭނެ ކަން ފާހަގަ ކޮށްފައެވެ.މީގެ އިތުރުން ރިކޯޑް ކުރެވުނު ބަލިމީހާއަކީ އެޕިލެޕްސީ ޖެހިފަ އަދި ގެއްލުންތަކެއް ލިބި ލޭއައިސް ދުޅަވަމުން ދިޔަ ސިކުޑިއެއްގެ ވެރިއަކަށް ވުމަކީވެސް ސްޓަޑީގައި ވަކި ގޮތެއް ނިންމަން އުދަގޫވި ކަމެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޑރ. ޒެމާ ގެންދަވަނީ 2013 ވަނަ އަހަރުން ފެށިގެން މިކަމަބެހޭ ސްޓަޑީތައް ހައްދަވަމުންނެވެ. މިގޮތުން މީދާ ބޭނުން ކޮށްގެން ގިނަ ސްޓަޑީތައް ހައްދަވާފައިވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް