އިންނަން އެހުމުން ނޫނެކޭ ބުނެގެން ބޯކަނޑާލައިފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގައި އަންހެނެއްގާތު އިންނަންއަހާ އޭނަ ނޫނެކޭ ބުނުމުން އަންހެންމީހާގެ ބޯކަނޑާލި މީހަކަށް މަރުގެ އަދަބު ދިނުމަށް ޕާކިސްތާންގެ ކޯޓަކުންހުކުމް ކޮށްފި އެވެ. އިސްލާމް އާބާދުގެ ސެޝަންސް ކޯޓަކުން ބުރާސްފަތި ދުވަހު ނިންމި ކޭސްގައި ރޭޕް ކުރިކަން ސާބިތުވެފައިވުމާއި އެކު ބުރަމަސައްކަތާ އެކު 25 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފައިވެއެވެ. އަދި ދެލައްކަ ރުޕީސްއިން އޭނާޖޫރިމަނާ ވެސް ކޮށްފައިވެއެވެ.

ގަތުލު ކުރެވުނު އުމުރުން 27 އަހަރުގެ ނޫރު މުމުގައްދަމް އަކީ ޕާކިސްތާންގެ ކުރީގެ ޑިޕްލޮމެޓް އެއްގެ ދަރިޔަކަށް ވާއިރު، އޭނަ މަރާލީ ޕާކިސްތާންގެ މުއްސަދި އާއިލާއަކަށް ނިސްބަތްވާ،އުމުރުން 30 އަހަރުގެ ޒާހިރު ޖާފަރ ނަމަކަށް ކިޔާމީހެކެވެ.

ބުރާސްފަތި ދުވަހު ނިމުނު ޝަރީއަތުގެ އަޑުއެހުން ތަކުގައި ހާމަވެފައިވާ ގޮތުގައި ޒާހިރު ޖާފަރ، ނޫރު މުގައްދަމް ގާތު އިންނަން އެހުމުން އޭނަ އެކަމަށް އިންކާރު ކުރުމުން އޭނާ ކިޑްނެޕްކޮށް ޖާފަރގެ ގޭގައި ހައްޔަރު ކުރިއެވެ. އަދި ދެދުވަސް ވަންދެން އެގޮތަށް ގެންގުޅުނު ފަހުން ނޫރު ކުޑަދޮރުން ފުންމާލައިގެން ސަލާމަތް ވާން މަސައްކަތް ކުރިއެވެ. އެއާއެކު އަނެއްކާ އަތުލައިގަނެގެން ގެންގޮސް އަނިޔާކޮށް ރޭޕް ކޮށް އަދި އެންމެ ފަހުން ވަނީ ބޯ ހަށިގަޑާ ވަކި ކޮށްފައެވެ. މި އަމަލު އޭނާ ހިންގާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

މިމަރާއެކު މުޅި ޕާކިސްތާން ގައި ރޭޕް އަދި އަންހެނުންނަށް ކުރެވޭ އަނިޔާއާ ދެކޮޅަށް މުޒާހަރާތައް ފުޅާ ވެގެން ދިޔައެވެ.އަދި ޕާކިސްތާންގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމް އަށް އިސްލާހުތައް ގެނެސް މިފަދަ އަމަލް ތައް ހިންގާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލެވޭ އަޑު ގަދަ ވެގެން ދިޔައެވެ.

މިހާރު އޮންނަ ގޮތުން އެފަދަ މީހަކާ ދެކޮޅަށް ދައުވާ އުފުލި ނަމަވެސް ކުށް ސާބިތުވަނީ މަދު ފަހަރަކު ކަމަށް ވެއެވެ.

އަންހެނުންނަށް ކުރެވޭ އަނިޔާތަކުގައި އަހަރަކު އެތައް ސަތޭކަ އަންހެނުން މަރުވެއެވެ. އަނިޔާ ލިބޭ ގިނަ އަދަދެއްގެ މީހުންގެ ކޭސްތައް ދަނީ ރިޕޯޓު ނުކުރެވިއެވެ

ބުރާސްފަތި ދުވަހު ޝަރީއަތް ނިމުނު ގޮތް އަޑުއެހުމަށް ނޫރުގެ އާއިލާއިން ގޮސް ތިބިއިރު މަރުގެ ހުކުމް އިއްވުމާއި އެކު އެންމެންވެސް ތިބީ ރޮވިފައެވެ. އޭނާގެ ބައްޕަ ޝައުކަތު މުގައްދަމް ބުނީ އިންސާފް ލިބުނީތީ އުފާކުރާ ކަމުގައެވެ.މިއީ ހަމަ އެކަނި އޭނަގެ ދަރިފުޅުގެ ކޭސް ނޫންކަމަށާ ޕާކިސްތާންގައި މިފަދަ އަނިޔާ ލިބުނު ހުރިހާ އަންހެން ދަރިންގެ ކޭސްކަމުގައި ބައްޕަ ބުނެފައި ވެއެވެ.

ނޫރް މުގައްދަމް މަރާލުމުގައި ރޯލެއް އަދާކުރި ކަމަށް ޝައްކު ކުރެވޭ ޖާފަރުގެ މަންމަޔާއި ބައްޕަގެ މައްޗަށް ހުކުމެއް ނައިސް މިނިވަން ވެފައިވާތީ އެމައްސަލަ އަލުން ކޯޓަށް ވައްދާނެ ކަމަށް ޝައުކަތު މުގައްދަމް ބުނެފައި ވެއެވެ.އެމީހުންގެ ގޭގައި އުޅޭ ދެމީހަކަށް 10 އަހަރުގެ ޖަލުހުކް އައިސްފައި ވެއެވެ.

މަރުގެ ހުކުމް އައި އުމުރުން 30 އަހަރުގެ ޒާހިރު ޖާފަރ އަކީ އެމެރިކާގެ ވެސް ރައްޔިތެކެވެ. އޭނާގެ މައްޗަށް އިއްވުނު މަރުގެ ހުކުމް އިސްތިއުނާފް އަށް ހުށައެޅޭނެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް