އާލިޔާ ބަޓްގެ ފިލްމު "ގަންގޫ ބާއީ ކާޓްޔާވާޅީ" އަށް ތައުރީފު އޮހެނީ

Facebook
Twitter
WhatsApp
1645979639465_Aliya Cover

ހުކުރު ދުވަހު ދައްކަންފެށި ޢާލިޔާ ބަޓްގެ އެންމެ ފަހު ފިލްމު “ގަންގޫ ބާއީ ކާޓްޔާވާޅީ” އަށް ފުރަތަމަ ދުވަހު ވެސް ރެކޯޑެއް ލިބިއްޖެއެވެ. ފުރަތަމަ ދުވަހު އެކަނި ދައްކައިގެން ވެސް އެފިލްމަށް ވަނީ 10 މިލިއަނަށްވުރެ ގިނަ ރުޕީސް ލިބިފައެވެ. ހަމަ އެއާއެކު އެ ފިލްމުގައި ޢާލިޔާ ބަޓް އަދާކޮށްފައިވާ މުހިއްމު ބަޔަށް ބެލުންތެރިންނާއި ތަޖުރިބާކާރުންނާއި ފިލްމީ ތަރިން ދަނީ މެދުކެނޑުމެއްނެތި ތައުރީފު ކުރަމުންނެވެ.

މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އުފެއްދި ފިލްމު ސްކްރީންތަކާ ހަމައަށް އައީ ގިނަގުނަ މައްސަލަތަކެއް ގިރާކުރުމަށްފަހުގައެވެ. ބައެއް ފަހަރަށް ކޮވިޑް-19 އާ ހެދިއެވެ. އަނެއްބައި ފަހަރަށް ފިލްމުގެ ވާހަކައާއި ފިލްމުގެ ނަމާ ގުޅޭ މައްސަލަތައް އުފެދި ކޯޓާ ހަމަޔަށް ދިއުމުގެ ސަބަބުންނެވެ. ފިލްމު ދައްކަން ފެށުމުގެ ކުރިން ފިލްމުގެ ނަން ބަދަލުކުރުމަށް އިންޑިއާގެ ސްޕްރިމް ކޯޓުން މަޝްވަރާ ދީފައި ވެސް ވެއެވެ. ނަމަވެސް ފިލްމު އެޅުވީ ނަން ބަދަލު ވެސް ނުކޮށެވެ. އަދި ފިލްމު ދެއްކުން މަނާ ކުރުމަށް ސްޕްރިމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ވަނީ ނުބަލަން ނިންމާފައެވެ.

ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައި ވަނީ “ގަންގޫ” އޭ ކިޔާ ހަށިވިއްކާ އަންހެނަކާ ބެހޭ ގޮތުންނެވެ. އެއީ 1960ގެ އަހަރުތަކުގައި ބޮމްބޭގައި ހަށިވިއްކައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އުޅުނު ބާރުގަދަ އަންހެނެކެވެ. ފަހުން އޭނާ ވަނީ ވަރުގަދަ ސިޔާސީ ލީޑަރަކަށްވެފައެވެ.

ޢާލިޔާ ބަޓާއި އަޖޭ: ފިލްމުގައި މުހިއްމު ބައެއް އަދާކޮށްފައިވޭ

ޢާލިޔާގެ އިތުރަށް ފިލްމުގައި ކުރު އެހެންނަމަވެސް ވަރުގަދަ ބައެއް އަޖޭ ދޭވްގަން ވެސް ކުޅެފައިވެއެވެ. ކަރީމް ލާލާގެ ބައި އަޖޭ ކުޅެފައި ވަނީ ވަރަށް މޮޅަށެވެ. އޭނާ ފިލްމުން ފެންނާނީ އެންމެ 10 މިނިޓު އިރަށެވެ.

ބޮޑެތި މައްސަލަތައް ކުރިމަތިވި “ގަންގޫ ބާއީ ކާޓިޔާ ވާޅީ”އަށް ފުރަތަމަ ދުވަހު 10.5 މިލއަން ރުޕީސް ލިބިދާނެކަމަށް ގަބޫލުކުރި މީހަކު ނެތެވެ. އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން އެފިލްމާ މެދު މިހާރު އިވެމުން ދަނީ ހެއު ބަސްތަކާއި އުއްމީދީ ވާހަކަތަކެވެ. އެއްބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީ ޢާލިޔާ ބަޓްގެ އެންމެ މޮޅު ފިލްމެވެ. އޭނާ އެފިލްމުގައި ތަމްސީލުކޮށްފައި ވަނީ އާދަޔާ ޚިލާފަށް މޮޅު ބައެކެވެ. އަދި އެއްވެސް ޝައްކެއްނެތް ގޮތުގައި އެއީ މިއަހަރު އެޅުވި ފިލްމުތަކުގެތެރެއިން ފުރަތަމަ ދުވަހު އެންމެ ގިނައަދަދެއްގެ ފައިސާ ލިބުނު ތިންވަނަ ފިލްމެވެ. އަދި އެއީ ޢާލިޔާ ކުޅުނު ފިލްމުތަކުގެތެރެއިން އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ ލާރި ލިބުނު ފިލްމުވެސް މެއެވެ.

އާލިޔާ ފިލްމުގައި ހަށިވިއްކަން އުޅުމަށް ފަހު ސިޔާސީ ލީޑަރަކަށް ބަދަލުވި

ވާހަކަލިޔުންތެރިޔާ އަދި މަޝްހޫރު ޅެންވެރިޔާ ޖާވީދު އަޚްތަރު ޢާލިޔާ ބަޓަށް ތައުރީފުކުރަމުން ބުނެފައިވަނީ ފިލްމުގައި ޢާލިޔާ ކުޅެފައި ވަނީ ވަރަށް ފުރިހަމަ ބައެއްކަމަށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް